އެމެރިކާ ސަފީރު މަތީފެންވަރުގެ ގައިދީންގެ އަނބިންނާއި ބައްދަލުކުރައްވަނީ
އެމެރިކާ ސަފީރު މަތީފެންވަރުގެ ގައިދީންގެ އަނބިންނާއި ބައްދަލުކުރައްވަނީ

ރަމަޟާން މަހު ވެސް އެމެރިކާގެ މަދަދާއި އެކު ފަލަސްތީންގެ ޣައްޒާ އަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް މުސްލިމުންނެއް ވަނީ ޝަހީދުވެފައެވެ. އެތައް އަނބިންނެއް ވަނީ ހުވަފަތްވެފައެވެ. އެތައް ކުޑަކުދިންނެއް ވަނީ ޔަތީމް ވެފައެވެ. އެތައް ބަޔަކަށް ދަނީ ބޮޑު ހިތާމައެއް ލިބެމުންނެވެ. ނަމަވެސް އެމެރިކާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު އަތުލް ކެޝަބް އަށް އެއްވެސް އަސަރެއް ނުކުރެއެވެ.

ކެޝަބް އަށް އަސަރު ކުރީ ދިވެހިރާއްޖޭގެ ވެރިކަން ޤާނޫނާއި ހިލާފަށް ވައްޓާލަން އުޅެގެންނާއި ތަފާތު އެހެނިހެން ކުށްތަކުގައި ޖަލަށް ލާފައިވާ ބައެއް ދިވެހިންގެ އަނބިން ފެނުމުންނެވެ.

ސަފީރުކަމުގެ މަގާމު ގެއްލޭނެކަން މިހާރު ކަށަވަރުވެފައިވާ ކެޝަބް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ޖަލުގައި ތިބި ބައެއް މީހުންގެ އަނބިންނާއި ބައްދަލުކޮށްފައެވެ. އެބައްދަލުވުމަށް ފަހު ކެޝަބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާއްސަކޮށް ރަމަޟާން މަހެއްގައި އެފަދަ މަޖުބޫރީ ހާލަތެއްގައި، ޖަލަށް ލާފައިވާ ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއްގެ އަނބިން ވަކިން އުޅުއްވަން ޖެހިވަޑައިގަތުމަކީ އާއިލާ އަށް ލިބޭ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ.

ކެޝަބް އަށް މިފަދަ ހިތްދަތިކަމަކާއި ފުން އަސަރެއް ކުރިއިރު އެމެރިކާގެ އަނިޔާވެރިކަމުގެ ސަބަބުން އެތައް މުސްލިމުންނެއް މިރަމަޟާން މަހު ވެސް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެން ޖެހިފައި ވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ސަފީރަށް އަސަރެއްކޮށްގެން ހިތާމަފާޅުކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. އިދި ކޮޅު ލީޑަރުންގެ އަނބިންނަށް ބުރުގާ އެޅުން މަނަކޮށްފަ އޮތީތަ ؟

  2. ??????މަ ހިީހީ ހަލާކު

  3. ގޮތްކުޑަ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް އަންހެނުން ތަކެއް!

  4. ތީ އންޑިޔާ ދަރިކޮޅުގެ އިންޑިޔާ ޕަޕެޓެއް ވީމަ އަސަރު ކުރާނެނު..

  5. ގައިދީންގެވެސް އެކި ދަރަޖަތަކާއި ފެންވަރު ހުރޭތަ

  6. އަޅެ! މިހާރުވެސް އެ ސޮރަށް ކާމިޔާބު ވާނެކަމުގެ ޔަޤީންކަން އޮތީމާ އަސަރުކުރާނެތާ! އެސޮރަށްވެސް އެނގޭ ފިރިންތައް ވީ ޖަލުގައިކަން، ދެން މިހެން ހޭކި އުޅެން ވަރަށް ފަސޭހަވާނޭކަން.

