ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރި މައްސަލަ ފްލެޓް ކޮމިޓީއިން ބަލަން ފަށައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ފްލެޓް ލިބުނު މީހުންނާއި ފްލެޓް ލިބުނު ކަމުގެ ލިޔުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހަވާލު ކޮށްފައިވާ ކަމަށެވެ. އޭރު ރިޔާސީ އިންތިޚާބު ނިމި މި ސަރުކާރު ވެރިކަމަށް ހޮވިފައިވާ ކަމަށާއި ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އެފަދަ ލިޔުންތަކެއް ހަވާލުކުރުމަކީ ހެޔޮ ނިޔަތުގައި ކުރިކަމެއްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ ލިޔުންތައް ދޫކުރީ ޤާނާއި އެއްގޮތަށް ރަނގަޅު ނިޔަތުގައިތޯ ބެލުމުގެ މަސައްކަތް މިހާރު ފްލެޓް ކޮމިޓީ އިން ކުރަމުންދާ ކަމަށާ، އެ މަސައްކަތް އެ ކޮމިޓީ އިން ކުރިއަށް ގެންދާނީ ތަހުގީގު އިދާރާކާއި ގުޅިގެން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެެ.

މީގެ އިތުރުން ފްލެޓް ލިބުނީ ހައްގުވެރި ފަާތްތަކަށްތޯ ޔަގީންކުރުމުގެ މަސައްކަތް ކުރި އިރު 1 ކޮޓަރގެ ފްލެޓް ނެތްކަން ނެނގުނީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަސްލަމް ވިދާޅުވީ އޭރު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ދަނީ ކަމަށާއި، އިވަލުއޭޝަން މަރުހަލާ ނުނިމޭތީ އެކަން އޭރު ސާފު ނުވާ ކަމަށެވެ.

އެހެންނަމަވެސް 1 ކޮޓަރީގެ މަސައްކަތް ހަވާލު ކުރި 20 ފަރާތުގެ ތެރެއިން 7 ކުންފުންނާއި އެކު ވެފައިވާ އެއްބަސްވުން އަދިވެސް އުވާލާފައި ނުވާ ކަމަށާއި، އެ ުކުންފުނިތަކުގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދަނީ އެންމެ 3 ކުންފުނިން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އެއްކޮޓަރީގެ އިވަލުއޭޓް ކުރުުމުގެ މަރުހަލާގައި ކީއްވެހޭ ނޭނގިވަނީ. 7 ކުންފުންޏެއްގެ މަސައްކަތް ޓަރމިނޭޓް ނުކޮށް އެބަވޭ. ފްލެޓް އިވަލުއޭޝަން ނިމުމާއި ހަމައަށް އައި އިރު ހުރި ފްލެޓް، ފްލެޓް ނިމިދާނެ ކަމުގެ ޔަޤީންކަމެއް ނެތް. އެހެންވީމަ މުސްތަގްބަލްގައި ކުރިއަށް ހުރި ތަންތަނުގައި 1 ކޮޓަރީގެ ފްލެޓް ނެތް ނަމަ އެ ކަން ހާމަކުރުން އެއީ ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ." އަސްލަމް ވިދާޅުވިއެވެެ.

އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން 2500 ހައުސިންގ ޔުނިޓެއްގެވެސް ވަގުތީ ލިސްޓު ކުރީގެ ސަރުކާރުން 2018 ވަނަ އަހަރު އާއްމުކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ފްލެޓްތަކަކީ ވުޖޫދުގައިވެސް ނެތް ކަމަށް ބުނެފައެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އިއުލާނު ކުރި "ހިޔާ" ފްލެޓު މަޝްރޫޢުގެ އެއް ކޮޓަރީގެ ފުލެޓުތައް ނެތް ކަމުގައި ބުނެ، 1 ކޮޓަރީގެ ކޮޓަރިތަކަށް އިއުލާނުކުރި ކެޓަގަރީތައް ބާޠިލުކޮށް ފުލެޓު ނުދިނުމަށް ނިންމުމުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސަރުކާރުން ކުރި އިއުލާނުގައި އެއް ކޮޓަރީގެ ފްލެޓު ދިނުމަށް ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތަކުން ބިނާކުރާ ޓަވަރުތަކުގައި ހުރި އެއް ކޮޓަރީގެ ފްލެޓު ގަތުމަށްފަހު ކުއްޔަށް ދިނުމަށް ކަމަށެވެ. އަދި ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓުތަކާ ބެހޭ މައުލޫމާތު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދައުލަތުގެ ކުންފުނިން އަޅަމުންދާ ފުލެޓުތަކުގެ ތެރެއިން ސަރުކާރަށް ފުލެޓު ގަންނަން ލިބެންހުރީ، އެމްޑަބްލިއުއެސްސީން ބިނާކުރަމުންދާ ފްލެޓުތައް ކަމުގައި އެ އިއުލާނުގައި ބުނެފައިވެއެވެ. އެތަނުންވެސް ލިބެންހުރީ 36 ފުލެޓު ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ޕުޗުސް

