ފުލުހުން ބަލަމުން އަންނަ މަކަރާ ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކުު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފިއެވެ.

ފުލުހުން ފޮޓޯ އާންމުކޮށް ތަހުގީގަށް ހާޒިރުވުމަށް އަންގާފައި ވަނީ މައުރޫފް އަލީ، ނާދ / ބ. އޭދަފުށި (37އ) އެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިގެން ބަލަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޭނާ ހޯދުމަށް އިއުލާން ކުރާ ކަމަށެވެ.

އެމީހާއާ ގުޅޭ ގޮތުން ބަލަމުން އަންނަނީ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށާއި، މިިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ބޭނުންވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރު ފަހު ދޭއް ޖަހާއިރަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    ބޮޑު ވަގެއް ދޯ.ހެހެހެހެ

  2. UH

    މިއީ މަގޭ ގެ ކަންމަތީގަ އުޅޭ ގޮލައެއް!