ސަރުކާރުން ވެފައިވާ އެެއްވެސް ވައުދެއް ނުފުުއްދިގެެން ލަސްވެގެން އުޅޭ ވަރުު އަދި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެެވެެ.
ރައްޔިތުންގެެ މަޖިލީހުގައި ސަރުކާރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ރިފްއަތު މިއަދު ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދިގެނެް ވާހަކަ ދައްކާވަރު އަދި ނުވާކަމަށެވެ. އޭނާ މިހެން ވިދާޅުުވީ މަހިބަދޫ ދާއިރާގެެ މެންބަރުު އަހުމަދު ތޯރިގު ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާ ކަަމަށާއި އެކަން ކުރައްވަނީ ކޮން އިރަކުންތޯ ބެއްލެވުމަށް ކުރެެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޖަވާބުގައި ރިފްއަތު ވިދާޅުވީ ޖޭއެސްސީ އެކުލެވޭ ގޮތް އަދި ބަދަލުކުރާނެ ކަމަށާއި، އެކަންވެސް ނުވަތަ އަދި ވެފައިވާ އެހެން ވައުދުތައްވެސް ނުުފުއްދިގެން އެވާހަކަ ދައްކަން ނުޖެހޭ ކަމަށެވެ.
ޖޭއެސްސީ އެެކުލެވިގެންވާ ގޮތުގެ މައްޗަށްް އެންމެ ބޮޑަށް މީގެ ކުރިން ފާޑު ވިދާޅުވެފައި ވަނީ މި ސަރުކާރުންނެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ޖޭއެސްސީއަށް ހެޔޮ ބަދަލެެއް ގެނައުމަށް ކުރާ މަސައްކަތް ވަނީ ވަރަށް ބޮޑަށް މަޑުޖައްސާލާފައެވެެ.
މެންބަރު ތޯރިގު ދާދި ފަހުން ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް އެމައްސަލަ ވަނީ ބޭރުކޮށްލާފައެވެ. ރައްޔިތުންގެ މަޖިލީީހުގައިވެސް މިހާރުު އޮތީ ވެރިކަން ކުރާ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެވެ.
ހަޒާނާ ހުސްކޮށްލާ ގައުމުދަވާލިލެއް އަވަސްވެގެންއަހަރެމެން މިއުޅެނީ އިބޫގެ ވެރިކަމަށް 100 ދުވަސް ހަމައެއްނުވާނެތާ ...
މިބުރަންޗަށް އަދި އިތުރު 5 އަހަރު ބޮޑު މުސަރަ ކެއުމުގައި ބައިންދީމަތަ ވައުދު ފުއްދޭނީ. ބަލަ ގަމާރާ މީގެ ކުރީގެ ދައުރުގައި ރާއްޖޭގެ އިންފުލޭޝަނާއި މި ވަގު ސަރުކާރު އައިފަހުން މިހަރު އޮތް އިންފުލޭޝަން ރޭޓު މަތި. ރައްޔިތުން ބިކަވެ ސަރުކާރުބޮޑުން ވައްކަން ކޮށް މިލިޔަނުން ފައިސާ ނަގަނީ.
ބޭބޭ މަ މިއުޅެނީ ފުއްދާދޭ ވަޢުދުތައް ގިނަވެގެން ގުނާ އަދަދުނުކުރެވެގެން! އެންމެ ވަޢުދެއް ނުފުއްދުނަސް ބައިތުލްމާލު ހުސްވެއްޖެ! ރައްޔިތުން ބޮލަށް އިތުރު 60 ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފި! މިއީކަންނޭގޭ އެބުނާ ވަޢުދަކީ!
ޖާދޫގަރު ން ދައްކާވާހަކަ އަހާ ނެ ބަޔަކު ނެއް.
އެއްގޮތަކައްވެސް ލަހެއް ނުވޭ 5އަހަރު ނިމޭއިރުވެސް.
އެހެން ވެގެން ތޯ ޕީޖީ ޟަމީމް ގޮވައިގެން އަބަދު ތިއު ލެނީ!
އެހެން ވެގެން ތޯ ޕީޖީ ޟަމީމް ގޮވައިގެން އަބަދު ތިއު ލެނީ!
ވަގުތަކީ ވަރަށް ކުޑަ ހިނދުކޮޅެކެވެ. ވައުދެއް ވެއްޖެއިޔާ ފުއްދަން ވާނެ ، ތިބާގެ އަޖަލު ހަމަވާނީ ކޮންއިރަކުކަމެއް ފަހެ ތިބާއަކަށްވެސް ނޭގޭނެ. އަވަސް ކުރޭ . މިހާރުވެސް މާބޮޑަށްވެސް ލަސްވެއްޖެ..
ކަލޭ ތިހިން ބުނާ ވަރެއްވެސް ނުވޭ
ވައުދުު ނުފުއްދިގެން ލަސްވެގެެން ބަޔަކު ނުއުޅޭ..... އަދުލު އިންސާފު ނުލިބިގެން މިއުޅެނީ؟ ވަރަށް ސަލާމް
މަށަކައް ލަހެއް ނުވާނެ މަށައް ޖީއެމް އާރު ދިން ލާރިގަނޑު އެބަހުރި.
