ރާއްޖެއިން ކޮވިޑް-19 ވެކްސިން ދިން މީހުންގެ އަދަދު 85،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު ވަނީ 85،110 އަށް އަރާފައެވެ. އޭގެ ތެރެއިން 4،962 މީހުންނަކީ މިއަދު ވެކްސިން ދީފައިވާ މީހުންނެވެ.

މިއަދު މާލެ ސަރަހައްދުން 2،700 މީހަކަށް ވެކްސިން ދީފައިވާއިރު، އަތޮޅުތެރެއިން 2،262 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 61،777 މީހަކަށް ވެކްސިން ދީފައިވާއިރު، އަތޮޅުތެރެއިން ވެކްސިން ދީފައިވަނީ 23،333 މީހަކަށެވެ.

އިންޑިއާގެ ކުންފުންޏަކާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ދީފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިމަހުގެ އެއް ވަން ދުވަހުން ފަށައިގެންނެވެ.

ރައްޖޭގައި ބޭނުން ކުރަމުން އަންނަ ކޮވިޝީލްޑްގެ 200،000 ޑޯޒު މިވަގުތު އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.