ތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވި ހާދިސާގައި އިންޖީނުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފެނަކައިން ވިދާޅުވެއްޖެ އެވެ.

ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ.

ފެނެކައިން ބުނީ ހާދިސާއާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަންވެސް ފެނެކައިން ވަނީ ދެއްވާފައެވެ.

ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާސިނެކް

    ކޯޓުން ކުރި ހު ކުމެއްގެނަތީޖާ ހެންހީވަނީ ފައް ކަލެއްނޫން

    6
    6
    • ވޭމަންޑޫ

      ކަލޭ ޖެހޭނެ ދޯ މިއަށްވެސް ސިޔާސީ ވައްދަން

      5
      6
  2. ޝިޔާމް

    ޔާމީން ބުނެގެން ޕޕމ ގުންޑާއިން އިންޖީނުގޭގައި ރޯކޮއްލީ

    5
    35
    • މސ

      ޔާމީނު އަށް ބަސްބުނާނީ މޮޔައިން!

      6
      6
  3. ޏމެ

    ބަޔަކު ބަންދުގައި ބެހެއޓީމަތޯ

    1
    11
  4. މަރީ

    ތަނެއް ރޯވިޔަސް ވެރިން ވައްދަން ވާނެ. ހިތްދަތި ހާދިސާ ދިމާވެގެން އުޅޭ އިރުވެސް. ސާބަސް އިންސާނުންނޭ 😒

    28
    1
  5. އެމަންޖެ

    މޑޕ ވެރިކަމުގަ އޮވެގެން އަލިފާނުގެ ހާދިސާތައް ވަރަށްގިނައިން ހިނގާކަން ފާހަގަވޭ.

    9
    4
  6. ކެނެރީ

    މިގައުމުގައި ގަސްތުގައި ތަނެއް ރޯކުރިއްޔާ ކުރާނީ ރީނދޫ ފިކުރުން 2011 ފެބުރުއަރީ 8 ހަނދާން އެބަހުރި ގައުމުގެ ހަލާކު ރީނދޫ ކުލަ

    15
    6
  7. އަންނި

    މަ ބުނީމެންނު ކަރަންޓް ނުކެނޑޭނޭ .

    1
    1