އައްޑޫ ސިޓީ ހުޅުމީދޫގައި އިތުރު ހަތް ދުވަހަށް ކާފިއު ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ހުޅުމީދުގައި އިތުރު ހަތް ދުވަހަށް ކާފިއު ހިންގުމަށް އެޗްޕީއޭއިން ނިންމާފައިވަނީ އެރަށުން ރެންޑަމްކޮށް ނެގި ސުންކެއް ކޮވިޑް-19އަށް ފައްސިވެ، އިތުރު ހަ މީހަކު ފައްސިވުމާއި ގުޅިގެންނެވެ.

ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ލިބިދޭ ބާރުގެ ދަށުން، މާދަމާ އިން ފެށިގެން ހުޅުމީދޫގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވާނީ މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

އެ އެންގުމުގައި ވަނީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަަށްވެސް އެ ފިޔަވަޅުތަކުގައި ވެއެވެ.

އަދި ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އޭގައި ވެއެވެ.

އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލަންވެސް އަންގާފައި ވެއެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

މި ފިޔަވަޅުތަކަށް ހުޅުމީދޫގެ ރައްޔިތުން ބޯލަނބަން ޖެހޭއިރު، މި ފިޔަވަޅުތަކަށް އިސްތިސްނާވާ ފަރާތްތަކެއް ވެއެވެ. އެއީ ސިފައިންނާއި ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި، އެމްބިއުލަންސާއި، އައްޑޫސިޓީގެ ހުޅުމީދޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސސ

    ހުޅުމީދޫ އަކީ ޑުރަގް ޑީލަރުންގެ މާފެޔާ އައްޑާއެއް، ހުރިހާ ޑީލަރުން ހިފާ ހައްޔަރުކުކޮށް ތިޔަތަން ތޯހިރުކޮށް ސާފު ކުރަންވީ!

    3
    4
  2. ޙާކިމާ

    "ހުޅުމީދޫ" އެއް ނޯވޭ މިރާއްޖެއަކު. ނިކަން އިދާރާތަކުގެ ލިއުންތައް ބަލާބަލަ
    އައްޑޫގައި އޮވޭ "ހުޅުދޫ" އަދި މީދޫ" އެއީ ދެރަށް.