ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓެއް ނުފެންނާނެ ކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގައި މީގެ ކުރިން އިސް މަގާމުތަކެއް ފުރުއްވާފައިވާ އުމަރު ނަސީރު "ވަގުތަށް" ވިދާޅުވީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ސިޔާސީ ލީޑަރުންގެ ސިޔާސީ އުކުޅުތައް ގެންގުޅުއްވާ ގޮތަށް އަލިއަޅުއްވާލައްވައި ބައެއް ވާހަކަތައް ހިއްސާ ކުރައްވައިފައެވެ.

އުމަރު ނަސީރު ގަބޫލު ކުރައްވާ ގޮތުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ނުރައްކާވާނެ އެއްވެސް "ބާޒަކަށް" އެމަނިކުފާނު ފުރުސަތެއް ނުދެއްވާނެއެވެ.

"ރައީސް ޔާމީނަކީ ވަރަށް ސްމާޓް ޕޮލިޓީޝަނެއް، އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ޕާޓީގެ ޓިކެޓުގައި އެހެން މީހަކު ނުކުމެ ރައީސުލްޖުމްހޫރިއްޔާއަށް ވާ ހިސާބުން އެމަނިކުފާނުގެ ބާރުން ޕާޓީ ދާނެ ކަމަށް، ރައީސް މައުމޫން [އަބްދުލް ގައްޔޫމް] އަތުން ޕާޓީ ގޮސް ރައީސް ޔާމީނަށް ލިބުނު، އެމްޑީޕީގައި މިއަދު ރައީސް [މުހައްމަދު] ނަޝީދުގެ ކޮންޓްރޯލަށް ވުރެ ބޮޑަށް ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހްގެ ކޮންޓްރޯލް އެބަ އޮތް،" އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު ވިދާޅުވީ ޖަލަށް ގޮސްދާނެ ކަމަށް ބިރު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން ޕާޓީގެ މެންބަރުންނަށް ކުރި އިލްތިމާސަކީ "މިނިކާ ބާޒަކަށް" ފުރުސަތު ނުދެއްވުން ކަމުގައެވެ. ޕާޓީގެ ބޭރުން "ބާޒެއް" އައިސް ރައީސް ޔާމީނަށް ވުރެ ގަދަ ކޮށްލުމާއި ޕާޓީގެ އެތެރެއިން "ބާޒެެއް" އޮޅުވެ ގަދަކޮށްލުމާ އެއްވެސް ތަފާތެއް ނެތް ކަން ރައީސް ޔާމީނަށް ވިސްނިވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓެއް ފެންނަން އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީން މިނިވަންވުމެވެ. އެކަމަކު އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމުގައި އުމަރު ވިދާޅުވިއެވެ. އެ ފުރުސަތު އެމްޑީޕީއިން ދޭނެ ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވެއެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބު އަންނަންވާ އިރު ވެސް ޖަލު ހުކުމުގެ މުއްދަތު ހަމަނުވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އެހެން ދައުވާތަކެއްގެ ޝަރީއަތް ވެސް ދަނީ ހިނގަމުންނެވެ.

ރައީސް ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ މިއީ "ނުހައްގު" ހުކުމަކާއި ދައުވާތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ތިންކު

    އުމަަރު އެދައްކަނީ ރަގަަޅު ވާހަކައެއް ނޫން. އިއްޔެ ވެސް މިއަދު ވެސް އަދި ދުނިޔޭގައި ހުރިއްޔާ މާދަމާ ވެސް ރާއްޖޭގެ ސިޔާސީ ކަންކަން ރޭވިގެންދާނީ މައުމޫނު ބޭނުން ގޮތަކަށް. މިއަދު ވެރިކަން ކުރާ މީހަކީ މައުމޫނުގެ ޕަޕަޓެއް. އިދިކޮޅުގައި ހުރީ މައުމޫނުގެ ދަރިއެއް. ދެ ޓީމް އަތުރަމުން ރާވަމުން އެގެންދަނީ ވެސް މައުމޫނު. ދުވަސް ނިމޭއިރު ވެރިކަމުގައި އަބަދު ވެސް ހުންނާނީ އޭނަގެ މީހެއް. ޔާމީނު ރައިސް އަކަށް ހެދި އިރު މައުމޫނަށް ހިސާބެއް ނުޖެހުނު މެޑަމް ފާތުމަގެ ރޯލެއް. އަދި އެއީ ކިހާވަރެއްގެ ކަނބަލެއްކަމެއް.

