މި އަހަރުގެެ ދެ ވަނަ ކުއާޓަރުގައި ހައުސިން ލޯންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް "ރަށްވެހި ފަތިސް"ގެ ނަމުގައި ކުރިއަށް ގެެންދާ ސިލްސިލާ ބައްދަލުުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، ރައްޔިިތުންނަށް އަތް ފޯރާފަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހައުސިން ލޯން ސްކީމްތައް ދޫކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މި އަހަރުުގެ ދެ ވަނަ ކުއާޓަރުގެ ތެރޭގައި މި ލޯން ސްކީމަށް ކުރިމަތިލުމުުގެ ފުރުސަތު ހުޅުވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިިސްޓަރު ވިދާޅުވީ މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ސްކީމެއް ކަމަށެވެ. އަދި މިި ސްކީމް ކުރިއަށް ގެންދާނީ ހާއްްސަކޮށް އަތޮޅުތަކަށް ހުޅުވާލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހައުސިން ލޯން ސްކީމެއް އެޗްޑީއެފްސީ މެދުވެރިކޮށް މިއަހަރުގެ ދެވަނަ ކުއާޓާގައި ފަށާނަން. ލޯނަށް އެޕްލައިކުރަން ހުޅުވާލާނަން އިރާދަކުރެއްވިއްޔާ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަޅުގަނޑުމެން ކުރިއަށްގެންދާ ސްކީމެއް. ޚާއްސަކޮށް އަތޮޅުތަކަށް ހުޅުވާލައިގެން ގެންދާ އެއްޗެއް" އަސްލަމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެސް ވަނީ ދާދި ފަހުން ރަށްރަށުގެ ބޯހިޔާވަހިކަން އިތުރު ކުރަން 500 މިލިއަން ރުފިޔާގެ ލުއި ލޯން ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އެންމެ ފަހުން ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ 7،000 ފްލެޓްގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަހާނާޔަގީން

    އަވާމެންދުރޭ ދެއްކީ މިކަމެކީ ލޯކަލްގެ ވޯޓް؟؟ މިނާގާބިލް މަކަރުވެރި އަސްލަންޓޭ އަކީ ހަމަމަކަރުވެރިއެއ؟؟

  2. އަނގަ ރީތިމީހާ

    ތިޔަކަން ސަރުތެއް ހަމައެއް ނުވާނެ ސަރުކާރު ބޮޑުން ނޫނީީ

  3. ދަރަނި ދަންތުރަ

    މިވީހާތަނަށް ރުނޑިކާޅަށް ދޮންކޭލެއްނުކެވޭ ، މެކުނު ފުމުނަސް ގާހަކަޔަކަށް ނުފުމެވޭނެ އަސްލަމް މޮޔަފުޅުވީތޯ ؟