ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ގެއްލުނު އަންހެން ފަތުރުވެރިޔާ ހޯދި މީހަކަށް ނުވަތަ އޭނާ ހޯދުމަށް ބޭނުންވާ ރަނގަޅު މަޢުލޫމާތެއް ދިން މީހަކަށް އެއްލައްކަ ޑޮލަރު (1,542,000 މިލިޔަން ރުފިޔާ) ދޭނެކަން އާއިލާ އިން އިއުލާން ކޮށްފިއެވެ.

ހަލީޖް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާގެ ފިރިމީހާ ބުނެފައިވަނީ އަނބިމީހާ ހޯދި މީހަކަށް އެއްލައްކަ ޑޮލަރު ހުށައަޅާކަމަށެވެ. އުމުރުން 33 އަހަރުގެ އެއަންހެން މީހާ ގެއްލުނުއިރު ބަނޑުބޮޑުކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.

"އަނބިމީހާ ގެއްލުނުތާ މިހާރު 9 ދުވަސް ފާއިތު ވެއްޖެ، ރާއްޖޭގެ އިދާރާތަކަށް ޖަވާބެއް ނުދެވުން، އަނބިމީހާ ހޯދުމުގެ މަސައްކަތް އެމީހުން ހުއްޓާލައިފި، އަހަންނަކަށް ނޭނގެ އޭނާ ގެނބުނީކަމެއް ނުވަތަ ބަޔަކު ކިޑްނެޕްކޮށް އަނިޔާއެއް ދިނީކަމެއް، އަހަރެން ބޭނުންވަނީ ޖަވާބެއް" ފިރިމީހާ ބުންޏެވެ.

ފަތުރުވެރިޔާ ގެއްލުނު ހަދިސާގައި އާދަޔާއި ހިލާފު ކަމެއް ހިނގިކަން މިހާތަނަށް ރަސްމީ އިދާރާތަކުން ފާހަގަ ކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ޑައިވަރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކަނޑު އަޑީގެ ސާފޭސް ބެލުމަށް ޑައިވްކޮށްގެން ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީރަތް ކުލައިގެ މޫދު ހެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. Anonymous

  ތި ލާރިގަނޑަށް ދެން ދިވެހި ދައުލަތު ހޭއަރާނެ...

  43
  3
  • Anonymous

   މަޖިލިހުގައި އިންނަ ކެނެރީގެ ބުއްޅަބެ ކިޔާ ބޮލުރޮދި މެންބަރުން ފޮނުވައިގެެންވިޔަސް އެމަންޖެ ހޯދާނެ

   10
   4
 2. ސުވާލު

  ޢެކަނިތަ ޑައިވިންގަށް ނިކުތީ ؟ އެކުގައި ޒިންމާވާނެ ޕްރޮފެޝަނަލް އެއް ނުދޭތަ؟

  49
  3
  • ޖަވާބު

   އޭނާދިޔައީ ޑައިނިންގް އަށްތޯ ސްނޯކްލިންގް އަށްތޯ ހަވީރުފިންޏަށް ހިނގާލަންތޯ ނޫނީ ބާޒާރަށްތޯވެސް އިނގޭނީ ޚަބަރު ކިޔާލީމަދޯ.

   14
   1
   • ސުވާލު

    ޙަމަ ހީނުވަނީ ތޮށިންއެތޭގަ ސުނޯކަލިންގް ހާދިސާއެއްހެން. ސޮނޯކަލް އަޅައިގެން ތޮށިންބޭރަށް ފީނަންވެސް ދޭވިއްޔާ. ޢެހެންވިެްޔާ ތަޖުތިބާކާރެއް ހުނއނަންވާނެ ކައިރީގަ، ނުފީނިޔަސް.

   • ކައުންސެލަރު 🙌

    މީހަކު ބުރާންތި އަރަންވާވަރަށް އެރީމާ ގޮވޭނީ މިކަހަލަ ހަޔާތް. ސުނޯކުލިންއަށް ދިޔަމީހެކޭ ލިޔެފައޮތްތަން ދެލޯގަނޑަށް ނުފެންނަނީތަ އަޅެ؟