  7. ހުސްވެސް ލާދީނީ ކަމަށްވާނީ

  8. Bala ey raajje ah kanda alhaafa huri safeerey.. eyna ah tweet eh nukureveyne dhw dhuniyeyge ehn than thaa higaa kanthakaa gulhuvaafa eh

    • އެއީ އެމެރިކާއިން ރާއްޖެ ކަނޑައަޅާފަ ހުރި ސަފީރެއްކަމާ އެމެރިކާއަކީ ފަލަސްތީނުގަ ގަތުލުއާންމު ހިންގަން އެންމެ ބޮޑު އެހީވާ ގައުމުކަން ކަލެއްނޭގެނީތަ، ނުނީ ގަމާރުކަންބޮޑީތަ؟؟؟

  9. ކަލޭ ދެން ތިހުރިހާ މީހުންގެ އަބިންނާ ހަވާލު ވާންވީނުން ތިހާ ދެރަވެއްޖެއްޔާ

  10. ހޭ ބޯ ސަލާމަތުން ހުރި މީހުންނަށް ، ވިސްނާ ފިކުރުކުރާ މީހުންނަށް ޢިބްރަތް ލިބޭނީ ...
    ގުނބޯ ކުދިންނަކަށް ނުވާނެ އެކަމެއް....

    ގުނބޯ ހެދުން ފިޔަވައި އެކުދިންނަށް އެއްވެސް އެހެން ކަމެއް މުހިއްމެއް ނޫން.

  11. ތިކަލޭގެ އަވަހަށް މިގައުމުން ބޭރުކުރަނވީ

    މުސްލިމު އަންހެނެއް ވައްތަރުޖަހާ އެއްމެދެމީހުން އެތާގައި އެހެރީފެއްނަން ހަޔާތުގެ ކަންފުޅެއްވެސްނެތީބާ

  12. ޥަގުތު މާބޮޑައް ހިތުގަ ޖެހިއްޖެހެން ހީވަނި

  13. މަތީފެންވަރުގެ ގައިދީން ތިބޭތަ؟ ގައިދީއަކަށްވާނީ ގާނޫނާ ގަވާޢިދުތައް މުގުރާ، ޖިނާޢީ ކުށް ކުރުމުން. ދެން އެހިސާބުން އެ ދަށްވީ. ދެން އެމެރިކާ އަކީ އަބަދުވެސް މުސްލިމުންނަށް ނަފްރަތުކުރާ ގައުމަކަށްވާތީ މުސްލިމު ގައުމެއްގައިވެސް އިސްލާމްދީނާ ޚިލާފު ފިކުރުގެ މީހެއްހުރިނަމަ އެމީހަކީ އެމެރިކާވަރަށް ރުހޭ މީހަކަށްވާނެ އަދި ވަކިން އެމީހަކީ އެމެރިކާގެ ޕަޕެޓަކަށް ވެއްޖެނަމަ އެ ދެންނިމުނީ. އެގޮތުން މިހާރު ސަރުކާރަ އިދިކޮޅުވެގެން މިއުޅޭ ބައިގަނޑަކީ ލާދީނީ ފިކުރުގެ ބައިގަނޑަކަށްވާތީ އެމީހުންނަށް ވެރިކަން ހޯދައިދޭން އެމެރިކާއަށް ކުރެވެން އޮތްހާ މަސައްކަތެއްކުރާނެ.

  14. ހެޑިން ފައްކާ އިނގޭ. ހަހަހަހހަަހ

  15. މުސްލިމް އަންހެނުންތަކަކާ ވައްތަރެއްނޫން، ވައްތަރީ ހަށިވއްކާ މުޑުދާރު އަމަލު ހިންގާ އިނގިރޭސިންތަކަކާ، ދެން ކޮން ރޯދައެއް ވިއްލަނީތިމީހުން؟؟؟ އައުރަ ނިވާނުކޮށް ބޮލުގަ ހުރި ނުރަތައް ފޮރުވަން ފާޑުފާޑު ކުލަޖެއްސިޔަސް ރީއްޗެއްނުވާނެ!!!!!!!!!!!

  16. ކަމަނަ މުހައްމަދު

    ބޯބޮޑު ސަފީރެއް.

  17. އިސްރާއީލުގެ ވެރޮކަމާއި މިދިވެހިރާއްޖެ އާއި އެއްގޮތް ވީބާ

  18. ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ، ކަލޭމެންނަކަށް ނުފެނޭތަ އެމެރިކާ އިން މުސްލިމު އަންހެނުންނަށް ކުރާ އަނިޔާ އެއް ،އެމެރިކާ ސަފީރާއެކު ފޮޓޯ ނަގަން ހެވިދިލިފަ ތިބެގެން ، ލަދެއްނުގަނޭބާ ؟

  19. ދީނީގޮތުންވެސް އިދިކޮޅުވީމަކާ ދެން ނުޖެހޭނެ އައުރަނިވާކުރާކަށް!
    ދެން އެފަދަ މީހުންގެ ގާތުގާ މުސްލިމުންނަށްވުރެވެސް މަޤުބޫލު ވާނީ މުޝްރިކުން ނޫންތޯ!؟

  20. ގޮތްކުޑަ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް އަންހެނުން ތަކެއް!

