ވަން ވޭއާއި އިދިކޮޅަށް ބަނގުރާ ފުޅިތަކެއް ހިގައިގެން ދުއްވާފަ ދިޔަ ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ 19:30 އެހާކަންހާއިރު އަސްރަފީ ބުކްޝޮޕް ކައިރިން ކަމަށެވެ.

އެ ދެމީހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން އެމީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ވައްޓައި ތަޅާލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ތިޔއީ ގައުމިދޫނި އެއްކަމެއްވެސް ނުވާނެ

    12
  2. ޟމ

    ބަނގުރާ ހިފައިގެން ވަންވޭ އާއި އެއްކޮޅަށް ދިއުން ހުއްދަހެން ސުރުޙީ ކިޔާލުމުން ދޭހަވަނީ، މިފަހަރު މައްސަލައަކަށް މިވީ ވަންވޭ އާއި ޚިލާފް ވީމަދޯ

  3. ސަންސެޓު

    ހ ހޮނޑައިދޫ 3 ބަދަވީންނަށް އައި ޝިޕްމަންޓެއްތަ؟

    3
    1
  4. ހިޔާލު

    ތަހުގީގް ކޮށް ނިމޭއިރު ރާފުޅި ރިހާކުރަށްވެ ވަންވޭ އާ އިދިކޮޅަށް އެމީހުން އަރުވާގެން ދިޔައީ ސައިކަލު ކަމައްވުން އެކަށީގެންވޭ. ދެރަ ނިކަމެތި ރައްޔިތެއްނަމަ ބޮޑުތަނުން ކުށް ސާބިތުވެ ޖަލު ހުކުމެއްވެސް އައިސްދާނެ.

    • ޢަހޫ

      ޢެހެންވެގެންތާ ރާއްޖޭގަ އެންމެބޮޑު ވައްކަންކުރި މީހާވެސް އެހުރީ ޖަލުގަ ގަނޑުވަރެއްގަ ބަހައްޓާ ފަ.

  5. ހަމްޒާ

    ރާއްޖޭގަ ހުރިއެންމެބޮޑުވަގު އަދިހައްޔަރެއްނުކުރޭ އަދިއެބހުރި އެވަގު ހުރިތަނެއްގަ