    ހޫން. ތި މައްސަލަ ބަލަބަލަ ހުރޭ. އެއްވެސް ކަމެއް ނުވާނެ. ކޮރަޕްޓް އެންމެންވެސް.

    74
    • ބޭޒާރު

      ބެލި ވަރަކަށް ވާނީ ބޭޒާރު. އަސްލު ފްލެޓް ދޮންބެއަކީ ޔާމީން. ހުޅުމާލޭގައި 7000 ފްލެޓްގެ ސޯޝަލް ހައުސިންގ ޓަވަރުތައް ހަދައިފި. މިއަދު ތިޔަ ވިއްކަން އިއުލާންކުރި 1300 ފްލެޓް އަޅައިފި. ސަރުކާރު ކުންފުނިތަކަށް ދީގެން އެތައް ފްލެޓެއް އަޅައިފި. ހުރިހާ ފްލެޓެއް އެއްކުރީމާ 15 ހާސް ފްލެޓަށްވުރެ ހުޅުމާލޭގައި އެޅި ފްލެޓް ގިނަވާނެ. ބޮޑެތި އިމާރާތްތައް އެހުރީ ފެންނަން. ނުވިތާކަށް ރަށްރަށުގައި އެތައް ފްލެޓެއް އަޅައިފި. ކަލެއާ ކަލޭގެ ނޫފަންނަ ފްލެޓް ދޮންބެއަށް ޖެހިފައި ތިއޮތީ އަސްލު ޙަޤީޤީ ފްލެޓް ދޮންބޭބެ އަޅައިދިން ފްލެޓް މީހުންނަށް ދޭން. އެކަންވެސް ކުރަން ނޭގިގެން ތިއުޅެނީ.

      52
      1
    • Anonymous

      ވެރިކަން ދޫކޮށްލާފަ ފިލާނެ.ގޮތެއް ހޯދަން އުޅުމާ ވައްތަރުވަނީ. ރައްޔިތުން ރަތަށް އަރާފަ ތިބިވަރު އަދިވެސް ކުޑަވެގެން ތިތެޅެނީ.

      12
    • Anonymous

      ކުށެއް ކުރީތަ؟ ބަލަ މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެއޭ. ސޯލިހަކީ ސޮހޮލެއް. ގަޅިއެއް. ދެން ތިބީ ތިކަހަލަ ފޭކު އުކުޅުޖައްސާ ޗޯރުން.

      11
    • ހހހހ

      ކުށެއް ކުރީތަ؟ ބަލަ މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެއޭ. ސޯލިހަކީ ސޮހޮލެއް. ގަޅިއެއް. ދެން ތިބީ ތިކަހަލަ ފޭކު އުކުޅުޖައްސާ ޗޯރުން.

      11
    • mmmm

      ކުށެއް ކުރީތަ؟ ބަލަ މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެއޭ. ސޯލިހަކީ ސޮހޮލެއް. ގަޅިއެއް. ދެން ތިބީ ތިކަހަލަ ފޭކު އުކުޅުޖައްސާ ޗޯރުން.

