އިންޑިއާ އަކީ މައްކާ ނުވަތަ ސައުދީ އަރަބިއްޔާ ނޫންކަމަށް ވިދާޅުވެ ރަައްޔިތުން މަޖިލީހުގެ ޕީޕީއެމް ޕީޖީ ލީޑަރު އަހްމަދު ނިހާން އިންޑިއާ އަށް ފާޑުވިދާޅުވެއްޖެއެވެ.

ނިހާން އިންޑިއާ އަށް ފާޑުވިދާޅުވީ ހަގަޑިއިރު ވަންދެން އިންޑިއާ އެއާޕޯޓެއްގައި ރޭ ހުންނަން ޖެހިވަޑައިގެންނެވުމުން އެކަމާއި ގުޅިގެން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނިހާން ވިދާޅުވީ އިންޑިއާ އަކީ މައްކާ ނުވަތަ ސައުދީ އަރަބިއްޔާ އަށް ނުވާތީ އިންޑިއާ އަކީ ދާން ބޭނުންވާ ގައުމެއް ނޫން ކަމަށެވެ. މައްކާ އަށް ނުވެއްދި ނަމަ އެކަމާއި ދެރަވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އިންޑިއާ އަށް ވަޑައިގަންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ސިއްހީ ފަރުވާ ލިބެނީ ހަމައެކަނި އިންޑިއާ އިން ނޫންކަމަށެވެ.

"އަޅުގަނޑު އިންޑިއާ ދާން ޖެހޭ މަގުބޫލް ސަބަބެއް ނެތް. އަޅުގަނޑު ވަނުން މަނާކުރީ މައްކާ ނޫނީ ސައުދީ އަރަބިއްޔާ އަކަށް ނޫން. އެއިން ތަނަކަށް ވަނުން މަނާކުރިނަމަ އަޅުގަނޑު ހިތާމަކޮށް އެކަމާ މުޅި ދުވަހު ވެސް ރޯނަން." ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އިންޑިއާ ވަނުމުގައި މީގެ ކުރިން ވެސް ބައެއް ދިވެހިންނަށް ދަތިތައް ދިމާވެފައިވާ ކަމުގެ މައުލޫމާތު މިހާރު ލިބިވަޑައިގަންނަވަމުންދާ ކަމަށެވެ.

"އެއްވެސް މަގުބޫލް ސަބަބެއް ނެތި ބައެއް ދިވެހިންނަށް މީގެ ކުރިން ވެސް މިފަދަ ކަންކަން ދިމާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ." ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. އެޑަމް

  ހައްހައްހާ އެހެންވެ ދޯ ދެއިރު ދެދަޅައަށް ގޮސް މައްކާއާ މަދީނާގަ ގެފުޅުގަ ބޮސްދޭން ތިއޮންނަނީ...

  • ސ

   .ހެޔޮނުވާނެ ???

 2. ޒަކި

  ދެންކީއްކުރަން ތިދިޔައީ؟ ޙެހެހެހެހެހެ

 3. ގާސިމް

  ސައުދީއަރަބިއްޔާ އަށް ދިޔަސް ވާނީ ހަމަ ތި ވަރު.? ދެންލަލަލަށް

  • Anonymous

   ތިއީ މުސްލިމުންތަ؟ އެއް އަޚަކު އަނެއް އަޚަކަށް ހަމްދަރުދީނުވާ ނުލަފާ ގޮތްކުޑަބަޔަކަށް ދިވެހިން ހެދީ ކެނެރީ ނަޝީދު. އޭނަގެ ހުރި ޝައިޠާނީ ގޮތްގަނޑު އޭނަވަށައިގެން އެނބުރޭ ހުރިހާ އެއްޗެތީނަގެ ތިހުންނަނަނީ

   • ބަލާ

    އަޅެތިއީ މުސްލިމެއްތަ؟ މާތްﷲ ހެއްދެވި އިންސާނުންނާއި ދިމާއަށް ތިއެއްޗެއްސޭ ތިކިޔަނީ

    • ?

