ކައިވެނި ކުރަން މޮރޮކޯ އަންހެން ކުދިން ގެނެސްދޭ ކަމަށް ބުނެ ހަދާފައިވާ ޕޯސްޓަރާއި ގުޅިގެން މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މީސްމީޑިއާގައި ދައުރުމުން އަންނަ "މޮރޮކޯގެ އަންހެނުންނާ ކައިވެނި ކުރަން ދިވެހިންނަށް ރަނުގެ ފުރުސަތެއް އެބައޮތް" ޕޯސްޓަރަކީ ހިއުމަން ޓްރެފިކިން އަށް ހިތްވަރު ލިބޭ ގޮތަށް ހަދާފައިވާ ޕޯސްޓަރެއް ކަމަށާއި އެފަދަ މައްސަލަ ތަކަކީ އެ މުއައްސަސާ ނުހަނު ކަންބޮޑުވާ ސީރިއަސް މައްސަލައެއް ކަމަށެވެ.

އެހެން ކަމުން މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ އެފަދަ ޕޯސްޓުތައް ތަފާތު މަންސަތަކުގައި އެއްވެސް ފަރާތަކުން ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެ ޕޯސްޓަރުގައި ކަމާއި ގުޅުން ނެތް މީހެއްގެ ނަންބަރު ޖަހާފައިވާ މައްސަލަވެސް އެ މުއައްސަސާއިން އަންނަނީ ބަލަމުންނެވެ.

މީސްމީޑީއާގައި ދައުރުވަމުން އަންނަ ޕޯސްޓަރުގައި ޖަހާފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒުގެ އިތުރުން އެ އޮފީހުގެ އެހެން މުވައްޒަފެއް ކަމަށްވާ މުހައްމަދު ޝުރެއިހުގެ ފޯނު ނަންބަރުއެވެ. އެ ޕޯސްޓަރުގައި ވަނީ އެކި އުމުރުފުރައިގެ އަންހެނުންތަކެއްގެ ފޮޓޯ ޖަހައި އެއިން ބޭނުން މީހަކު ހިޔާރުކޮށް އިނދެވިދާނެ ކަމަށް ބުނެފައިވެއެވެ.

އެ ޕޯސްޓަރުގައިވާ ގޮތުން އެއިން މީހަކާ ކައިވެނި ކުރަން ބޭނުން ނަމަ ގުޅަން ދީފައިވަނީ ޝުރެއިހާއި މަބުރޫކު މޮބައިލް ނަންބަރެވެ. އެ ޕޯސްޓަރުގައިވާ ގޮތުން ކައިވެނިކުރަން އަންހެނުން "ވިއްކާ" އަގަކީ 2،500 ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރަދީފް

    ހެހެހެހެހެ.ޖަލުގަ ތިބެގެން މީހުންނަށް ގުޅައިގެން ފައިސާ ފޭރުނުއިރު އެއިން އެކަކުވެސް ފުލުހުންނަށް ނުހޯދުނު.ނަމަވެސް މިކަންކުރި ބަޔަކު އެމީހުން ހޯދާނެ.

    31
  2. ބެއްޔާ

    ދެން ތިކަންވާނީ މަބްރޫކުގެ ނަންބަރު ހެކްކުރިކަމަށް

    24
    1
  3. ބުރުގާ

    ހޫނ. ޅަވަރުގެ އަންހެން ކުދިންނާ ބެހޭ މައްސަލައެއްވިއްޔާ މި ޕޮލިހުން ވަރައް ފޯރިހުންނާނެ. އެ ވަރިހަމަ މަގުމަތީ ޕާޓޭންތަކެއް ވަޅިޖަހާ އެކަކު އަނެކަކު ރޮލާކެޔަސް، އަޅާކަހާވެސް ނުލާނެ.

    32
    2
  4. ދެބޯގެރި

    އަސްލު ތިވީގޮތަކީ ފްލެޓްގެ ވާހަކަދައްކާތީ ދެބޯގެރި ދުއްވަން ކަމެއް ކޮށްލީ. އެކަމަކު އެކަން ވައިގައި މާބޮޑަށް ނުހިފީ. 80 ވަރަކަށް ކޯލުގެ މާނައަކީ އެކަމާ އުޅޭނެ ބަޔަކު ނެތޭ. ހީކުރީ އެންމެން ދައްކާނީ އެވާހަކަ ކަމަށް. އެކަމަކު އެހެނެއް ނޫންވީ. ގަދަވީ ފްލެޓްގެ އަޑު. ދެން ތިޔަ ފެށީ ތަޙްގީޤު ތިޔަ ނިމުނީ.

    19
    2
    • ބަފާބޭ

      ތި80 ކޯލްކުރިމީހުން ބަލާފިނަމަ 70 ކޯލްއަކީ ފުލުހުން އަދި ސިފައިންގެ މީހުންގެ ކޯލް.. އަން ކިޔާފިއްޔާ އެމީހުން ދުއްވާގަންނާނެ އަންނާރެއް ފަހަތުންވެސް..

  5. ޅަބޭ

    މިހާރުވެސް ޕޮލިސްތެރޭ އޮފިސަރުންތައް ތިބޭނީ "މަށައް މަށައް" ކިޔަކިޔަ.

  6. ރަބީނާ

    ތިވާނީ ހަމަ ސާވޭއެއް ކޮށްލިކަމަށް ތިޔާކަމަށް ބޭނުންމީހުންތިބިތޯ އަސްލަންޓޭ އާއި އަންނި ގުޅިގެން.ހިންގަދިން މީހުން ފޯނަށް ކޯލް އައީ