      10
  2. Anonymous

    ކަލޭމެންގެ ބަލާވެރިކަމާހެދި މިގައުމުގަ އުޅެވޭކަށްނެ ތް،

    88
    3
  3. ހަގީގަތް

    ކުރީސަރުކާރުގެ ރަނގަޅުކަންތަކާއި ގޯސްކަންތަކުގެ ވާހަކަދައްކަން ރައްޔިތުންހޮވި ކަމެއްްނުވާސަރުކާރެއްމީ

    68
    1
  4. ޟމ

    އެހެންވީމަ އިންތިޚާބުގެ ބޭއްވުމުގެ 1 އަހަރު ކުރިން ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓާލަންޖެހޭ ގޮތަށް ޤާނޫނެއް ހަދަންވީ ނޫންތޯ؟

    67
    1
  5. ސޮގަރު

    އޮޅުވާލަން ނޫޅޭ، ކަލާމެން ވުޖޫދުގަނެތްތަނެކޭ ކިޔާގެން ރައްޔިތުންނަށް އޮޅުވާލައިގެން އުޅުނުކަން ފަޅާއެރީމަ ތިއުޅެނީ.

    73
    1
  6. ދިވެހިރައްޔިތުން

    ފްލެޓް ލިބުނުކަމުގެ ލިޔުން ލިބި އެމް.ޑީ.ޕީ ސަރުކާރުން ފުލެޓް އަތުލި މައްސަލަ ސަރުކާރަށް ހުށަހަޅައި ދިނުމަށް އެދި ޕީ.ޕީ.އެމް އާއި ޕީ.އެ.ސީ އަށް ގޮވާލަން.

    65
    1
  7. ސލ

    އަސްލަމް އިސް ތިއުފާ ދެއްވުމަށް ގޮވާލަމެވެ ފްލެޓް މައްސަލަ ހައްލުކުރަން ޖެހޭނީ އަމާނާ ތތތ ތްތ ތެރިކަމާއި އެކު
    ގައެވެ އެކަން މިސަރުކާރުގައި ނެތ ތެވެ

    59
  8. ޤައްދާރު

    މިސަރުކާރުން ފުލެޓް ދިން ހުރިހާ މީހުން މައްސަލަ ބަލައި ދިނުމަށް އެދި ގޮވާލަން

    59
    1
  9. ވިސްނާލުމަށް އެދެމޭ

    ސަރުކާރު ބަދަލުވުމުގެ މަރުހަލާގަ ސަރުކާރުން ނިންމި އެއްވެސްކަމެ ރަގަޅުނުވާނެކަމަށްވަންޏާ ވަރިކައިވެނި އުފަންދުވަހު ސެޓްފިކެޓް މިފަދައެތައް ކަމެއް ރަގަޅުވާނެ ތަ... ތަންކޮޅެބޮޑުވަރު ދޯ ދެން ވައްކަންކޮއްފަ އެކަމުން ރެކެންއުޅުނަސް.،ގާނޫނުއަސާސީ މަނާކުރާކަމެއް ތަ ވެރިކަމުގެހުންނަ މީހާ ދެވަނަ ދައުރަކަށް ނޮހޮވެންޏާ ދައުރުގެ މުއްދަ ތު ހަމަނުވިޔަސް ހުރިހާ ޒިންމާއަކުން ބަރީއަވާންޖެހޭ ތަ...

    52
  10. ލޯބިވާ ވަޠަން

    އޮރިޔާން ވީމަ އެހެން ބައެއްގެ ބޮލަށް ކަނޑާލަންޖެހޭނެ. ތިމާމެންގެ ނާގާބިލްކަމެއް ހިތ ތަކަށް ނާރާ

    49
    1
  11. އިނގޭ

    ތިއީ ހިނގި ކަމެށް.. ދިހަ ހާސް ވިހި ހާސް...ހެހެހެހެ

    10
    20
  12. އެމަންޖެ

    މިސަރުކާރުން ދައުލަތުގެ ބަޖެޓު ހުސްކުރަމުން ތިޔަދަނީ މައްސަލަތައް ބެލުމުގަ އެކަމުންވެސް ރައްޔިތުންނައްވަނީ ގެއްލުން ، ވެރިކަމައް ބަޔަކު ގެންނަނީ ރައްޔިތުންނައް ފަސޭގަކޮއް ފާގަތި މުސްތަގު ބަލެއް ހޯދައި ދިނުމައް އެކަމަކު މި މޑޕ އަކީ މިދިވެހި ގައުމުގެ ހަލާކު.