     .އާދޯ ގުދަށްގޮވަނީ

 4. ޤަމީރާ

  ނިހާނުމެންނަށް ދުނިޔޭގެ ކޮންމެ ތާކަށް ބޭހަަށް ދެވުނަސް މަމެން ނިކަމެތިންނަށް ދެވޭނީ އެންމެ ބޮޑު ވަރަކަށް ވެސް އިންޑިޔާ އާ ހަމައަށް.މަމެންނަށް ކިހާ ދެރަވާނެތަ؟

 5. ޤާޟީ

  ތިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން!

 6. ކަޑަ

  މީހަކުވާ ކަޑަވެއްޖެ.
  ތިއުޅޭ ވައްތަރުން އަދި ސައުދީއަށް ނާރުވާތަންވެސް ފެންނާނެ.

 7. ޢިދޫ

  ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް މިއާތުންގެ، ހާދަ ދެރައޭ

 8. ޢަސްލު

  އަސްލުދާނެކަމެއްނެއް އިންޑިޔާ އަކަށް ވ ފީކަޅާ ވިސްނުމެއް ގެ ބައެއް އިންޑިއާ މީހުންނަކީ

 9. ޕަކާސް

  ހާދަ ވަރަކަށް ކޯފާވީ؟؟ ޓޭކް އަ ޗިލް ޕިލް ބްރޯ!!!

 10. ބަލާމީހާ

  ޢިންޑިއާ އަކީ މާޒީ... ދާނެކަމެއްނެތް.

 11. ޙިޔަލަ

  ކަޑަވާނެ

 12. ޙަސަން

  ދެންވާނެބާ އަދިވެސް ދިވެހިންގެ އެއަރޕޯޓް އޮތީ އެކިޔާ ޖީ އެމް އާރު ގެ އިސްތިޢުމާރުގެ ދަށުގައި ކަމަށް.

 13. ސިއްދީޤް

  ފަތްކެޔޮ ބުރޯ އަށް އެއްޗެއްވިސްނުނުކަމަށް ހީކުރަން. މީނަ ކިޔެވި މަކުތަބެއް ސްކޫލެއް މިޤައުުމަކުނެތް އެކަމު ޕީޖީ ލީޑަރުކަން ލިބުމުން ތިމާގެ ސައިޒް އޮޅުނީ. މިމީހުންގެ ސަބަބުން ނިކަމެތި ރައްޔިތުންނަށް ހުރިހާގެއްލުމެއް. މިހާރުވެސް މީނައެބުނީ މީނަދެން އިންޑިޔާ އަކަށްނުދާނަމޭ އެހެން ޤައުމް ތަކަށޭދާނީ. ޢެކަމު ނިކަމެތި ރައްޔިތުންނަށް އެގޮތައް އެހެންޤައުމުތަކަށް ދާނެހާތަނަވަސްކަމެއް ނުހުންނަކަށް ފަތްްކެޔޮ ބުރޯއަށްހަމަ ނޭގެނީތޯ

 14. ްްްްޤައުމު

  ބިނާކުރެވެނި ފާޑު ކިޔަން ދިވެހިނަށް ނޭގެނީބާ!
  ނިހާންއަކީ ދިވެހި ރައްޔަތެކޭ...ދިވެސަކަށް ކމެއަދިމާވީމަ މި މީހުނަށް މިހިރަ ވާގޮތެއް...ބަބަލަެމްޑީޕީމީހުނަށް ވަނީވެސް ދިވެއްސަކަށްވެފައޭ.
  މީ އިންޑިއާއިން ރާއްޖެއަށް ކުރާ ޖެއްސުން.
  ޜާއްޖެއިނ މިކަން މިގޮތަށަދޫނުކުރާނެކަން އިންޑިއާ އަށްއަންގަދޭނެ ވަގުތު މި ޖެހެނީ.

