ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓެއް ގާއިމު ކުރުމަށް 7.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިންޑިއާގެ އެމްބަސީން ބުނެފިއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގައި ކަންނެލި އަދި އެހެނިހެން މަސް ގަނެ ޕްރޮސެސް ކުރުމުގެ ގާބިލް، ކުޑަ ސްކޭލް ގޭދޮށު މަސް ޕްލާންޓެއް ގާއިމު ކުރެވޭނެ ކަމަށެވެ. މި ޕްލާންޓްގައި 20 ޓަނުގެ ގަނޑުފެން އުފެއްދުމުގެ ކެޕޭސިޓީގެ އިތުރުން 10 ޓަނުގެ މަސް ސްޓޮކް ކުރެވޭނެ ފިނި ކޮޓަރިއެއް ހުންނާނެ ކަމަށް ވެސް އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވިއެވެ.
އަދި މި ޕްލާންޓްގައި އެކި ކަހަލަ މަސް ކިރައި، ކަނޑާ ސާފުކޮށް ފިނިކޮށް، ވެކިއުމްކޮށް، ބަންދުކޮށް ކޮލިޓީ ޓެސްޓްކޮށް ޕްރޮސެސް ކުރުމަށް ބޭނުންވާ ފުރިހަމަ އާލާތްތައް ހުންނާނެ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.
ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖެއިޝަންކަރު ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ދަތުރުގައެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ސަބަބުން ދިވެހި މަސްވެރިންނަށް ހެޔޮ އަގުގައި ހިދުމަތްތައް ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެ މަހުގެ އުފެއްދުންތަކުގެ ޕޯޓްފޯލިއޯ އަދި ވެލިއު އިތުރުވެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ އަދަދު އިތުރުވެ ޕްލާންޓް ގާއިމު ކުރެވޭ ރަށާއި ކައިރީގައި ހުންނަ ރަށްތަކުގެ އިގްތިސާދު ރަނގަޅުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުން ގަބޫލު ކުރެއެވެ.
އިންޑިއާ ހައި ކޮމިޝަނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އައްޑޫ ސީޓީ ކައުންސިލްގެ މެދުގައި ޑިސެމްބަރު 2019 ގައި ސޮއިކުރި އެއްބަސްވުންތަކުގެ ދަށުން އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ އަދި ހުޅުދޫގައި 23 މިލިއަން ރުފިޔާ އަށް މަސް ޕްރޮސެސިން ޕްލާންޓްތައް ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީގެއިތުރުން އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ފެސިލިޓީތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ތިރަށުގަ ވެއްޖެ އައިސް ޕްލާްންޓެއްވެސް ވެއްޖެ އަޅާފަ.
މިހާރު ހީވާކަހަލަ ރައީސް އޮފީހަކީ އިންޑިއާ އެމްބަސީހެން ތިޔަ ދައްކަނީ ހުވަފެން ލޯކަލް އިންތިހާބައް އިންޑިއާގައި މށގިނަވާނެ ތިޔަ ޙިދުމައް ބޭނުންވާ މީހުން ކީއްވެގެން ތޯ އިންޑިއާގެ ރައްޔިތުންނައް ނުކޮއްދެވެނީ
ކެންޕެއިން މުޑި ޖަހަނީ ދޯ 2008 ެއެއް ފަހަޜަ 14 އެމް އޯ އެެއްގަ ސޮއި ވެސް ކުރި ވީ ކަމެއް ހަރާމް ހަރާމް