 3. ާއައްޑޫ

  މޫދު ހެދުމަކީ ކޮބާ؟

  17
  5
  • ޓުުުރރ

   ސްވިމްސުއިޓު އިނގޭތަ؟ 🙄

 4. މުހައްމަދު ނާސިރާ

  ކޮޅެއްނެހާދެރަކަމެއް މިމީހުން ގެފަރާތުންމިފެންނަނީ މިދިޔަ38އަހަރުދުވަހުގައި ރާއްޖެއިންމީހުންކުލިޔަކަށް މަރުވުމާގެއްލުމާ މިކަންތަށް ރެކޯޑުމިންވަރަކަށް ގޮސްފައިވާތަން މިސަރުކާރާކީ ކޮންމެކަމެއްވެސް ރެކޯޑްއަދަކަށް ކުރާބައެއް މިގޮތުން ގެސްޓްގެނައުންރެކޯޑް .ކޮވިޑްުގައި މިކުޑައާބާދީއާއި ޖަޒީރާރައްތަކުން މީހުން ޕޮޒިޓިވުމާމަރުވުން ރެކޯޑްމިންވަރަކަށް އަދި ދައުލަތުގެ ފައިސާއަށްމަކަރުހެދުން ރެކޯޑް ދައުލަތުގެ ބަޖެޓްވެސްރެކޯޑް މަސަދުވާތަކެތި ރެކޯޑް އަންހެނުންނާސްފުރައްސާރަކުރުންރެކޯޑް ޖިންސީފުރއްސާރަ ރެކޯޑް ވީމާ ވީހާބޮޑު މަރުކޮމިޝަނެއްހަދާ ރެކޯޑް ހަރަދުކުރޭ އޭރުންއެގޭގެ މަރުކޮމިޝަނަށް ބުނޭ ވީގޮތް ޖޫރިމަނާ ބޭރުނޫހަކަށް އެފަރާތުން މިގައުމުގެ ބަހެއްނުހޯދާ ހާމަކުރުން އަވަހަށް ކޯޓަށްމިމައްސަލަވައްދާއެރުންދައުލަތަށްފައިސާރެކޯޑުމިންވަރަކަށްލިިބޭ އެމީހާހޯދަނެކަމެއްނެތް

  26
  8
 5. ބޮންދު

  މޫޫދު ހެެދުުމެެކޭޭ ބުނަނީ
  ބޭބެ އެގެނީ އެވަ އްތަރު ހެދުން
  ބޭބެ ލަދުގަންނަވަ އްތަރުހުންނަ ހެދުން

  20
  12
 6. ސައީދް

  ބޭރު ނޫހުގައި އޮތް ޚަބަރު ގެނެސްދިން އިރު އޭގެ މަހުފޫމް ނުގެއްލޭގޮތައް ގެނެސްދިންނަމަ!
  އެޚބަރު ކިޔާލުމުން އެއަންހެންމީހާ ގެއްލުވާލުމުގައި އޭނާގެ ފިރިމީހާ ސިންގުގެ އަތެއްވާކަން ވަރައްބޮޑައް ޝައްކު! ދިވެހި ފުލުހުން މިމައްސަލަ އިތުރައް ތަހުގީގު ކޮށް މިކަމުގައި ދޫބާއީ އި ްޓެލިޖެންސް އާއި ފުލުހުންގެ އެހީތެރިކަން ހޯދުން މުހިންމު ކަމުގައި ދެކެން!

  16
 7. ޑަބިޔާ

  މީހަކު ގެއްލިގެން، މީހަކު މަރާލާގެން މިސަރުކާރުން ހޯދާކަށް ނޫޅޭނެ. އެމީހަކު ޖެހޭނީ ސަލާންޖަހަން. 100 ދުވަސް ވެސް ފާއިތުވެއްޖެ ވީކަމެއް ހަރާން. މޮޅުވާހަކަ ދެއްކުން ނޫންކަމެއްނެތް. ފައްޅި، ނާޗަރަންގީ ކުޅޭތަން އެޅާނެ ވާހަކަދައްކާ އެކަން ކުރެވޭނެ ގޮތެއް ބެލީމަ ނިމުނީ

  24
  4
 8. ދިވެހިންގެ ފަރާތުން

  ދިވެހިން ނަކީ މީހަކަށް ދެރަ ކަމެއް ވާ ހިނދު ވިޔަފާރިއަކަށް ކަން ކުރާ ބައެއް ނޫން. ތި ފައިސާ ޗެރިޓީ އަކަށް ދީ . ދިވެހިންނަށް ތި މީހާ ފެނިއްޖިއްޔާ ފައިސާ ނުދިނަސް ޙަވާލު ކުރާނަން

  45
  6
 9. ޅަބޭ

  މިހާރު ދިވެހި ސަރުކާރު ތިލާރިގަނޑު ހޯދަން ހޭބޯނާރައި މޮޔަވެގަންނާނެ. ހާއްސަކޮއް ރައީސް އޮފީހާއި މަޖިލިސް

  26
  6
 10. ވަގުތު

  MNDF Coast Guard revealed that the tourist was last seen wearing black swimming gear with a pattern of red flowers.

  1
  1
 11. ރާއްޖެ

  ކޮބާ މަރު ކޮމިޝަން. މިއޮތީ ލާރި ގަނޑެއް ލިބޭނެ ގޮތެއް.

 12. ކޮރަލް

  ރިސޯޓުތަކުން ވިސްނަނީ ޑޮލަރު ބޮނޑީ އަށެވެ. ޒިންމާ ނެގުމެއް ނެތެވެ. ސޭފްޓީ ދަށި އެވެ.

  12
 13. ފިރިމީހާ

  ވިހަންކައިރިވެފައި އިން އަނބިމީހާ ރޭގަނޑު 7ގެ ފަހުން އެކަނި މޫދަށް ދިޔަކަން އެނގުމާއި ، ރޭގަނޑު 9:00 ގައި ޕޮލިހަށް ގުޅުމަށް ހޭދަވި ވަގުތާއި ސަބަބުތަކާ ދޭތެރޭ ސުވާލު އުފެދޭ .. މިކަމަކީ އެހާ ނޯމަލް ކަމެއްކަމަށް ނުބެލެވޭ...