ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތައް އަންނަ މާޗު މަހު ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަހުމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފްލެޓްތަކަށް ވަދެވޭވަރު ވާނީ އަންނަ މަސް ނިމޭ ހިސާބުގައި ކަމަށާއި އެހެން ނަމަވެސް އެތަނުގައި ބައެއް ކަހަލަ މަސައްކަތްތައް ނުނިމި ހުންނާނެ ކަމަށެވެ. އެހެން ކަމުން ތިން މަހަށް އަގު ނުނަގާ ގޮތަށް ނިންމާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ތިން މަސް ދުވަސް ވަންދެން އަގު ނުނަގައި އެތަނަށް މީހުންނަށް ވަދެވޭ ގޮތަށް ހަދާފައިވަނީ އެތަނަށް ވަންނަ މީހުންނަށް އެތަނުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ކަމަށެވެ.

"އެހެން ނަމަވެސް އެތަނަކަށް ނުއެއް ވަދެވޭނެކަން އެނގޭ ހަވާލުކުރިޔަސް. ހަމަ އެއާއެކީ އަޅުގަނޑު ދޭނަން އިތުރު ތިން މަސް މިކަމަށް އެއީ އަގު ނުނަގާ ވަނުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އެ ފްލެޓްތަކަކީ ފިނިޝަން މަސައްކަތްތަކުގެ ބައެއް މަސައްކަތްތައް ނުކޮށް ހުރިތަނެއް. ފްލެޓްތަކުގައި އެތެރޭގަ ޓައިލްސް ޖަހާފައެއް ނެތް. އެތެރޭގެ ފާހާނާގަޔާ އެތެރޭގަ ދޮރެއް ނެތް" އަސްލަމް ވިދާޅުވިއެވެ.

ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފްލެޓްތައް ލިބުނު މީހުންގެ މައުލޫމާތުތައް ކަށަވަކުރުން ޖެހޭ ކަމަށާއި އެކަމަށްޓަކައި މިހާރު މުވައްސަސާތަކާއި ބައްދަލު ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ މައުލޫމާތުތައް ދެ ތިން ހަފްތާ ތެރޭ ބަލައި ސައްހަކަން ކަށަވަރުކޮށްދޭން މިހާރު އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަޙްމަދު

  ބަލަމާދޯ މާލޭގެ ކުލިތަކަށް އަންނަ ބަދަލު!!!

  11
  1
 2. ފުލެޓްބެ

  ތިޔާ ހުރިހާކަމެއް ފުރިހަމަ ނުވާތަނެއް ހިފަހައްޓައިގެން އެއްކަމެއްވެސް ނުކޮއް ބޭއްވީ ހަމަ ރައްޔިތުންދެކެ ވާލޯއްބެއްގެ ސަބަބުންތޯ

  21
  1
  • Anonymous

   💯

   1
   1
 3. ފުލެޓުދޮންބެ

  އަދިވެސް ހިތްހަމަޖެހޭވަރަށް ގޮނޑި ނުލިބެނީތޯ؟ ރޯމަހެއް ތެޅޭހެން ތިތިބަގެން ތެޅިބާލަނީ ގޭގައިހުރި މަސްގޮނޑިއާ ހުނިގޮނޑި ވެސް ދީފައި މަހެއް ކަނޑާލަނވެސް ރައްފުށު މީހަާ ޖެހެނީ ތޮށަލިމަތީގައި ބާއްވައިގެންތޯ؟

  20
 4. ނަކް

  އަންނަ މަސް ކިޔާ މަހެއް ނޯވޭ ކަލަންޑަރަކު.. މިދިޔަ ދެ އަހަރުވެސް ހަމަ ތިހެން ކިޔާލަ ކިޔާލަ ތިޔަ ތިބީ..

  19
  1
 5. ޢަހު

  ރަށްރަށުގަ ދިރިއުޅޭީހުންނަށް ފްލެޓް ލިބުނީ ކިހިނެތް

  12
  1
  • ރާއްޖެތެރޭ ދެރަ ނިކަމެތި މީހާ

   ދިވެހިރާއްޖޭގެ ރައްޔިތުން އުޅެނީ މާލޭގަ އެކަނިތޯ؟ ހިޔާ ފްލެޓް ތައް އެޅީ މާލޭގަ ދިރި އުޅޭ މީހުން ގެ އެކަނި ފައިސާ އިންތޯ؟

 6. ޏަވިޔަނި

  ޥޯޓް ވަގު ... ވޯޓް ހޯދަން ކުރާ ކަން

  11
  1
 7. ވާނުވާ

  ފިނިށިން މަސައްކަތް ކުރަން ތި ބޭފުޅޫންނަށް 3 އަހަރު ލިބުނު. 3 އަހަރު ތެރޭ ކީއްވެތޯ އެވަރު ކަމއެއް ނުކުރެވުނީ؟ ފްލްޓް ތަކުގެ ކުލަ ބަދަލު ކުރެވުނު އެކަމަކު

  7
  1
 8. ހަފުސް

  ރައީސް ބުނި 6 މަސްދުވަހު ކުލި ނުނަގާނަމޭ މިވީ ކިހިނެތް ؟

 9. ލުޤުމާނު

  ހުކުރުދުވަހުގެ މުޒާހަރާދެކެ ސަރުކާރު ބިރުން ފިތްކެޑިއްޖެ! ސާބަހޭ ޕީޕީއެމް ޕީއެންސީ ގެ ލީޑަރުންނާ މެމްބަރުން. ސާބަހޭ ރައީސް ޔާމީންގެ ސަޕޯޓަރުން. ހިތްވަރުކޮށްލާ! ދެން އޮތްކަންވެސް ނިންމަންވާނެ މި ބުރުގަ!

 10. އަބްދޫ

  ތިވާހަކަ ދައްކަން ރީއްޗެއްނޫން.2 އަހރު ސަރުކާރަކަށް ފުރިގެންދިޔައިރުވެސް އެތަންތަން ހުރީ ވެރިކަމާ ހަވަލުވި އިރު ވެސް ހުރި ހިސާބުގާ.