ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލީޑަރު ޖަލުގައި އޮންނެވުމަކީ މި ސަރުކާރުގެ ޚުދުމުހުތާރުކަން އަންގައިދޭ ކަމެއް ކަަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ދާދި ފަހުން ވަނީ ތާއީދުކޮށްފައެވެ. އެހެންވެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ވަނީ ނިންމައިފައެވެ.

އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ނުހައްގު ޖަލު ހުކުމެކެވެ. އަދި ޔާމީންގެ މައްޗަށް ކުރީ ސިޔާސީ ދައުވާއެއް ކަމަށް އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި މަހުގެ ހަތަރު ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ސަލީމް ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތްތަކަށް އޮތް ފުރުސަތު ކުޑަ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށްލާފައިވާތީ އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޑިމޮކްރަސީގެ ނިޒާމެއްގައި އިދިކޮޅު ސިޔާސީ ހަރަކާތަށް ވެސް ފުރުސަތު ލިބެން ވާނެ ކަމަށާއި، ރައީސް ޔާމީން ވީހާވެސް އަވަހަށް މިނިވަން ކުރަން މި ސަރުކާރަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

" އިދިކޮޅު ސިޔާސީ ލީޑަރު ޖަލަށް ލައިގެން ވެރިކަން ކުރުމަކީ ޑިމޮކްރަސީ އާއި ބީރައްޓެހި ކަމެއް. އިދިކޮޅު ލިޑަރު ޖަލުގައި އޮތުމުން އެނގެނީ މި ސަރުކާރުގެ ހުުދުމުހުތާރުކަން. ވީމާ އިދިކޮޅު ލީޑަރު ވީހާވެސް އަވަހަށް މިނިވަން ކުރަން އަޅުގަނޑު ގޮވާލަން. "ސަލީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. އެއީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއްމިލިއަން ޑޮލަރެއްގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެއްގައެވެ. އެ ފައިސާއަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. މޮޑަވުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ދައުލަތުން ވިދާޅުވެއެވެ.

ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ ތަކުރާރުކޮށް އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ރިޔާސީ ބަޔާން އިއްވި ދުވަހުވެސް އެ ކޯލިޝަންގެ މެމްބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލައި ގޮވާލާ އިހުތިޖާޖް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޔާންޔާ

  ގައުމުގެ ވިއްކާ ކެއުމުގެ ނަތީޖާ ހިތިވާނެ . ސާފުކޮށް އެއޯތީނު ފެންނަން އެކައުންޓް އައް ފައިސާ ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށް ފައިސާއިތުރުކުރިކޮށް ބޭނުންކުރިކަން.

  13
  30
 2. އަލީ

  ވެންޓިލޭޓަރުތަކުގެ މައްސަލަ ރައްޔިތުންނަށް އޮޅުވާލާ ނިންމާލިގޮތް ސަޅި.

  20
  5
 3. ދޮނޭ

  މިޤައުމުގެ އެތައްސަތޭކަބައެއް ތިބުނާ މަނީލޯޑްރީގެ ބޭނުންހިފައި ކަމުންދާއިރު މަޑުމަޑު ބަލަން ތިބެވޭކަށްނެތް މީ ޚުދުމުޚުތާރު ސަރުކަރެއް އިންސާފެއްނެތް

  21
  5
  • މުލޭ

   މުލުވަގު ޖަލަށްލީމަވެސް ކޮންމެވެސް ވަރެއްގެ އިންސާފެއް ލިބިއްޖެ.

 4. minikA

  ޔާމީނުއަށް ނޭނގި 60 ފަޅުރަށޭ އަދީބު ވިއްކީ. މިވަރު މީހަކު ވެރިޔަކަށް ނުގެނެވިގެން ތިއުޅެނީ

 5. ވގ ޔނ

  ފަތިސް ނަމާދައް އަރާހުއްޓަތޯ ގެންގޮސް 5 އަހަރުދުވަހައްޖަލައްލީ ތި ސަލީމް މުއްސަދިވީގޮތް އެގޭމީހަކު ހިތައްއަރާނެ ސަހަރޯ

 6. މަބޭ

  ޔާމީން މަޖުލިސް މެންބަރަލައް ހުރިއިރުވެސް ނަސީދު ވަނީެެތައްފަހަރެއްގެމަތިން ޔާމީމް ހައްޔރުކޮއްފަ ނަސީދުއެންމެޖެހިލުމްވާ ވެރިޔަކީ ޔީން

 7. ސަލީމޫ...

