ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 10 ސްކޫލެއްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކުލާހަށް އެހީ ފޯރުކޮށްދީފިއެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ރާއްޖޭގެ 10 ސްކޫލެއްގައި ސެން ކްލާސްތަކުގައި ކުދިންނަށް ކިޔަވައި ދިނުމަށް ބޭނުންވާ ތަކެތި މިއަދު ވަނީ ހަދިޔާކޮށްފައެވެ. މިއީ ކުދިންގެ ގާބިލުކަމާއި އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބީީއެމްއެލް އިން ވިދާޅުވިއެވެ.

މިގޮތުން މި ވަސީލަތްތައް ފޯރުކޮށްދީފައި ވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. އަަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ.މަތިވެރި ސްކޫލު، އއ.ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާ އަށެވެ. ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 400 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފާއިިތުވި އަހަރުގެ ތެރޭގައި ވެސް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 10 ސްކޫލްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއަ ވެސް ވަނީ ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެޔޮޅު

    ސްޓެލްކޯގެ މެންޑޭޓުގައި ފުލެޓް އެޅުން ނުހިނޭއިރު ބީއެމްއެލްގެ މެންޑޭޓްގައި ސްކޫލުތައް ހިންގުންހިމެނޭބާ؟؟

  2. ހެހެހެ

    ކޮއްކޮމެނޭ ފްލެޓް ވާހަކަ ނުދައްކާ އެބޭފުޅާ އަށް ކީރިތި ކުރެވިދާނެ