  • Anonymous

   އަހަރުން ނުބަލަން ނިހާނަކީ ދިިވެއްސެއް ކަމަށް. އިންޑިޔާެިން އޭނައަށް ކޮށްލިވަރު އަސްލު ކުޑައީ

 15. ސިނެކް

  އެއްމެން ނުހިފަހައްޓާ ތިވާނީ ކޮށްމެވެސް ގޯހެއް ހެދުނޭކަމަށް

 16. ބހގގހ

  ތިއީ މުސްލިމުންތަ؟ އެއް އަޚަކު އަނެއް އަޚަކަށް ހަމްދަރުދީނުވާ ނުލަފާ ގޮތްކުޑަބަޔަކަށް ދިވެހިން ހެދީ ކެނެރީ ނަޝީދު. އޭނަގެ ހުރި ޝައިޠާނީ ގޮތްގަނޑު އޭނަވަށައިގެން އެނބުރޭ ހުރިހާ އެއްޗެތީނަގެ ތިހުންނަނަނީ

  • ޙާޝް

   ޢަޅެ ތީ މުސްލިމެއްތަ އެހެންވިއްޔާ. މުސްލިމަކާ ދިމާއަށް އަދި ނުވިތާކަށް ކުރިން ރާއްޖޭގެ ރައީސްކަން ކޮށްފަ ހުރި މީހަކާ ދިމާއަށް ހުތުރު އެއްޗެހިގޮވާ ޝައިތާނަކަށް ތިހަދަނީ. ތީވަރަށް ލަފާކަމެއް. ޙޫމްމްމް

   • ބުނެބަލަ

    އަޅެ ބުނެބަލަ ޖެސޫޓްސް ނުވަތަ ޖެސުއެޓްސް (ކްރިސްޓިއަން މިޝަނަރީ މަޝްހޫރު ގްރޫޕެއް) މިރާއްޖެއަށް އައިސް މަސައްކަތްކުރުމަށް ގޮވާލަނީވެސް އިސްލާމަކަށްވެ ހުރެތަ؟؟ ޑެންމާރކުގަ އޭނަ އެދެއްކި ވާހަކަތަކުގެ ފުލް ޓެކްސްޓު ބައްލަވާލައްވާ.. ގޫގްލް ކުރީމާ ފެންނާނެ.. ހަމަގައިމު އެދެއްކި ކުފުރުގެ ވާހަކަތަކަށް ތައުބާވާތަނެއް ނުފެނޭ..

  • hasana

   ކަލޭ މުސްލިމަކަށް ވީ މަގޭ ނަށީދު އާ އަޅާގަނެގެން ތި އުޅެނީ އިންޑިޔާ ކީއްކުރަން އަދި ސައިނާ އެއްވެސް ވަގުން ނާރުވާނެ

  • Anonymous

   ހަޖަމްކޮށްލާ. ކަލޭތީ ކުކުޅު ގުޔެއްގެ ބުރަދަން ހުރި މީހެއްވެސް ނޫން މާ ވެފަ ތި ކޮމެންޓްކުރަނީ

   • މީ

    ބަލަ ފާފާ ވެރި ވެދާނެއޭ ވަރަށް ބޮޑަށް ތިހެންކިޔަނިކޮއް. ޖަޖް ކުރައްވަވާނީ މާތްﷲ.

 17. ނުރަބޯ

  އެއީ އެމީހުންގެ ޕަޕެޓަކަށް ނިހާން ނުވާތީ. އެމީހުންގެ ޕަޕެޓް ނަމްބަރ-1 އެއީ ރީނދޫ ނަޝީދު. އޭނާގެ ވެރިކަމުގައި އޭނާއަށް ބައި އަޅާގޮތަށް ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިއާއަށް ދީގެން އެހިންގި ނުބައި ޖަރީމާއިން އިންޑިއާ އަށްލިބުނު ކޮޅެއް ނެތްހާބޮޑު ފައިދާގަނޑު އަދިވެސް އެމީހުން ހަނދާނުން ފިލައިގެނެއްނުދޭ، ދެން މިސަރުކާރުން އެމީހުންނަށް އެއަރޕޯޓް ނުދިނުމުން މިސަރުކާރާ ޖޭވެ، މި ސަރުކާރު ވައްޓާލަން އެކި ގޮތްގޮތުން މަސައްކަތްކޮށް އެކަން ނުވުމުން ސިފައިންފޮނުވައިގެން މިގައުމަށް އަރައިގަންނަން އުޅެނިކޮށް ޗައިނާއިން ދިން ހޫނު އިންޒާރަކުން ބިރުން ސިހި ރޭވުން ބޮއްސުންލީއެވެ. އެހެންކަމުން މިސަރުކާރަށް ނިސްބަތްވާ އެންމެނާ މެދުވެސް އިންޑިއާއިން ގެންގުޅޭނީ ހަމަ އެކަހަލަ ޒާތީގޮތެކެވެ.

