ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ބޯޓު ދާ އަޅައިގެން މަސްވެރިކަން ކުރަމުން ގޮސްފައި ވަނީ ނ. އަތޮޅު ބޮއެގެ އުތުރުން 30 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެެސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަސަރީ ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއަދު ހެނދުނު 8:40 ހާއިރު އެ މައުލޫމާތު އެމްއެންޑީއެެފް އަށް ލިބުނުއިރު، މިހާރު އެ ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކުޅުދުފުއްޓަށް ދަނީ ދަތުރު ކުރަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް ބޭރުގެ މަސް ދޯނިފަހަރާއި ބޯޓުތައް އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    މިވަގުތަށް ސިޔާސީބޭނުމަށް ދައްކާދަޅަ.

  2. ނަސީދު

    ކޮބައިތޯ އިންޑިޔާއިން ބެހެއްޓި ރަަޑަރުސިސްޓަމް މުޅިންވެސް މަސްދޯނިތަކުން ރިޕޯޓްލިބެނީ

  3. ދަރަނި ދަންތުރަ

    ވަށްކަންކުރާ ގުރޫޕަށް ވަގުހިފަން ހަވާލުކުރީމަ ވާނެ ހައެތިވަމުން ތިޔަދަނީ އިންޑިޔާއިން ދިވެހިންނަށް ހެޔޮނޭދޭނެ

  4. މަޑުކަށި މީހާ

    އިންޑިއާއަށް ގައުމުގެ ހުރިހާ ކަނޑެއް ވިއްކާފަ ކޮން ޑްރާމާ އެއް.