    35
  13. ފޭކް

    ކުރީ ސަރުކާރު އެ ލަވަ ކިޔަންތަ މި ސަރުކާރު ގެނައީ ލަވަ އަދިވެސް ދަސް ނުވޭ ލަވަ ކިޔާނެ ތަނެއް ހެދުނީމާ އެލަވަ ހުއްޓޭނެ ކިޔުން

    30
  14. ފަލި

    ސްޓެލްކޯއިންވެސް މަކަރު މުވައްޒަފުން ފެލަނީ ލިބޭ މުސާރައަށްވުރެ ބޮޑުއެއްޗެއް ފްލެޓަށް ކަނޑަން މަޖުބޫރު ކޮއްފި. ކީރިތި މަހާރަދުން މިކަމާ ކިޔެކޭތަ ބުނަނީ

    26
  15. ހެހެހެ

    އެއްކޮޓަރި ކުޑަކަމުންނޯ ދޭން ލަދުވެތިވަނީ އެކަމަކު ކުންފުނިތަކުންވެސް އަޅާ ނިމުނީމާ މަށަށް މަށަށް ގޮވަގޮވާ ތިބީ. ފްލެޓް ނުލިބޭ މީހުން ޒުހޫރު ޖަލުގޮޅިއަށް ނުލެވިގެން ހޭބޯނާރާ ތެޅެނީ

    19
  16. ޗަކޮއެ

    މޮޔަނުގޮވާ... ބަދަލުވުމުގެ މަރުހަލާގައި ލިޔުންދިނީ ދައުރުގެތެރޭގައި ފުލެޓްއަޅާ ކެޓަގަރީތަކަށްހުޅުވާލާ ރައްޔިތުންނަށް ފޯމުލާން ފުރުސަތުދީ ފޯމްތައް އިވެލުއޭޓްކޮށް ހާލަތުބަލައި ޕޮއިންޓްދީ ވަގުތީލިސްޓް އިޢުލާންކޮށް ޝަކުވާހުށައަޅަން ފުރުސަތުދީ ދާއިމީ ލިސްޓް އިއުލާންކޮށް ފުލެޓް ލިބުނުކަމަށް ލިސްޓްގައި ނަންއޮތް މީހުންނަށް. އިނގިއްޖޭ... ހަމަތިބެފައި ލިޔުންބަހާލީކީނޫން.. ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުއޮފީސްތަކާ މުއައްސަސާތަކަށް ކޮމެޓީތައްފޮނުވައިގެން މިސަރުކާރަށް ތިއުޅެނީ ގައުމުހިންގަން ނޭނގިގެން.

    29
    1
  17. ދަރަނި ދަންތުރަ

    ކަލޯމެނަން ކުރެވޭނެ ކަމަކީ ހަޒާނާ ދަވާލާފައި ދެން ފިތުނަ ފަސާދަ އުފެއްދުން ، ތަރައްގީ ތަހުޒީބު އެއީ ކަލޭމެނާ ލާމެހިފައިވާ އެއްޗެއްނޫން މޮޔަނުވޭ އަސްލަމޫ

    28
  18. ބަދަލަކަށް

    އެހެންވީމަ ކަލޭމެން ވެރިކަމަށް ނުގެނައިނަމަ މާ ރަނގަޅުވީސް ނޫން ތޯ. ޔާމީން ހުރި ނަމަ މިހާރު އަހަރުމެން އުޅޭނީ ތިޔަ ފްލެޓްގަ. އެއް ކޮޓަރި އެޕާޓްމަންޓްތައްވެސް ފެންނާނެ. ކޮވިޑް ހާލަތްވެސް މާ ޕްރޮފެޝެނަލްކޮށް ހޭންޑްލްކުރާނެ.

    33
  19. ހުސޭނުބޭ

    ފްލެޓް ވަގުތައް އެކަން އޮއްބާލަން ކޮންހައި ގިނަ ވާހަކައެއް! ސަރުކާރު ބަދަލުވުމުގެ މަރުހލާގައި މުއައްޒަފުންނަށް މުސާރަވެސްދިން! ދެން އެ ފައިސާވެސް މުއައްޒަފުން އަތުން އަތުލަންވީނު!

    30
  20. ޤައުމަށްޤައްދާރު

    2500 ފުލެޓް ކާލި މައްސަލަ ވެސް ބަލަންޖެހޭނެ

    34
    1
  21. ޙިއި

    ވަރަށް ރަނގަޅު ނިންމުމެއް.. ނު ހޮވުނީމަ ލިޔުންބަހާލީ ތިޔަހެނެއް ބަލާފައެއްނޫން.. ވޯޓްގެ ކުރިން ބަހާ ނިންމަންވާނެ ދެއްތޯ.. އިލެކްޓެޑް ޕްރެސިޑެންޓް ގެ ބަހެއް ނެތި ޓްރާންސިޒަންޕީރިއަޑްގަ އެއްވެސް ލިޔުމެއް ދެވިގެން ނުވާނެ..