 18. ކެޔޮޅު

  އިންޑިިއާ މިއީ ޑިމޮކްރަސީގެ ބައްޕަޔޯ ސާފުކޮއްހުރި ޕާލަމެންޓްރީމެންބަރެއް އެޤައުމައް ނާރުވާ ޓެރެރިޒަމްގެ ކުއްސާބިތުވެ ޖަލައްލެވި އަދި ޖަލުންފިލައިގެންގޮސްއުޅޭ ޤައިދީއަކު ގޮވައިގެން ސައްލާކޮއްހަދާއިރު ކޮބާތަ ޑިމޮކްރަސީ ކޮބާތަ ލަދުހަޔާތް ދުވާލަކު 500 ކުޑަކުދިން ރޭޕްކުރާމައްސަލަ ޔާ ފުރަތަމަ އުޅެބަލަ

 19. ޢަލީ

  ހެހޭ!! ބޭރުކޮށްލީމަ ދޯ ތިކަން ތި އެނގުނީ

 20. ޔާމީން

  ޢަދި ސައުދީން ވެސް ބޭރު ކުރާނެ ދެން ހޭބަލިވެގެންތަ އިންޑިޔާ އަށް ދިޔައީ

 21. ނާށިގަނޑު

  މިމީހުން ހިތްހަމަ ނުޖެހޭ ކަމެއް ވީމަ ބަލާބަލަ ވާ ވަރު. މުސްކުޅި ބޭބެއަކު ރޯދަމަސްވީމަ ގެއަށް ބަދަލު ކޮށްބޭށޭ ގޮވައި އާދޭސް ކުރާއިރުވެސް ހަމަ އެއްވެސް އަސަރެއް ނުކޮށް އެ ތިތިބެނީ އަޅާވެސް ނުލާ. ﷲއީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ.

 22. ރޮކް

  ނިހާނު ކިތައް އުމުރާ ކިތައް ހައްޖު ވެއްޖެއިންތޯ؟ އަގުބޮޑެތިކާރާއި ގަޑިއާ މިލިއަން ރުފިޔާގެ ފްލެޓް ގަންނަން ފައިސާ ހުންނައިރު މިފަދަ ބަރަކާތްތެރި ރަމަލޯން މަހުގެ ފަހު 10 ގައި އުމްރާއެއް ކޮށްލަންވެސް ނުދާތީ ހަމަ ހައިރާންވޭ..

 23. މިލިޓަރީ

  އިންޑިޔާ މިހާރު ކަމަކުނުދޭ ދިވެހިން އެގައުމަ ނުދިޔައުމަ އެދެން

 24. ކެކެކެ

  މަވެސް އިންޑިޔާއަށް ދަނީ މައްކާ ނޫނީ ސައުދީ އަރަބިޔާކަމަކަށް ނޫން! ޢެއިން ތަނަކަށް ނޭރުވި ނަމަބުނާނެ އެއީ ސުވަރުގެ އެއްނޫނޭ، ތީ ތިކަހަލަ މީހުންގެ ވައްތަރު، އައްޗި ހުތް މޭބިސްކަދުރު އުތާ.

 25. އދ

  އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ގޯނާކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ

 26. ނަޒީބު

  ނިހާނޫ. އިމިގުރޭޝަން މީހުންނާ ވާހަކަ ދެއްކެވީ އަނެއްކާ ކޮން ބަހަކުންތޯ؟ ޝައްކުވާތީ އަހާލީ.

 27. ބުއްޅަަބޭ

  އިންޑިޔާ ބޮއިކޮޓްކުރަންވީ، ބުއްޅަބޭ އާއި ބުއްޅަބޭގެ އައުވާނުން އިންޑިޔާއަށްފޮނުވާފަ ބަހަށްޓާ!

 28. ނިހައްޓޭ

  އަލާ ފިލާފަ ހުންނާނީ.. މިނާ ނާޅިން މިނާނެކަން މިސޮރު ހަނދާނެއް ނުހުރޭ..

