އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްސްޕާސަން އޮފީހުގެ ވެރިޔާއަށް ކަނޑައެޅި މުސާރަ ކުޑަވެގެން ޝަކުވާކޮށް ރައްޔިތުންގެ މަޖިލީހުގެ މާޅިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރަގެ މެންބަރު މުހައްމަދު ނާޝިޒްއަށް އެޑްރެސްކޮށް ޗީފް އޮމްބަޑްސްޕާސަން ނ. މާފަރު އީޓުޖެހިގެ އަބްދުލްސަލާމް އާރިފް ފޮނުއްވާފައިވާ ސިޓީގައި ވަނީ، އޭނާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި 37،500 ރުފިޔާގެ މުސާރައަކީ އެކަށީގެންވާ އުޖޫރައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ އެ މުސާރަ ބޮޑުކޮށްދެއްވުމަށް ދަންނަވާ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އެ ސިޓީ ދިރާސާ ކުރުމަށް އިއްޔެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ނާޝިޒް ވިދާޅުވީ އެ މުސާރައަކީ މާލިއްޔަތު ކޮމިޓީއިން ދާދި ފަހަކުން ކަނޑައަޅައި މަޖިލީހުގެ ޖުމުލަ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ މުސާރައެއް ކަމަށެވެ. އެހެންކަމުން އެ މުސާރަ ބޮޑު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުންގެ އިއުތިރާޒެއް ނެތުމުން ނާޝިޒް ނިންމަވާފައިވަނީ މުސާރަ ބޮޑުކޮށްދެވެން ނެތް ކަން ޗީފް އޮމްބަޑްސްޕާސަނަށް އެންގުމަށެވެ.

ފިނޭންސް މިނިސްޓްރީއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައި އޮތީ 40،000 ރުފިޔާގެ މުސާރައެއް ޗީފް އޮމްބަޑްސްޕާސަންއަށް ކަނޑައެޅުމަށެވެ. އެކަމަކު މާލިއްޔަތު ކޮމިޓީއިން ނިންމީ 37،500 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަށެވެ. އަދި އެ އޮފީހުގައި ދެން ތިއްބަވާ ދެ މެންބަރުންނަށް 33،500 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަށެވެ.

މި އޮފީހަށް ދެން އައްޔަން ކުރައްވާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސް އަދި ހ. ފެހިއާލާ މަރްޔަމް ލައިޒާއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ވޭތުވެދިޔަ ތަނުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ ތެރެއިން އިންތިޒާމުވެގެން ރޭވިގެން ރައްޔިތުންނަށް ކޮށްފައިވާ އަނިޔާއާއި އިންސާފުން ބޭރު ކަންތަކާއި އިންސާނީ ހައްގުތަކާއި ކަރާމަތާ ޚިލާފު އަމަލުތަކަށް އިންސާފު ހޯދުމާއި އެ ހާދިސާތަކުގެ ހަގީގަތާ ހަމައަށް ވާސިލް ވުމަށް އެކުލަވާފައިވާ ގާނޫނެކެވެ. އެ ގާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނުން ކުރީގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ދެން ހިނގާފައިވާ މައްސަލަތައް ބެލުމުގެ ބާރު އޮތީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ހުރަސް

    އަސްތަޣުފިރުއްﷲ! ކަލޭ އިސްތިއުފާދީ!!!!!!!!!!!!

    81
  2. އަހުމަދު

    ހުސްނު ސުއޫދު މެންނަށް ބޮޑުމުސާރަ ދީފަ ސުއޫދުގެ ޕަޕެޓަށް ކުދަމުސާރަ. އިންސާފެއްނޫން. ސުއޫދުގެ މި ޕަޕެޓަށްވެސް ލާރިދޭންވާނެ.

    42
    1
  3. ރަށު މީދާ މާލޭ މީދާ

    އަދި ފައިން ދޮންވެލި ނުހިކޭ

    43
    1
  4. ރަނާ

    ކުރިން މީނައަށް ލިބެނީ ކިހާވަރެއްބާ ކޮން މަޤާމެއްގަބާ ހުރީ މި ފުއްޕަނީ ކޮއްޔެއްހެން

    36
    1
  5. ރަދީފް

    މީނަމިއީ ވަރަށް ދަހި މީހެއް.

    39
    1
  6. މިރޭ

    އަސްތާ އަމިއްލަޔަށް ތިހާވަރުވާ މީޙެއްގެ އިންސާފުވެރިކަން؟

    40
    1
  7. ވއކ

    މިއީ ލާރިއަށް އުޅޭ މީހެއް ދޯ

    39
  8. މަހުލޫފުގެ ރަހްމަތްތެރިޔާ

    ލިބޭ މިންވަރަށް ސުކުރު ނުކުރާތި...