    49
    13
  2. މަގޭ ޚިޔާލު

    ސިޔާސީ ޕާޓީއަކަށް ވެރިކަން ހޯދައިދީގެން ރައްޔިތަކަށްވީ މޮޅެއްނެތް. ނިކަމެތި މީހާ ނިކަމެތިކަމުގައި. ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި ރައްޔިތުން ވޯޓު ދޭންވީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ، ރައްޔިތުންނަށް ވެރިކަން ކޮށްދޭނެ ޢަދުލުވެރި މީހަކަށް. އެއީ ކާކުކަން އެނގޭނީ ރިޔާސީ އިންތިޚާބުގާތްވުމުން.

    33
    38
  3. ސަތަރޭ

    ކަލޭ ފެންނާނުން އިންތިހާބެއް އަންނަ އިރައް،
    ވަދެ އޮތްތާކުން ނުކުންނާނެ

    70
    2
  4. ލައިޒާ

    މީނަ ހިފާ ހައްޔަރުކުރޭ!

    52
    14
    • ބޮލުގައިރިއްސާ

      ފަދަ ދުވަސްވަރެއްގަ ތިކަހަލަ ނުބައި ނަސޭހަތް ދޭކަށް ނުވާނެ.. ހިފާފަ ހައްޔަރު ނުކުރިޔަސް ހަެްޔަރު ކުރެވޭނެ.. ގައިދުރުކަން އިސްކުރަން ނަސޭހަތްތެރިވަމާ..

  5. ސަޒާ

    ކޮންމެ ވާހަކައެއް ދެއްކިޔަސް އުމަރަށް ވެރިކަމެއް ނުލިބޭނެ. އަދި ރައީސް ޔާމީން ނުހައްގުން ޖަލުގައި ބޭއްވިޔަސް އެމަނިކުފާނަށް އޮތް ތާއިދެއް އުމަރަކަށް ނުލިބޭނެ. އަދިވެސް އުމަރަށް ރަގަޅެއް ވިއްޔާ ވާނީ ރައީސް ޔާމީންގެ ފަހަތައް އަރައި މަސައްކަތް ކުރުން.

    77
    5
  6. ޝީޒާ

    ޢުމަރާ ކަލޭ އެމްޑީޕީގެ ބަސް އަހުރެމެންނަށް އިއްވަން އެމްޑީޕީން ކަލޭނެރެފައިތަ ތިހުރީ! މާތްﷲގެ ރޭއްވެވުންތެރިކަން އެކަލާންގެ ތަޤުދީރު މޮޅުވެފަ ގަދަފަދަވާނެ! އިންޝާއަﷲ އެ އިންތިޚާބުގައި ރައީސްޔާމީން ވާދަކުރައްވާނެ! އަދި އިންޝާއަﷲ ބޮޑުކާމިޔާބަކާއެކު އިންތިޚާބުވެސްވާނެ! ޕީޕީއެމް ޕީއެންސީ ގުޅިގެން ނެރެ ދައްކާ ކެނޑިޑޭޓަކަށް ޕީޕީއެމް ޕީއެންސީ އަދި ޔާމީންގެ ސަޕޯޓަރުން ވޯޓުދޭނީ! 2018 ގެވޯޓުލުމުގެކުރިން ކަލޭ ބުނީމު ޔާމީނަށް 10000 ވޯޓުލިބުނަސް ތިމަން ސިޔާސީ ކަންކަމުން ދުރަށްދާނަމޭ! 96700 ވޯޓު އެކަނިމާއެކަނި ނުކުންނަވާ ހޯދިކަން ކަލޭ ހަނދާންނައްތާނުލާ! އަދި އެއީ އީސީ ޝަރީފް ސޮއްޑުދަށުން ދުއްވައިލި 50000 ވޯޓު ނުހިމަނައި!

