ރާއްޖޭގެ ފުރަތަމަ އެއާ ހޯސްޓުންގެ ތެރޭގައި ހިމެނޭ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެއެވެ.

ފާތިމަތު އަބްދުﷲ ލަތީފަކީ 65، ކޮވިޑް-19 އާ ގުޅިގެން އުފެއްދި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމްގެ ލީޑަރު ޑރ. އަލީ ލަތީފްގެ ދައްތައެވެ. އޭނާ ނިޔާވީ ވަރަށް ބޮޑަށް ބަލިވެ އުޅުމަށް ފަހުއެވެ.

ފާތިމަތުއަކީ ގިނަ އަންހެނުންތަކަކަށް އޭވިއޭޝަން ދާއިރާ އާއި އެއާހޮސްޓެސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ދިން މީހެކެވެ. މިއަދު އެ ދާއިރާގައި އުޅޭ ގިނަ އަދަދެއްގެ ބަޔަކު ނަމޫނާއަކަށް ބަލައިގަންނަ އެކަކަކީ ވެސް ފާތިމަތުއެވެ.

ފާތިމަތު އަބްދުﷲ ލަތީފްގެ ކަށުކަމާއިކެމީގެ ކަންކަން އޮތީ އާސަހަރާގައެވެ.

އަދި ކަށު ނަމާދުކުރުން އޮންނާނީ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަކީނާ

    إنّا لله وإنّا إليه راجعون
    މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!
    އާމީން.

    34
  2. ޗ

    إنا لله و إنا إليه راجعون

    24
  3. Anonymous

    މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

    17
  4. ހަފިޡާ

    މަރުހޫމާ އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

    19
  5. ޒަކީ21

    ފާތުން އަކީ ދިރާގުގައި ވަރަށއ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ހިތްހެޔޮ ހީވާގި ބޭކަނބަލެއް. ފާތުންގެ ބައްޕަ އަދި ޑރ.ލަތީފްގެ ބައްޕައަކީ ދިވެހި ބޭސްވެރިކަމުގައި މަޝްހޫރު ވާދޫ ގައްދަޑު ލަތީފް. މަރްހޫމާއަށް މާތްﷲ ސުވަރުގެ މިންވަރުކުރައްވާށި. އާމީން

  6. ހުދުއަސުރު