    40
    2
  9. ޒުރާރު

    ސުއްބުނާ އިންނަނާ.. ކިހިނެއް ހެއޮވާނީ ؟؟
    މަގޭ މުސާރަ 7500ރ އަންބަކާ ދަރިއެއް ހުރޭ..
    ކިތަންމެހާވެސް ދަތި، އެކަމް ސަކުވާއެއް ނުކުރަން ލިބޭ މިންވަރައް ޝުކުރުކޮއްގެން އުޅެނީ..

    ޢެކަމަކުވާ 37000ރ އެއީ މަގޭ މުސާރައިގެ ފަސްގުނަ، އެކަމަކުވެސް ތީގެން ނުވީމަ އެބައުޅޭ މައްސަލައެއް.

    49
  10. ސިރީން

    އަހަންނައް ހީވަނީ މީހެން އެބުނާ ޝުކުރު ނުކުރާ މީހުންނަކީ،

    39
  11. ލަސްކާ

    ތިޔައީ ގިނަވެގެން ދެއަހަރުގެ މަގާމެއް އިގޭތޯ؟

    34
  12. އިންދިރާ

    ދޮންކަލޯ 2400 ޑޮލަރު މަހަކު ލިބޭނީ ނިސްބަތުން ވަރައްވެސް މަދު ދިވެއްސަކައް.. ތީ މާ ބޮޑައްވެސް ރަނގަޅުވަރެއް

    40
  13. މަންބާ

    މަށައްދީ ތި މިސާރައިގެ 1/3 އަހަރެން ސަކުވާއެއް ނުކޮއް، ރަނގަޅައް މަސައްކަތް ކުރާނަން

    37
  14. ާއިންމަ

    ހާދަ ބޮޑާ ކިބުރުވެރީން އުޅެޔޭ ދެއްތޯ !؟
    މަ ކުޜާނަން ތިޔަ މަސައްކަތް 9000 އައް.

    36
  15. ސިރީން

    ހުރިހާ ފައިސާއެއް ކައްވައްޅައް އަޅަންތަ ؟؟

    33
  16. ައބރ

    ކޮންމެ މީހަކަށްވެސް ކުރަންވާގޮތަށް ކުރެވޭނީ އެކަމެއްގެ އެކަށީގެންވާ ވަރުގެ އުޖޫރަ އެއް ލިބިގެން. މީވަރަށް ރިސްކީ މަސައްކަތެއް.

  17. އެމަންޖެ

    މިޖިލީހުގެ ރައީސް އަދި އެތާގެ ގޮނޑި ފަޅުފިލުވަން ތިއްބެވި ބޭފުޅުންނަކީ އެންމެ ދަހިމީހުން.

  18. ވަޅިހޫ

    އެމްޑީޕީ ޓިކެޓުހޯދަން މަސައްކަތްކޮށް ފޭލިވެގެން ދިޔަ މީހަކު ވަކިފަރާތަށްނުޖެހި މައްސަލަ ބަލާނޭތެ؟ ދެން މިހާރު އަނެއްކާ ފުލެޓުގަންނަން ރައްޔިތުންގެފައިސާއިން މިއޮއްފަދަ ދަތި ދުވަސްވަރު ހިފާލީ. އިސްތޮއުފާ!

  19. ޢަގީލަންބާ

    ދެން މައްސަލަ ނިންމާއިރު އެމީހުން އަތުން ކަޓް ނަގާ.

  20. Happy

    ޔާރަބީ! ކަލޭދޭ މަހަށް! މާގިނައިންލިބޭނެ!!

    8
    1
  21. ފާޓޭ

    މިހިރީ ފާޑުފާޑު ނަންނަމުގައި މަގާމް ހަދާފައި ދޭ މުސާރ ކިތައް ސިވިލް ސާވަންޓުންނައް ދެވޭ ވަރުތޯ އަދިވެސް ކުޑަވެގެން ރައްޔިތުންގެ ޓެކްސްޕޭ ރުފިޔާއިން އިސްރާފް މިކުރަނީ ބިރުވެތިކަމެއް ނެތި

  22. ައަހުމަދު

    ދެން ކިހިނެއްބާ ވަޒީފާ އަދާކުރާނީ ' އެއުޅެނީ މިފަދަދަތި ވަގުތުގައިވެސް އެހާބޮޑު މުސާރައެއް ދިނީމަވެސް އެކަމަށް ޝުކުރުވެރިނުވެ ބޮޑާކަމައިގެން ކުރިޔަށްދާން، މިޤައުމުގައި ކިތަށްމީހުންބާ މިއުޅެނީ ދަތިހާލުގައި ދެންމަސައްކަތް ނުކޮށް ބުނާނީ މުސާރަ ކުޑަކަމުންނޭ ދެން އެނިމުނީ،

    10
  23. ފުލެޓުގަންނަން

    ކީއްކުރަން ހޯދާ ބޮޑު ލާރިގަނޑެއްބާ؟

  24. maldivies

    alhamdulillah for everything

  25. Juhaa

    ފައިސާއާ ހެދި ބޫތުކައިފައި ހުރި މީހަކު އިންސާފު ހޯދައިދޭ މީހެއްގެ މަގާމަށް ލީމާ ކިހިނެއްބާ ވާނީ؟

  26. Happy

    ކޮބާރާކަނި މަސް ކެވިއްޖެއެންނު! އިންސާފުގެ ވެރިޔާ!!