    75
    14
  7. ޖަނާޒާ

    އުމަރާ! ތިޔަތެޅިގަތީ މާއަވަހަށް! ސުންބުލިތިފަޅާލީ. ހާދަ ކަނޑުކޮހޭ ދޯ އުމަރުވެސް، ވ. ދެރަ

    65
    5
  8. ބޯ ހަލާކު

    އޯކޭ ދެން ޕީޕީ ކުދިން ވެސް އުމަރު އައް ސަޕޯޓު ކޮއްބަލަ

    15
    27
  9. ޖާބެ

    އުމަރު ދަނީ އިބުއާއެކު ޑީލްހަދަމުން ، ރައީސް މައޫމޫން އަދި ފާރިސް ،ގައްސާން ، ކާނަލް ނާޒިމް މެންކަހަލަ މީހުންގެ ސިޔާސީ ހަޔާތް ބަނަވާނެގޮތައް އެކިމީހުން ލައްވާ މަސައްކަތްކުރަމުން. މިއީ އެމް.ޑީ.ޕީ ގެ ވިސްނުމުގައި ކުރާކަމެއް އަދި އެމް.ޑީ.ޕީ ގަބޫލްކުރޭ އުމަރު ވިންނުވާނެކަންވެސް.. ޢަދި ގާސިމް އިމްރާންގެ ގާބިލްކަންނެތް ވަހަކަ ދައްކަމުންް .

    24
    4
    • ވިސްނާލުމަށް އެދެމޭ

      ކާ ނަލް ނާޒިމަކީ ސަރުކާރުގެ އެއްބައިވެރިއެއް.. ނާޒިމަށް ވެރިކަ ންދި ނުމެކޭ އިބުރާހިމަށް ވެރިކަ ން ދި ނުމަކާ ތަފާތެ ނެތް...އި ންޑިޔާއަށް އުތުރު ތިލަފަޅު ހަވާލުކުރުމަށް ކުރެވު ނު މަސައްކަތުގެ ހިއްސާދާރަކީ ނާޒިމު..ފެ ންކުފު ނީގެ އަލިފާ ނުގެ ހާދިސާޔާ ނާޒިމާ އަބުދުﷲރިޔާޒުގެ ތައުބީރަކީ ކޮބައިތޯ ރަގަޅަށް ދިރާސާކޮއްލާ..އުމަރަށް އެއްކަމެވެސް އިހުސާސް ނުވާ ނެތޯ ހިޔާލުކޮއްލާ..ވަށައިޖެހޭގޮތަށް އެއްކޮށްތިބީ ރޔާމީ ންގެ އަދުއްވު ން..ސިޔާސީ ހަތުރު ން..

      8
      1
  10. ޡަސްލީމް

    ކޯލިޝަން ރޫޅާލަން އުމަރުލައްވާ މަސައްކަތް ކުރުވަބަޔަކު އެބަޔެއްގެވެސް ސިޔާސީ ކެރިއަރު ބަނަކޮއްލާނެ މީނަ.

    26
    3
  11. ބުއްދި

    އުމަރަކީ އަބަދުވެސް ތަންތަން ފަނާކުރަންދުވާ ފަންޏެއް. ފުރަތަމަ ފަނާވީ ޑީ.އާރ.ޕީ އެއްވެސް އުމަރުގެ ބަލާވެރިމަުންވީކަމެއް. ދެން ހަލާލުކޮށްލީ ޕީ.ޕީ.އެމް. ޕީ.ޕީ.އެމުން ފުރުޞަތު ނުދީގެން އެ ތެޅެފޮޅެނީ. މިފަހަރު އުމަރަކަށް ޕީ.ޕީ.އެމްގެ މީޙެއްގެ ގާތުންވެސް ހިގާ ނުލެވޭނެ. ހަނދާންކުރާތި. އެފަނި މިރާއްޖެއިން ނައްތާލެވޭނީ ކޮވިޑާއެކީގައި.

    12
    2
  12. ފަރީދު

    މިރާއްޖޭގެ ވެރިކަމަށް މިއަދު އެންމެ ރަނގަޅު ލީޑަރަކީ ޢުމަރު ނަޞީރުކަމަށް އަހަރެން ޤަބޫލުކުރަމެވެ، އެކަމަކު ޢުމަރަށް ވެރިކަން ލިބުމަކީ ނާދިރުކަމެވެ. ސަބަބަކީ ގިނަ މީހުން މިތިބެނީ ދުނިޔެވީ މަސްތީ ރަޙަތުގައި ގެއްލި ހަފުސްވެފައެވެ. ޢަމަރަކީ ވަކި މީހަކަށް ނުބަލައި އިންސާފުން ކަންކަން ގެންދަން ބޭނުންވާ މީހެކެވެ. އެކަމުގެ ސަބަބުން ގިނަ މީހުން އުމަރުދެކެ ރުޅި ޢާދެއެވެ. އެކަމަކު އުމަރަކީ އިސްލާމީ ވެރިކަމެއް ކުރުމަށް މިރާއްޖޭގައި ހުރި އެންމެ ރަނގަޅު މީހާއެވެ. އަދި ވަރަށް ބަސވަރުގަދަ ގަޓް ހުރިމީހެއްވެސްމެވެ. ރައީސް ޔާމީންގެ ގޮތްވެސް އެނގުނީ ވެރިކަމަށް ހޮވީމައެވެ. އުމަރުގެ ފެންވަރުވެސް އެނގޭނީ ވެރިކަން ލިބުނީމަތާއެވެ.

