އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިންމަނަވެސް، މިވަގުތު އެއްވެ އުޅުން މަދު ކުރަން ޖެހޭ ކަމަށް އެސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި އިއުލާނު ކޮށްފައިވާ ކާފިއު މިރޭ 00:00 އަށް ހަމަވާއިރު، މޭޔަރު ވަނީ އެ ކާފިއު އުވާލާފައިވާ ކަން އިއުލާނު ކުރައްވާފައެވެ. އެހެން ނަމަވެސް އަދި އެކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިއުލާނެއް ނުކުރެއެވެ.

މޭޔަރު ވިދާޅުވީ، އެޗްޕީއޭއިން މިރޭ ގުޅިފައިވާ ރަށްތަކުގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލާފައިވާކަން އިއުލާނު ކުރާނެ ކަމަށެވެ. އެހެން ކަމުން މިރޭ 00:00 އިން ފެށިގެން އެސިޓީގައި އިއުލާނު ކޮށްފައިވާ ފިޔަވަޅުތައް އުވިގެން ދާނެއެވެ.

އޭގެ ތެރޭގައި ގުޅިފައިވާ އެއް ރަށުން އަނެއް ރަށަށް ދެވުން، ފިހާރަތަކާއި ކެފޭތައް ހުޅުވުން ހިމެނެއެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، ގުޅިފައިވާ ރަށްތަކުގައި ކާފިއު އުވަލި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެން ބެލުން މުހިންމު ކަމަށެވެ.

އެގޮތުން ގެއިން ބޭރަށް ނިކުންނަ ވަގުތު މާސްކު އެޅުމާއި ގައިދުރުކުރަން ބަހެއްޓުމަށާއި ކެފޭތަކުންވެސް ވަކި މިންގަނޑަކަށް އަމަލު ކުރުމަށް މޭޔަރު ވަނީ އިލްތިމާސް ކޮށްފައެވެ.

"ފިޔަވަޅުތައް ލުއިވެގެން ދިޔަ ނަމަވެސް، މިވަގުތު އެއްވެސް ގޮތަކަށް ބަލައިގެން ނުވާނެ ގައިދުރުކަމެއް ނެތި، އެއްވެ، ބީޗަށް ގޮސް ޕާޓީ ބާއްވައި މިކަންކަން ވީހާވެސް ބޮޑަށް ކުޑަކުރަން ޖެހޭ" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ، މިސްކިތްތަކަށް ނަމާދު ކުރަން ދާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންސްތަކާއި އެއްގޮތަށް ދިއުން މުހިންމު ކަމަށާއި އެކަމަށް ބަލައިގެން މިސްކިތްތަކަށް ދިއުން މުހިންމު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    އައްޑޫގައިތިބި ޑުރަގް ޑީލަރުން ހިފާ ހައްޔަރު ކުރަންވީ !

    • ޝަމްއޫން ލަބީބް / ލިއޯމެސޫ ފަޒާ ކައިރިން

      ޔޭސް ، ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް.