ރާއްޖެއިން އިތުރު 108 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 76 މީހަކު ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަަތޮޅު ތެރޭގެ ރަށްތަކުން 12 މީހަކު ވަނީ ފައްސިވެފައެވެ. އަދި ރިސޯޓްތަކުން 20 މީހަކު ވަނީ ފައްސިވެފައެވެ.

މިއާއެކު ރާއްެޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 19،038 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 2429 މީހަކު އެބަތިއްބެވެ. މީގެ ތެރެއިން 167 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްފައެވެ. މީގެ ތެރެއިން އައިސީޔޫގައި ހާލު ދެރަަވެގެން ތިންބަލި މީހަކަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 16،542 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 60 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، އެ ބަލިން ރައްކާތެރިވުމަށް މިހާރު 85،000އަށްވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިރީން

    ސައިކް ދުއްވުން މަނާ ނުރީމަ ވަރައް ދެރަ އެކަމް

  2. ސަނީ

    އެޗްޕީއޭ އައް މެޑެލިދީ އަވަހާ.. ކީކޭ ބުނާނީ
    ގައުމެއްވާ ނެތް