  21. ހަޔާތްކުޑަ މީހެއް މި އެމެރިކާ ސަފީރަކީ. އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ އެތައް ބަޔަކު ޝަހީދު ކުރަމުންގެންދާއިރު ރަމަޟާން މަހުގެ ވާހަކައާއި ސިޔާސީ ހައްޔަރީންގެ އަނބީންގެ ހިތްދަތިކަން ދައްކަން އެއްވެސް ލަދެއްހަޔާތެއް ނެތް. އަމުދުން ފަލަސްތީނު މީހުންނަށް އަނިޔާދޭން އިތްވަރުދޭ އެމެރިކާ ސަފީރާއެކު ރޭކުރާއިރު ހައްޔަރީންގެ އަނބީންވެސްގެ ކިބައިގާ ކޮބައިތޯ މުސްލިމުންނާމެދު އޮތް ލޯތްބަކީ؟

  22. ލަނޑައާވާނީ ލަނޑައާ. އިންޑިޔާއަށް މިގައުމު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ނުގެންދެވުމުން އަދިވެސް އެކަންވޭތޯ އިންޑިޔާ ދަރިކޮޅުގެ ޒައިނިސްޓެއް އަދިވެސް އެތެޅެނީ. ބަލަ ތިހެން ތެޅިތެޅި ހުޅުނބުތައްދާނީ. މިގައުމުގެ އެއަރޕޯޓް ހަނދާން ނައްތާލާ ތިތަނުން މަންޖެއަކާ ހިތްކިޔައިފިއްޔާ އެހޯދަން މަސައްކަތްކުރޭ. ހެޔޮ، ނައްޓުއަށް ވިއަސް.

  23. ދިވެއްސެއް

    އިދިކޮޅު މީހުންގެ އަނބިން ފެނިފަ ކެޝަޕްއަށް އަސަރު ކުރީ ކޮންތާކަށް ކަމެއް ނުބުނޭނު.

  24. އިބޫ ރައީސަކަށް ހޮވިއްޖެނަމަ އަންނިގެ ދެރަކަމުން އޭނާ ނުހޮވުނީ ކަމަށް ބެލެވޭނެ. ޢެންމެ ރަގަޅު މަގާމަކީ އިދިކޮޅު ލީޑަރ ކަން.

  25. އެމެރިކާގެ ސަފީރު ދެރަވާނެތާ އެމީހުން ގައުމުގާ އުޅޭކަހަލަ ބުރުގާނާޅާ އަންހެނުން ފެނުނީމާ، ލާދީނީ ފިކުރާ ލާދީނީ ފިކުރާތާ މެޗްވާނީ...

  26. ޭެެިެެަައިދިކޮލު

    ލަދެނުގަނަމިިހުނުން

  27. ފަލަސްތީނުގެ މުސްލިމް ކުޑަކުދިންނައި މުސްކުޅިން މަރާ ގެތަށް ރޯކޮށް ގެތައްއަންދަ ގާޒާބޯޑަރުގަ އިޒްރޭލުން ހިންގަ ގަތުލް އާމު ހިންގަނީ އެމެރިކގެ ހަތިޔާރުން ހިއްވަރުދީގެ އެމެރިކަގެ އެހީތެރިކަުގަމިޔަހޫދީ ކަލޭގެޔާ އެކު ފޮޓޯނގަންތިތިބަ އައުރަ ނިވަނުކޮށް ތިބި ލަދެއްހަޔާތެއް ވެސްނެއް މުސްލިމުންނޭކިޔާފަ މިފަދަ އަނިޔަވެރި ބަޔަކު ތިމާމެންނަށް ހެވެއް އެދޭނެތަ މިތަންފަސަދަކޮށް ޔަހޫދީ ހަންފެތުރަން ނުނީ ނަންނާނެ ލދުކުޑަ އަންހެނުންތަކެށް ތިބި ވައްތަރު