  ސަލީމް ތިހެން ވިދާޅުވުމަކުން ހައިރާނެއް ނުވެއެވެ. މަޖްލިސް ތެރޭގައި އެކިއެކި އާޔަތްތަކާއި، ޙަދީޘްފުޅުތައް ވިދާޅުވެ ޢާއްމުކޮށް ވާހަކަ ދައްކަވާ ބޭފުޅަކު، ރ. ޔާމީންގެ ޝަރީޢަތް ހުޅުވާލައިގެން ޓީވީތަކުން ލައިވްކޮށް، ސާބިތުވެ ޖަލު ޙުކުމެއް އައިސް، ތަންފީޒް ކުރަމުންދާ ޙުކުމަކީ މިސަރުކާރުގެ ހުދުމުޚުތާރުކަމޭ ވިދާޅުވާނީ މުނާފިޤު ކަމުންނެވެ. އެހެނީ ސަލީމަކީ ދީނަށް ލޯބިކުރައްވާ ބޭފުޅެއްނަމަ ދީނުގައި ވަނީ ރައީސް ޔާމީންގެ ޚިޔާނާތާއި ވައްކަން އިސްތިސްނާ ކޮށްފައި ނޫންކަން ޤަބޫލު ކުރައްވާނެ އެވެ. އަދި ހެއްކާ ޤަރީނާގެ މައްޗަށް ބުރަވެ، ޝަރީޢަތުން އިއްވާ ޙުކުމެއް ބަލައިނުގަނެވިގެނެއް ނޫޅުއްވާނެ އެވެ.

 8. ބަންދުބޮންދު

  މައުމޫނާ، ގާސިމްއާ، ފާރިޝްއާ، ނަޝީދުއާ ޖަލުގަ ހުރީމަ އެއެނގެނީ ކޮންކަމެއްބާ

 9. ބަދީޢު.

  އިންވެސްޓް ކުރީ ވެންޓިލޭޓަރު ވިއްކައިގެން އެއަށް ލިބުނު ފައިސާ. އެމްޑީޕީ މީހުންނަށް ފެންނާނީ މީހުން ފޫކޮޅުގައި ހުންނަ ގުއި. އަމިއްލަ ފޫކޮޅުގައި ހުންނަ ގުއި ނުފެންނާެނެ. ޒާތީ ޙަސަދަ ފިލުވަން ވެރިކަމަށް އައި ބައެއް.ކިތަން ދޮގާ އިލްޒާމް އެމަނިކްފާނު ބޮލުގައި އަޅުވައިގެން އައިބައެއްއެމްޑީޕީ މީހުންނަނކީ. ރައްޔިތުންނަށް ކަމެއްކޮށްދޭން އައި ބައެއް ނަމަ އަދީބުލައްވައި ޑްރާމާކުޅުވައިގެން ތިބެ. ޔާމީން ނުޙައްޤުން ޖަލަށް ލައިގެން އެމަނިކްފާނުފަހަތުން ވެރިކަމަށް އައިދުވަހުއްސުރެ ނެއްޓެންނޭގިގެން ނުޅޭނެ. ތީ އަދީބުލައްވައި އެމްޑީޕީ މީހުން އެމަނިކްފާނަށް ބޮނޑިދިނުމަށް އެކައުންޓަށް ވެއްދި ފައިސާނޫންކަމަށް މިހާރު ޝައްކު އުފެދޭ. ތީ ކުޅެަފއި އޮތްޑްރާމާއެއްކަން ކަންތއް ވަމުންދާގޮތުން މިހާރު ދިވެހިރައްޔިތުންނަށް އެބައެނެގޭ.ތީ މިދިވެހިރާއްޖެއަށް އެތަކެއް ޚިދުމަތް ކޮށްދެއްވި ވެރިއެއް. އެމްޑީޕީ މިހާރު ވެރިކަމާ ހެދީ ތިތެޅޭ މީހުން ތިބީ އިނގިރޭސި ވިލާތު ވަލުގައި. ޢަލީ ވަޙީދުއަށް ހިމާޔަތް ދީ ފޮނުވާލީވެސް ސިއްރު އެޖެންޑާ ފަޅާއަރާފާނެތީ. ބިރުން.