  27. ޙހހ

    މާޒީވެ ގޮސްފައިވާ ކަންތައްތައް ހޯދަން އުޅޭ ސަރުކާރު. މުސްތަގުބަލަށް ކަމެއް ނުކޮއްދެވޭ ސަރުކާރު ތިމާ ދުނިޔެއައށް އުފަން ވިމުގެ ކުރިން ވެރިކަންކުރި މީހުންގެ ފަތިފުށް ބަލަން އުޅޭ ސަރުކާރު މިހާރަށް އެއްވެސް ކަމެއް ކުރަންނޭގޭ ސަރުކާރު އެއީ ކޮންސަރުކާރެއް؟؟؟؟

  28. ހުސޭނުބޭ

    ދެއަހަރު ބައި ވަންދެން ފިނިކުރި ކޮޓަރިއެއްގައި ގޮނޑިއަށް ފޮޑިތަޅާލަތަޅާލަ އިންނަންޖެހޭ މީހަކަށް 37500 ރުފިޔާ ކުޑަވެގެން ތި އުޅެނީ ކިހާވަރަކަށް ބަނޑުކުކުރާތީވެބާ؟

  29. ހަހަ

    އިންތިގާލީ އިންސާފު އެހެން މީހަކައް ލިބޭނީ މިސޮރައް އިންސާފު ލިބިގެން ދޯ. 😂

  30. Anonymous

    އިތިޤާލީ އިންސާފުގެ ވެރިޔާއަށް ދަޢުލަތުގެ އެންމެ ބުރަކޮށް މަސައްކަތްކުރާ ފުލުހުންނާއި ސިފައިންނާއި، ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުންނާއި، ކަރެކްޝަން މީހުންނާއި އިމިގްރޭޝަން މީހުންގެ މަތީފަންތީގެ މީހުންގެ މުސާރައަށްވުރެ ވެސް ބޮޑު މުސާރައެއް ދިނުމުންވެސް އަދިވެސް އެމުސާރަ ކުޑަވެގެން ބޮޑާ ހޭކުމުން ދެން އިންސާފުހުރިވަރު ތިޔަހުރީ މެދުއުޑުގައި ފިޔަޖަހަޖަހާ. އިންސާފު މިހާރު ވިސްނޭ. އަމިއްލަ ސައިޒުވެސް ތިޔަވަނީ އޮޅިފައި. ދެން މުސާރައިގެ ވާހަކާގައި ދަޢުލަތުގެ ތަންތަން ކިޔާއިރު މަޖިލިސް ކިޔާކަށް ނުވާނެ. އެއީ ކަމެއްނުކޮށް ރައްޔިތުން ނިކަމެތިކޮށް މަޖާކުރާ މުސާރަ ނެގުމުގައި ހައްދުފަހަނައަޅާފައިވާ ޖައްބާރު ބައެއް.

  31. ބަކުރުބޭ

    ރަނގަޅު ވާހަކައެއް. އަހަރު ދުވަސް ވަންދެއް މަޖިލީހަށް ސަލާމް ބުނީމަވެސް 65000 ރުފިޔާ. މަޖިލީހު މެންބަރުން އަމިއްލައަށް މުސާރަ ކަނޑައަޅާނަމަ އެހެން މަގާމުތަކުގައި ތިބޭ މީހުންނަށްވެސް ރަނގަޅު ގޮތް އޮންނަންވާނެ

  32. މިތުރާ

    ދުނިޔޭގެ އެހެނިހެން ގައުމުތަކުގަވެސް ތި އޮފީސް ހުރޭ،އާއްމު ފަރުދަކް ތިއޮފީހުގެ ނަން ބުންނަސް މީހުން ޖެހިލުން ވާނެ، ދެރައް މޮޅެއް ނޯންނާނެ އެންމެ ފޯނުކޯލަކުން މަސްސަލަ ބެލޭނެ، ހިކިކަރުދާސް ކޮޅެއްގެ ރޯ ވާހާ ހަލު ވި ކޮށް، ތިއޮފީހުގެ ތިމީހާގެ މުސާރަ ބޮޑު ކުރަންނާ ލޭބަރުންގެ މުސާރަ ވެސް ބޮޑު ކޮއްދޭން ޖެހޭ މަހަކު 80000ރ