    10
  22. ދެރާ

    ރާއްޖޭގައި 2008ގެ ފަހުން 2ދައުރެއް އެއްޕާޓީ އަކަށް ނުލިބޭ، އެމްޑީޕީން އެޅި ފްލެޓްތައް ނިމި ބެހޭ ވަރުވީ ރައީސް ވަހީދުގެ 2އަހަރާ ޕޕމ ގެ ވެރިކަމުގައި. އަނެއްކާ ޕޕމ ން އެޅިފްލެޓްތައް ނިމި ބެހޭވަރު ވީރު މިއޮތީ މޑޕ ގެ ވެރިކަން. މިއަކު މައްސަލައެއްނެތް. އެކަމަކު އިންތިގާލީ ދުވަސްތަކުގައި އެހެން ވެރިއަކު އާދައުރަށް ހޮވިފައި ހުއްޓަ، ބަލަންވާވަރަށް ބަލާނެ މުއްދަތެއްވެސް ނުލިބި، ނުވެސްބަލާ އަވަސްއަރުވާލާ، ލިސްޓްނެރެ، ލިއުންބަހާ މީ ހުސް ފިތުނަނޫން ކޮންކަމެއް.
    އަނެއްކާ، ޖެއްސުން ކުރަންވެސް އެއްސަރުކާރެއްގެ ލިޔިންތައް ނގަލެވިގެން ނުވާނެ، ވެށިފަހި ޕްރޮގްރާމްގެ ފޯމްތައްވެސް ފެންނަނެތްކަމަށް އެވަނީ
    މީ ރައްޔިތުންނަށްވެސް ދެވޭ އަނިޔާއެއް ކަމަށް ދެކެން

    3
    6
  23. ސސ

    އެމްޑީޕީ އަކީ
    ނަމުން އަދުލު އިންސާފު ކަމުން ބޭއިންސާފު
    ނަމުން ޑިމޮކްރަސީ ކަމުން ޑިކްޓޭޓަރު
    ނަމުން ތިންބާރު ކަމުން އެއްބާރު

    6
    1
  24. ޣގގގ

    ރައްޔިތުން ރުޅި އަނަންނަވަރު ކުޑަވެގެންތަ ތިއުޅެނީ. ބަލަ މަނާކަމެއްތަ އެކުރީ. ވެރިކަމުގަ ތިބި ބަޔަކު އެތަނުގެ ރަްްޔިތުންނަށް ކޮާްދިން ކަމެކޭ އެއީ. ހޭބަލިވެގެން މިސަރުކާރު މިއުޅެނީ. ހީވަނީ މާގިނަ ދުވަހު ވެރިކަމުގައި ތިބެވުނީމަ ވަރުބަލިވެގެން ނާ ކައިކައި ބަނޑުފަޅައިގެން ހިނގައިދާނެތީ ވެރިކަން ދޫކޮށްލަން އުޅެނީހެން.

  25. އިބްރޭ

    ބްރޯ ގައްޑާ ނުވެބަލަ! ކައެމެ ން މިހާރުތިޔަ ފުލެޓުދީ ހަވާލުކުރީމަވެސް ދެ ންއަ ން ނަ ސަރުކާރަކު ން ހަމަ ތިގޮތަށް މައްސަލަ ބެލޭ ނެދޯ! ތި އަސްލަމް ކޯޓަށް ހާޒިރުކުރާ ނެ ހަމަ!!

