ތ. ވޭމަންޑޫ އިންޖީނު ގޭގައި މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓް ކެނޑިފައިވާއިރު، އެރަށަށް ކަރަންޓް ދެވޭ ވަރު ވާނީ ހުކުރު ދުވަހު ކަމަށް ފެނަކަ އިން ވިދާޅުވެއްޖެ އެވެ.

އެރަށު އިންޖީން ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ މިއަދު މެންދުރު 2:30 ހާއިރު އެވެ. އެ ހާދިސާ ހިނގުމާއެކު ރަށުން ކަރަންޓް ވަނީ ކެނޑިފައެވެ.

އެރަށަށް ކަރަންޓް ދިނުމަށްޓަކައި ސަރުކާރުންނާއި، ފެނަކަ އިން ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުންނެވެ. އަދި އެ ހާދިސާއާ ގުޅިގެން އެންވެރޮމެންޓް މިނިސްޓަރ ޑރ. ހުސައިން ހަސަން އާއި، ފެނަކަގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވަނީ އެރަށަށް ވަޑައިގަންނަވާފައެވެ. އަދި މި ދަތުރުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިންޖީނިއަރެއްވެސް ވަނީ އެރަށަށް ވަޑައިގަންނަވާފައެވެ.

"ވަގުތު"އާ ވާހަަކަދައްކަމުން ފެނަކަގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، އެރަށު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަަމަށެވެ. އަދި އެރަށަށް ބެކްއަޕް ޖެނެރޭޓަރެއް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، މިރޭ އެ ބޯޓު މާލެ އިން ފުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަދި ދެނެގަނެވިފައެއް ނުވޭ އިނގޭތޯ ކިހިނެއް ކަމެއް ހާދިސާ ހިނގީ.، އިރާދަކުރެއްވިއްޔާ އެރަށަށް "ބެކްއަޕް" ޖެނެރޭޓަރެއް ފޮނުވުމަށްޓަކައި މިރޭ ބޯޓު ފުރާނެ".

ސައީދު ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ހުކުރު ދުވަހުގެ މެންދުރަށް އެރަށަށް ކަރަންޓް ދެވޭތޯ ކަަމަށެވެ.

"އެއީ މާދަމާ ނޫން އަނެއް ދުވަހު މެންދުރަށް އެނގޭތޯ، އެއީ މާދަމާ އިރުއޮއްސެންވާއިރަށް އެ އެއްޗެހި ރީޗް ވާނީ މިކޮޅަށް، މިރޭ ބޯޓު ފުރާނީ މާލެ އިން".

މި ހާދިސާ ހިނގިއިރު އެރަށުގައި ކަރަންޓް ދިނުމަށް ބޭނުން ކޮށްފައި ވަނީ، 600، 500، 250 ކިލޯވޯޓުގެ ތިން ޖެނެރޭޓަރެވެ. މި ހާދިސާގައި މި ތިން ޖެނެރޭޓަރުވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

"އަޅުގަނޑުމެންގެ އިންޖީނިއަރިންގ ޕްރެކްޓިކަލީ މަސައްކަތް ފައްޓާފައި އެހެރީ އެ ތިނެތިން ކޮންމެވެސް އެކަތި އަޅުގަނޑުމެންނަށް ބޭނުން ކުރެވޭތޯ". ސައީދު ވިދާޅުވިއެވެ.

އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޖާން

  ތީ އިންސާފެއް ނޫން ޒަރޫރީ ބޭނުން ކުރެވޭނެ ގޮތް ވާން ޖެހޭނެ އެންމެ ލަސްވެގެން 24 ގަޑި އިރު ތެރޭ ކަރަންޓުގެ ހިދުމަތް މިޒަމާނުގާ ލިބެން ޖެހޭނެ އެކަމަކު ފެނަކަޔަށް މިލިއަނުން ފައިދާ ވެއޭ ގޮވާނެ މިލިއަނުން ފައިދާ ވުމަކީ ރައްޔިތުންނަށް އޭގެ ފައިދާ ކުރުން ވަގުތުން ވަގުތަށް ކަންކަންނުވެދާނެ އެކަމަކު ތީ ބޮޑުވަރު އަދިވެސް މީހުންނަށް ގުދޯ ގުދޯ ގޮވާ އެސަރުކާރު މިސަރުކާރު އެފައިސާ މި ފައިސާ ފައިސާ ފައިސާ

  16
  8
  • ދިވެހި ދަރި

   ކަލޭ ދޭބަލަ އެހެންވީރު ކަރަންޓުދޭން. ތިބުނާހާ ފަސޭހަކަމެޢްނޫނޭ އެއީ

   9
   4