    13
    7
  13. ނުތެޅޭ

    އުމަރާ ކަލޭ ތިހެންއުޅެންހަދައިގެން ކަލޭގެ ތާއީދުކުޑަވާނެ ތިއަނގަމަޑުންލައިގެން ފިލާހުރިތަނެއްގަހުރޭ

    8
    4
  14. މަސްވެރިޔާ

    އުމަރުގެ ވާހަކަ އަށް ތާއީދުކުރަން ، ޔާމީނު ސަލާމަތްކުރާށޭ ކިޔާފައި އަދުރޭމެން ވައްތަރުޖއްސަޖައްސަ ތިއްބާ މިއޮތް ކައުންސިލް އިންތިޚާބުވެސް އެމްޑިޕީން ނެގުމުގެ ފުރުސަތު އެހޯދަނީ ، ޔާމީނަކީ ގައުމަށް ތަރައްގީގެނާ ލީޑަރެއްކަމަށް ގަބޫލުކުރަން ، ނަމަވެސް ޔާމީނުގެ ފަހަތުން ނުނައްޓާގެން އުޅެން ހަދާގެން ޕާރޓީގެ ދުވަސް މިއޮތްދަނީ ، ޔާމީނު ޖަލުން ސަލާމަތްވޭތޯ މަސައްކަތްކުރުމާއި އެކު ޕާރޓީ ހަރުދަނާކޮށް ހިންގުމަށް ލީޑަރެއް އެބަބޭނުންވޭ ،

    4
    10
  15. އެމަންޖެ

    މަށަކީ އަންނިގެ ހަތުރެއް އެކަަމަކު އުމަރޫ ކަލެޔަކައް ދުވަހަކުވެސް ވޯޓެއް ނުދޭނަން.

    8
    4
    • Juhaa

      ދެން ކާކަށް ވޯޓު ދޭނީ؟

      3
      3
  16. ރާއްޖެ

    އަދުރޭ އަށް ވުރެ އުމަރު ރަގަޅު ވާނެ. އަދުރޭ ކަހަލަ ގަމާރުން ތިބޭތީ ޒުވާނުންނަށް ޕީޕީއެމް ޖޯކަކަށް ވަނީ.

    8
    9
  17. އަހްމަދު

    ޕީޕީއެމް ޓިކެޓެއްގައި އުމަރުވާދަނުކުރާނެކަން އެއީޔަގީންކަމެއް އެފުރުސަތު ހަމަގައިމުވެސް ޢުމަރަކަށްނެތް ޢުމަރުކީއްކުރަންބާ ޕީޕީއެމް ގެވާހަކަ މިދައްކަނީ ޢުމަރުބޭނުމިއްޔާ ޖުމްހޫރީޕާޓީ ޓިކެޓްލިބޭތޯ އުޅެންވީނު

    7
    3
  18. ފޭއްސެވި އިލޮށިގަނޑު

    ރ. ޔާމީން އެހުންނެވީ އެމަނިކުފާނު އަމިއްލަފުޅަށް ފޭއްސެވި އިލޮށިގަނޑަށް އެމުނި ވަޑައިގެންފަ އެވެ. ރ. ޔާމީނަކީ ސްމާރޓް ޕޮލިޓީޝަނެއް ނޫނެވެ. ސްމާރޓް ނަމަ، ދެވަނަ ދައުރު ކާމިޔާބު ކުރެއްވީހެވެ. ސްމާރޓް ނަމަ، ތިން ނާއިބު ރައީސުން ނުތިބީހެވެ. ސްމާރޓް ނަމަ، ކޯލީޝަން ރޫޅުއްވައި ނުލީހެވެ. ސްމާރޓްނަމަ ޕާރލިމެންޓުން ނޯ ކޮންފިޑެންސް ވޯޓެއް ނަގާކަށް ނޫޅުނީހެވެ. ސްމާރޓްނަމަ މިއަދު ޖަލަކު ނުއޮންނެވީހެވެ. ސްމާރޓްނަމަ، އެމަނިކުފާނުގެ ދިފާޢުގައި ގައުމުތަކުން ނިކުތީހެވެ.

