ސ. މީދޫން ކޮވިޑް-19 އަސް ފައްސިވި މީހަކު އިތުރު ފަރުވާ ދިނުމަށް ހިތަދޫ ކޮވިޑް ފެސިލިޓީ އަށް ގެންގޮސްފިއެވެ.

ހިތަދޫ ކޮވިޑް ފެސިލިޓީ އަށް އިތުރު ފަރުވާ ދިނުމަށް ގެންދިޔައީ އަންހެނެކެވެ. ހުޅުމީދޫ ހެލްތު ސެންޓަރުން ބުނީ ހިތަދޫ އަށް އެމީހާ ގެންދެވުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެމީހާ އަކީ ހައިރިސްކު މީހެއް ކަމަށް އެ ސެންޓަރުން ބުންޏެވެ.

އައްޑޫސިޓީ ގައި ކޮވިޑް ފެތުރިފައިވާ އިރު އެ އަތޮޅުގައި މިހާރު ތިން އިހަލެއް އެބަ އޮތެވެ. އޭގެ ތެރެއިން އޭވިއޭޝަން ކްލަސްޓަ އިން ކޮވިޑަށް ފައްސިވި 20 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓުން ކޮވިޑަށް ފައްސިވި 26 މީހުންގެ ތެރެއިން 24 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާދެނީ ދެ މީހަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހުންގެ ހާލުވެސް މިހާރު ރަނގަޅެވެ. އައްޑޫސިޓީ އިން މިހާތަނަށް 76 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 44 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.