ނިއު ޒިލެންޑްގެ ހުރިހާ ސްކޫލްތަކެއްގެ އަންހެން ދަރިވަރުންނަށް ހިލޭ ޕެޑް ދިނުމަށް ނިންމައިފިއެވެ.

އަންހެން ދަރިވަރުންނަށް ދިމާވާ މައްސަރުގެ މައްސަލަތަކަށް ބޭނުންވާ ތަކެތި ދޭން ނިންމީ ދަރިވަރުންގެ ކިޔެވުމަށް ބުރޫ އެރިޔަ ނުދިނުމުގެ ބޭނުމުގައެވެ.

2.6 މިލިއަން ޑޮލަރުގެ އިންވެސްޓްގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީ އިން ތިންވަނަ ޓާމް އިން ފެށިގެން މައްސަރުގެ މައްސަލަތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެއެވެ.

ނިއުޒިލެންޑްގެ ވައިކަޓޯގެ 15 ސްކޫލަކަށް މައްސަރުގެ މައްސަލަތަކަށް ބޭނުންވާ ތަކެތި ބަހަން ނިންމާފައިވާ ކަމަށްވެއެވެ. އަަދި އެހެން ހުރިހާ ސްކޫލަކަށް ވެސް 2021 ވަނަ އަހަރު ފޯރުކޮށް ދޭނ އެވެ.

ބޮޑުވަޒީރު ޖަސިންޑާ އާޑެން ވިދާޅުވީ މިއީ އެހީތެރިކަަމަށް ބޭނުންވެފައިވާ ޒުވާުނުންނަށް އެހީތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ޖަސިންޑާ ވިދާޅުވި ގޮތުގައި ނިއު ޒީލެންޑްގެ ކޮންމެ 12 އަންހެން ދަރިވަރުންގެ ތެރެއިން އެކަކީ މާލީ ދަތިކަމާ ހުރެ މައްސަރުގެ މައްސަލަތަކަށް ބޭނުންވާ ތަކެތި ހޯދަން ނުކުޅެދިފައިވާ އާއިލާތަކުގެ ކުދިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ނިއު ޒިލެންޑް އިން މިވަރު ވެސް ކޮށްފިތާދޯ؟ ކޮބާތަ މި ޤައުމަށް ލިބުން ހުރިހާ މަސްކަކާ އަންގިޔާ ސެނެޓައިޒަރ ތައް؟ ހިތާމަ ހުރި. ނަންވާނީ ކަދުރު ކީކޭ ބުނާނީ،،،،،،،