    10
    14
    • ލޯމާފާން

      ރައްޔިތުން ގަޅީ. ހިީވީ ނުކިޔަވާ އިބޫއަށް ތަރައްގީ ގެނެވިދާނެއޭ. ތަރައްގީ އެބަ ފެނޭތަ؟

      8
      3
  19. ޝޮކްތެރަޕީ

    ޕީޕީއެމްމުން ޔާމިން ނޫނަސް އެހެން މީހަކު ނެރޭނެ.

    11
    1
  20. ވިސްނާލުމަށް އެދެމޭ

    އުމަރަކީ ރޔާމީ ންގެ ހަމައެކަ ނި ވާދަވެރިއެއް ނޫ ން... ތިއީ އެމަ ނިކުފާ ނުގެ ހަތުރެއްވެސްމެ..ޕޕމ ޖަހައިގަތުމަށް އުމަރު ޕޕމއަށް ބި ންހެލު ން ގެ ނައި ހުސް ތޮށިގަޑެކޭ ރޔާމީ ނަށް ލިބޭ ނީކަމަށްބު ނެ ޕޕމގެ ދަފްތަރު ފޮރުވި ޕޕމގެ ކޮމްޕިޔުޓަރުތަކުގެ ހާރޑްގެއްލުވާލި.ދެ ން ޕޕމ އަށް ބާޒާ ވާލާ ގެ ންނ ނަ ން އުމަރުތިއުޅެ ނީ.. ޕޕމއަށް 2017ގެ ކައު ންސިލް ނާކާމިޔާބުވުގެ މެދުވެރިޔަކީ އުމަރު..ޕޕމގެ ސަޕޯޓަރު ންގެ ރުހުމެ އުމަރަށް ނުލިބޭ ނެ ޕޕމގެ މެމްބަރު ންގެ ހިތްތަކުގެ ރަސްގެފާ ނު ރޔާމީ ންގެ ރުހުމާ އާބަސް ނެތި..ސޮރީ އުމަރަށް ތާއިދެ ނުކުރެވޭ ނެ..ޕޕމގަ އެބަތިބި ރޔާމީ ނަށް ވަފާތެރި ލީޑަރު ން އެމީހު ން މިއަދުވެސް އެތިބީ އެމަ ނިކުފާ ނުގެ ދިފާއުގަ

    2
    1
  21. ޢަބުދުﷲދީދީ

    ޢުމަރު އެބުނާގޮތް ވެދާނެ

    1
    6
  22. ގައުމު

    މުސްތަގުބަލުގައި ކަންވާނީ ވަކި ގޮތަކަށޭ ކިޔާކަށް އުމަރު ކީއްކުރަން ހަނދު ބަލައިގެން މައޫމޫނަކަށްވެސް ނޭނގޭނެ. އަދި އެމްޑީޕީގެ ހީލަތްތެރި ރޭވުންތައްވެސް ވާނީ ހަަމަ ބޭކާރު. އެއަށްވުރެ ކަންތައް މޮޅަށް ރާއްވަވާ އިލާހު މާތް ﷲ ނިންމަވާ ނިންމެވުންތައް އެކަކަށްވެސް ނޭނގޭނެ. މާތް ﷲ ގެ ރަހުމަތުން އިރާދަ ކުރެއްވިއްޔާ އެމްޑީޕީ ގެ ލާ ގައުމީ ލާދީނީ ސިޔާސަތުގެ ނުބާ ވަކިތަކުން މާތްﷲ މި ގައުމު ސަލާމަތް ކުރައްވާތޯ ދުއާ ކުރާ އެތައް ބައެއްގެ ދުއާ އެކަލާނގެ އިޖާބަ ކުރައްވާތަން ބަލަން ތިބޭ. 6 ފަރާތުން ބައްދާލާ ޔާމީން ދެކެ ހުރިހާ ސިޔާސީ ލީޑަރުން އަދި އަވަށްޓެރި ގައުމުތަކުންނާ ދޮންމީހުން ބިރުން އުޅެނީ ޔާމީނަކީ އެމީހުން ޖަހާހާ ބެރަކަށް ނަށާނެ ބޭފުޅެއް ނޫންކަ ން އެނގޭތީ. ޢަބްދުﷲ ޔާމީން މާތްﷲ އިރާދަފުޅުން މިނިވަންވެ މި ގައުމުގެ ވެރިކަަން ކުރެއްވުމުގެ ހެޔޮ ތައުފީގު ދެެއްވާށި. ބޭރުގެ ނުބައި ވަކި ތަކުން 800 އެތައް އަހަރެއްވި މި އިސްލާމް ދީން އޮތް މި ގައުމު ސަލާމަތް ކުރައްވާށި. މި ގައުމުގެ ދަރިންގެ މުސްތަގުބަލު ހިމާޔަތް ކޮށްދެއްވާ މި ގައުމުގެ މާތްވެގެންވާ އިސްލާމް ދީން ހިމާޔަތް ކޮށްދެއްވާ މި ގައުމުގެ ގައުމީވަންތަކަމާ ދިވެހި ސަގާފަތް އަދި ފެއްސާ ރަތާ ހުދުގެ ދިވެހި ދިދަ ހިމާޔަތް ކޮށްދެއްވާށި.