  26. ޢުމުރަށް ސަލާން މިސަރުކާރަށް

    ސްޓެލްކޯއިން ފްލެޓް ދޫކުރި މުވައްޒަފުންގެ އަތުން އިތުރު ޑައުން ޕޭމަންޓެއް ނަގަން ނިންމީ މިސަރުކާރުން. ކޮންމެ ސަރުކާރެއް އައިސް ތިގޮތަށް ޑައުން ޕޭމަންޓް ނެގުން ތިރަގަޅުކަމެއް ނޫން. މީގެކުރިންވެސް ފްލެޓްތަކަށް ސަރުކާރުތަކުން ޑައުން ޕޭމަންޓް ނަގައިފި އެކަމަކު 2 ވަނަ ޑައުން ޕޭމަންޓެއް މިސަރުކާރުން ނޫނިއްޔާ ނުނަގާ. ޥަރަށް ދެރަކަމެއްކަމެއް މިއީ. ނޭގެއްޏާއި ކުރީ ސަރުކާރު މިކަން ކުރިގޮތުގެ ފޯމިއުލާ ސްކޫލަކަށް ގޮސްގެން ކިޔަވާގެންނަމަވެސް ރައްޔަތުން އަތުން 2 ފަހަރު ޑައުން ޕޭމަންޓް ނުނަގާގޮތަށް މިކަން ކުރަން ދަސްކުރޭ. އެކަމު މިހުރިހާކަމެއް ދަސްކުރާ ސަރުކާރެއްވީމަ ހިތާމަކުރަންޖެހޭ

  27. ޔާސީން

    ތިޔަ ހަދަނީ ވަށާ ނުޖެހޭ ވަރުގެ ބޮޑެތި ދޮގު. ދޮގެއް ހަދައިފިއްޔާ 7 ދޮވު ހަދަން ޖެހޭނެ، އެދޮގު ފޫބެއްދުމަށް.

    5
    1
  28. ނަންރީތި ހުސޭނު

    އަސްލަމޫ 7،000 ނޫނޭ 11،000 ފްޅެޓް.
    އަސްލަމުމެން ގޮތް ހުސްވިޔަސް ރ.ޔާމިން 5 އަހަރު ހާދަކަމެއް ރައްޔިތުންނައް ކޮއްދިނޭ، އެކަން ހަޖަމު ނުވެގެން ލާރިދީގެން 1 ފެބްރުއަރީ އަމުރު ނެރުނީ. މާލޭގަ ކޮތަރު ކޮށި ކުއްޔައްދީގެން މިލިޔަނުން ލާރިނަގަމުންދާބަޔަކައް އުންދަގޫ ކުރަން 11،000 ފްލެޓް ރ.ޔާމިން އެޅީ ކީއްވެތޯ ބަލާބަލަ

    7
    2
  29. އިއްބެ

    ސަރުކާރު ބަދަލުވުމުގެ މަރުހަލާ ގަ ވިއްޔާ ތި އެއްވެސް ލިއު މެއްގެ އެއްވެސް މީހަކަށް ދީގެން ނުވާނެ. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ
    ޢަދި
    މމ މާލޭރައްވެހިންނަށް އިސްކަންދޭން ބުނާއިރު ގިނައީ އެހެން މީހުން . މި ކަންކަން ރަންގަޅަށް ބަލަން ބުނި މީހުން ބަލާވަރަކީ އެބަތިބި މާލެ ނާންނަ މީހުންނަށް ލިބިފަވެސް ، މަށަކީވެސް ފުލެޓު ހައްގު މީހެއް ދިރިއުޅު މުގެ ހާލަތު ބަލަން ނާދެ ވީ މާ މަށައް ހައްގު ނުވާކަން ސާބިތު ކޮއްދޭން ޖެހޭނެ . މިސަރުކާރުން، ( ކޮބާހޭ މަގޭ ފުލެޓު)

  30. ކާލި

    ވެރިކަން ބަދަލްވާ މަރުހަލާއަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތުން މަހުރޫމުކޮށް ހިދުމަތް ދިނުން ހުއްޓާލަންޖެހޭ މަރުހަލާއެއްތޯ ؟

  31. ލުޤުމާނު

    މީނައަކީ ހައުސިންމިނިސްޓްރީން 800 މިލިޔަން ރުފިޔާ ކައިގެންގުރި މުއްލާ ވަގެއް! އެއޮތީ އޮޑިޓު ރިޕޯޓުން މިކަން ފެންނަން . މި މައްސަލަ ބަލާނޭކަން ހަނދާންކުރާތި!

  32. އަބްދޫ

    ސަރުކާރު ވެރިކަމަސް އައިއިރު މަސައްކަތް ކުރަމުންއައ 11000 ފްލެޓް ގެ މަސައްކަތް ަށް ވީގޮތް ބަލަންޖެހޭނެ.