ތިޔަބުނަނީ ޤިޔާމަތްޤާއިމްވަންދެންވެރިކަމުގަ ބަހައްޓާށޭތޯ؟ އެދުވަސްވަނީﷲސިއްރިކުރަށްވާފަކަންވެސް ނޭގޭވަރުގެ ބުރާންޗަކީބާ؟ އަހަރުމެންމިއުޅެނީ ވެރިކަމުގައިތިޔަބައިގަނޑު ތިބޭތާގިނަދުވަސްވެގެން! ރައީސްޔާމީނުގެ ވެރިކަމުގައި ދަރިންގެދަރިންނަށްދަންދެން ދަރުވައިފިޔޭކިޔާފަ އައިސް ކިތައްގުނައިތުރަށް ލޯނުއެކިނަންނަމުގަނަގައިފިންތޯ؟ ދަރުމަވަންތަހޮސްޕިޓަލާ ކޮތަރުކޮށި މިހާރުވެއްޖެރަނަށް އެއަރޕޯޓުންޑޮލަރުއޮހެނީ! މޭފުއްޕާފަ ވޭތުވެދިޔައަށެއްކައަހަރު ނާންނަވަރަށްގެސްޓުންއަތުވެއްޖެއޭބުނާއިރު މިވަގުސަރުކާރުގެ ހިއްސާއަކީ ކިތައްޕަސެންޓުތޯ؟ ލިބޭގިނަޑޮލަރުތައް ގާތްމީހުންގެމުސާރައިގެގޮތުގައިދަނީ ރާއްޖޭންބޭރަށް ކަޅުބާޒާރުގައި ބޭތުގެދާދާއިންވަނީ ފައިގަދަކޮށްފަ ބަލާނެބެލޭނެ އެއްވެސްއިދާރާއެއްނެތް މުޅިމިވަގުސަރުކާރުހޭބޯނާރާއުޅެނީ އިންޑިއާސަރުކާރުގެ ކަރުގަވިދުނުކަށި ނެއްޓިދާނެތީ ގަންނާކުރަށްވާބިރުން އެއްގޮތަކުންނުވިއްޔާއަނެއްގޮތަކުންވެސް....
އެހެންބުނާނެތާ ރިިފްއަތު ގެ ވައުދުތައް ފުދިފަހުރިއްޔާ
އާ ކަލޭމެންވިއްޔާ 24 ގަޑިއިރުން ކަންކަން ނިންމާނަމޭ ބުނެ ވޯޓު ހޯދީ ދޮގުތައް ހަދައިގެން
ކައެމެން ދުނިޔޭގަ ތިބިހާހިނދަކު ލަސްވެގެން ތެޅޭކަށް ނުވާހެން ހީވަނީ
ވައުދުތައް އަދި ފުއްދައިދޭން މާއަވަސް. މިވެރިންނައް އަދި ބޭނުން 5އަހަރުގެ އިތުރު ދައުރެއް. އޭރައްތާ ރައްތިތުންގެ އަތުގައިވާ އެންމެ ފަހު ލާރިވެސް ދަވާލެވޭނީ. މިއަށް ކިޔާންވީ 100 އިންސައްތަ ޓޮލަރަންސް
އާން ބަރާބަރ ވާހަކަ އެއް ވައުދްވީ އެންމެ އަކަ އިންޗިއެއްވެސް ބޭރުގެ ބަޔަކައް ނުދޭނަމޭ މިހާރު މިއނގެނީ އެބުނީ އެންމެ އަކައިންޗިއެއްވެސް ނުބާްއްވަނަމޭ މިފަސް އަހަރުދުވަހުގެ ތެރޭގައި ދެން ނޯންނަނެނޫންތޯ ވައުދެއް ފުއްދާކައް ވެދުން
ކޮއްކޯ،އިތުރަށް ރައްޔިތުން ތުޅިނާރުވާ،ވަގުތު އޮތްވާ ސަލާމަތުން ބޭރަށް ފުރޭތޯ ބަލާ.
ކާފަ ތިކިޔަނީ ކީކޭކަން ކާފަ އައް އެނގޭބާ
ނުވާނެ އެއްކަމެއްވެސް . 32 ބިލިއަން ރުފިޔާ ރައްޔިތުންގެ ޓެކްސްފައިސާއިން ކޮންމެ އަހަރަކު އެބަ ޚަރަދުވޭ . ރައްޔިތުން އެދޭ އެއްވެސް ކަމެއް އަދި ޙާޞިލެއް ނުވޭ
ވައުދޭ ފަޅޮލޭ ކިޔާނެ ކަމެއްނެތް. ރައްޔިތުން ތައްޔާރުވަނީ ވަގުން ހިފާ މަގައްނެރެން. ދުވަސް ކައިރިވަނީ.
މަރާލާފައިވާ މީހުންގެ އިންސާފް ކޮބާ؟
މީނާއަކީ ޚާއިނެއް. މީނާ މިމަސައްކަތް ކުރަނީ އެލެކްސް ބުނާހާގޮތަކަށް. އަދި ގާނޫނުތައް މިބައްޓަން ކުރަން މަސައްކަތް ކުރަނީވެސް އިސްލާމީ ސަރީއަތާއި މުޅިން ހިލާފަށް
ވައުދަކީ ހަވާލުވާ ދުވަހުން ފެށިގެން އެންމެ އެކަށީގެންވާ މިންވަރެއްގައި، ކޮލިޓީގައި ފުއްދަމުން ދާންޖެހޭނެ އެއްޗެކެވެ. 5 ވަނަ އަހަރުގެ ފަހު ދުވަހު ބިންގާ އެޅުމެއް ނޫނެވެ. އެއީ ނާގާބިލުކަން ފެންނާނެ ކަމެކެވެ.