    2
    2
  23. މުރާދު

    އުމަރަށްއާދޭހާއެކު ދަންނަވަން ގައުމާ،ރަށްޔިތުންދެކެ ލޯބިވެލައްވާނަަމަ މަސްލަހަތުގެއްލޭވާހަކަފުޅު
    ނުދައްކަވާށޭ ތިވިދާޅުވާވާހަކައިންދޭހަކަުރެވިދާނެ ޔާމީން ކުރައްވާފައިވާކުށަށް ޖަލުހުކުމެއްއައިސް
    އެބޭފުޅާ ޖަލުގައިހުންނެވީތީ އަންނަރިޔާސީ އިންތިޚާބުގައި ޕީޕީއެމްގައި ރިޔާސީއިންތިޚާބަށް
    ކުރިމަތިލެވޭފަދަފަރާތެއްނެތިގެން ކުރިމަތިލާ ޕީޕީއެމްގެ ކެންޑިޑޭޓެއްނުފެންނާނެކަމަށް މިއީ....
    އެކަމަކުބުނެލަން ޔާމީން ޖަލަށްލާފައިވަނީ އެބޭފުޅާކުޑަދުވަސްކޮޅެއްގެތެރޭގައި ގައުމަށްގެންނެވި
    ތަރައްޤީއާކުރިއެރުންފެނި ދެންއެފަދަފަރާތެއް ރާއްޖޭގައިނެތްކަމަށް ރާއްޖޭގެރަށްޔިތުންގެތެރެއިން
    ބައަކުދެކިއެހެންދެކޭ ފަރާތްތަކެއްގެހިތުގައި އެމަނިކުފާނާދޭތެރޭ ނަފުރަތުަުފައްދާ އެމަނިފާނަށްއޮތް
    ތާއީދު ކުޑަކުރަންކަމުގައިބެލެވޭ ވީމާ،މިއީ ޒާތީކަމެއް ޒާތީހަސަދައެއްމިފަދަކަމަކަށްތާއީދެއްނުކުރެވޭ
    މީގެކުރިންވެސް ޔާމީންބޭފުޅާގެ އަގުވައްޓާލުމަށް

  24. މޫސުން

    ފަރީދުގެ ވާހަކަ އެެއީހަގީގީތެދު މިހެން މާއްދިއްޔަތައް ގެއްލިފަ ތިއްބަ މިގައުމު ގެއްލި ދާނީ

    2
    1
  25. Anonymous

    ޢުމަރު މިޙާތަނަށް ރާވާކޮންމެކަމެއް ފަނުފުލުން. ސިޔާސީ ބަރުދަނެއް ނެތް. އަދި މީހެއްގެ ތައްޕާހުންވެސް އުޅެން ނޭނގޭ ސޮރެއް. މީގެ އަނެއް ގޮލަޔަކީ އެއުޅޭ ސޭޓު. ޢަބަދުވެސް ބޮޑުގަހުގެ ނިވަލުގައި ހިހޫތަކުންކާލައިގެން. ޥެރިކަމަށް އަންނަމީހުންނަށް މިކަމެއް ނޭގެ.

    1
    1