ފުލުހުން ތަޙްޤީޤު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކޮށްފިއެވެ.

މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ށ.ފުނަދޫ، ނިޔާމަ، މުޙައްމަދު ޖައިލަމް އިބްރާހީމް (21އ) އާއި ހއ.ހޯރަފުށި، ފިތުރޯނުގެ، ޢަދުނާން ޤާސިމް (47އ) އަދި ކ.ދިއްފުށި، އޮނުފީނިގެ، ޝަހީމް އަޙްމަދު (51އ) އެވެ.

ނަމަވެސް މި މީހުން ހޯދަމުން އަންނަނީ ކޮން މައްސަލަތަކަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ މި ތިން މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.