 29. މަ މިއު މަ

  މައްކާ އެއީ މުހިއްމު ތަނެއް. ސައުދީ އަކީ މުހިއްމު ތަނެއް ނޫން.

 30. ކޯދޮންނަމީހާ

  ނިހާންސޮރު ރަގަޅު. ކިހާކެތްތެރި. ހަގަޑިއިރު އެތަ އިދެފައެއީ އެންމެމީހެއްގެ މޫނަށްވެސް ކޯނުދޮވެ. ސާބަސް ނިހާނު އަށް.

 31. ފަޤީރު ކަލޯ!

  މިކުޑަކުޑަ ރާއްޖޭގެ ކުރިމަތީގައި އިންޑިޔާ ގޮތްހުސްވެއްޖެކަމުގެ ސިނގުނަލް ތައް ދޭންފެށިތާ ދުވަސްތަކެއްވެއްޖެ! ޖޫއެމް އާރުގެ މަސްލާގައި ދިވެހިންނަށް ވިސާނުދީ ޖެއްސި ވައްތަރުތައް އަދިވެސް ލޮލަށް ފެންނަކަހަލަ! ހިލަޔާއި ހިލަވެލި ދަގަނޑު އަދި ފިޔައި އަލުވި ފަދަ ތަކެތި ނުދީ ހިފެހެއްޓި ގޮތް ހަނދާނުގައި އެބަހުރި! ޗައިނާއިން ހިލައާއި ހިލަވެއްޔާއި ދަގަނޑު މިސުރުން ފިޔައި އަލުވި އެތެރެ ކުރަންފެށީމާ، ޖިގުރީދޯސްތު ހެދިގެން އަނެއްކާ އެތަކެތި ދޭންފެށީ! ދެން ﷲ އިރާދަ ކުރެއްވިއްޔާ ސިއްޙީ ކަންތަކަށް އަތްބޭނުން މުޅިން ނިމުނީ އެހެންވެ އެކަމުގެ ރުޅީގައި އެ ދުޅަވެ ފުފެނީ! ޔާﷲ އިންޑިޔާގެ ވަކިތަކުން ދިވެހި އިޤްތިޞާދު ސަލާމަތް ކޮށްދެއްވާނދޭވެ! އާމީން!

 32. އަޖުވަދު

  ހެހެހެހެ ނިހާންބެ ތިކަން ތިހެން އޮއްވާ ދޯ ދިޔައީ ދެން ކާމިޔާބު ނުވާމަ އަބަދުވެސް ތިގްރޫޕް ބޭނުން ކުރާ ޖުަމްލަ އެއް ތީ ހެހެހެހެ

 33. އައްޓަމަސް

  ސާބަސްނުޖެހޭނެ އިންޑިޔާއަށް އަޅުދާސްކޮށް ކުރުނީސް ކުރާކަށް، ދިވެހިންގެބަޔަކު މާއިންޑިޔާވެގަނެގެން އުޅެނީ، މީމިނވަން ގަވްމެއް ހަމަ ކެއްސުންވަރެއް އަންނައިރަށް ހިލަ، ކިނބިއްސެއް އެޅޭއިރަށް ފިޔާ، ރޯގާޖެހިލާއިރަށްއަލުވި /ބިސް ހިފަހަޢްޓާފަ، މިކޮމެންޓްކިޔާފައި ބަޔަކުގެ ފަޔަށްހިނި އަރާނެކަންވެސް އެނގޭ ނަމަވެސް ހަގީގަތަކީ އިންޑިޔާގެންޅެނީ ކައިރި ގަވްމުތަކަށް ބިރުދައްކައިގެން އަޅުވެތި ކުރުމުގެ ޕްލޭނެއްކަން، އިންޑިޔާގެ ނެތޭ އުރައްޕެއް، ގަވްމުގެމަގުތައްބަލާ، ކޮބާ ފާޚާނާ، ލިބޭހާލާރި ނިއުކުލިއަރއަށާއި، ކަރަޕްޝަންއަސް ހުސްވަނީ ގަވްމު ތަރައްގީވަނީ ފިނިހަކުގެ ދުވެލީގައި، ސާބަސް ނިހާނު