ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކަކީ އޭރު ސަރުކާރުން ހާމަކުރި އަގުގައި ނުވިއްކޭނެ ފްލެޓްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އަދި ހައުސިން އެންޑް ޕްލޭނިން އިންފްރާސްޓަކްޗާ މިނިސްޓަރ މުހައްމަދު އަސްލަމް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި ވީނަމަވެސް މިއަދު އެންމެ ފަހުން އެފްލެޓްތަކުގެ އަސްލު އަގަކީ ކުރީ ސަރުކާރުން ވެސް ހާމަކޮށްފައި އޮތް އަގުކަމަށް މިނިސްޓަރ އަސްލަމް ވެސް އިއުތިރާފު ވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ "ފިނިޝިން މަސައްކަތްތައް ނުލާ މަސައްކަތް ކުރިއަށް ގެންދާގޮތައް އޮތީ. އެގޮތައް ކުރިއަށް އެދަނީވެސް. އެހެން އޮތް އިރުވެސް މީގެ ޔުނިޓެއްގެ އަގު އެބަޖެހޭ 1.16 މިލިއަން ރުފިޔާއަށް. ސަރުކާރުން މިއަށް ދައްކަން ޖެހޭ އާޙިރު މީގެ އަގަކީ 1.16 މިލިއަން ރުފިޔާ. އެ 1.16 މިލިއަން ރުފިޔާ އަކީ 530 އަކަފޫޓް ލިބޭ އެތަނަށް ވަންނަ ފަރާތަކުން ދައްކަން ޖެހޭ އެއްޗެއް." ކަމަށެވެ.
ފްލެޓެއްގެ އަގަކީ 1.16 މިލިއަން ރުފިޔާ ކަމަށް ވާނަމަ މަހަކު -/3800 ރުފިޔާ ދައްކައިގެން 25 އަހަރުން އަގު ހަމަކުރެވޭނެއެވެ. -/4800 ރުފިޔާ މަހަކު ދައްކާނަމަ 20 އަހަރުން އަދި -/6400 ރުފިޔާ މަހަކު ދައްކާނަމަ 15 އަހަރުން ފްލެޓްގެ އަގު ހަމަކުރެވޭނެއެވެ.
ރައީސްގެ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫން ސޮއިކުރައްވައި އޮކްޓޯބަރު، 17، 2018 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ކަމަށް އާއްމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ކަނޑައެޅުން ރަނގަޅު ކަމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ޞާލިހް މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ފިނިޝިން މަސައްކަތް ނުނިންމައި ހިޔާ ފްލެޓްތައް އެންމެ އަގުހެޔޮކޮށް ކުއްޔަށް ދެވޭނީ މަހަކު -/11000 ރުފިޔާ އަށް ކަމަށެވެ.
ރައީސް ޞާލިހްގެ ސަރުކާރަށް ދެއަހަރާއި ތިން މަސް ވެގެން ދިޔައިރު އަދިވެސް ހިޔާ ފްލެޓްތައް މީހުންނާއި ހަވާލެއް ނުކުރެވެއެވެ. ރައީސް ޞާލިހްގެ ސަރުކާރުން ފްލެޓްތަކުގެ ހައްޤުވެރިން އަލުން ހޮވާފައި ވާއިރު މިހާރު ގިނަ ބަޔަކު އަންނަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓާއި ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ކުރަމުންނެވެ.
ތިޔަ ފުލެޓު ތަކެއް އަޅާތީ މާލޭ ބިންވެރިން ޔާމިނު ދެކެވަރަކައްރުޅިއައިސް މާލޭގެ ތާއީދު ގެއްލުވާލީ 7000 ފުލެޓުހައްގުވެރިންނައް ދީނިމޭ އިރު ތިގެން ބޮޑުބައެއް ބިންވެރިން ނައްލިބޭ އެއީ މުޅިންވެސް ކުއްޔައްދޭނެ ތަންތަން ސުވާލަކި ކީއްވެހޭ ދަތިހާލޭ ކިއައިގެން ހޯދާ ފުލެޓުތައް ބޮޑުއަގުގަ ކުއްޔައްދީފަ އަމިއަލަގެދޮރުގަ އެތިބެނީ އަނެއްބަޔަކު ކުއްޔައްދީފަ ގޮސް ލަންކާޢިން ގެ ކުއްޔައްހިފައިގެން ތިބެނީ....!!!!!!!!
ތިޔަބޭފުޅުން ބައްލަވާ ޑިމޮކްރަސީގަ މިވާގޮތަކީ ރައްޔިތުމީހާ އަޅުވެތި ރައްޔަތުން ހޮވާފަ ތިބޭ ބަޔެގެ އަޅުވެތިކަމައް މިދަނީ ބައްލަވާ ބޯލާފެންކޮޅައް ދަންދެން ރުފިޔާ މަސައްކަތައް ކުރިޔަސް 6% ޖިޒީ ދެންބޯހިޔާވަހިކަން ގެސްޓުންގެގޮތުގަ ދިވެހި ރައްޔިތުން އުޅެން ކުއްޔައް ގިނަ މީހުން މިއުޅެންޖެހެނީ ރެފުއުޖީންގެ ގޮތުގަ ސަރުކާރު މިހިންގަނީ ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާ އިންނޭ ބުންޏަސް ދޮގަކައް ނުވާނެ އެކަމަކު ރައްޔިތުމީހާޔައް ޙިދުމަތެއް ނުލިުބިމިދަނީ އެހެންވީމަ ކާބަފައިންގެ އިރު މާ އަރާމް ކޮއް ފާގަތި ކަންމަތީގަ ދިރިއުޅެމުން އައި ރައްޔިތުންތަކެއްމީ ދިވެހި ރައްޔިތުންނަކީ މއަދު ކަރުނަ އަޅާނުލާމީހަކު ނޫޅޭބުންޏަސް ދޮދަކައް ނުވާނެ އެކަން އަނގޭ ނޫންތޯ ޑޮކްތަރުންގެ ހޯދުންތަކުން ހިތުގެ ބަލި މިގައުމުގަ އެންމެ ގިނައީ އެއީ ސަރުކާރުން ހިއްދަތި ކޮއްފައި ތިބޭބަޔަކައް ވާތީ ކަމައް ލަފާކުރެވެނީ
ހިސާބުޖަހަން ނޭގެ މީހުން. ކިހިނެތް ޕްރޮޖެކްޓެއް ހިންގާނީ މިމީހުން.
އެ.ޑީ.ޕީ މީހުން ޤަބޫލުކުރަން ބޭނުން ނުވިކަމުގަވިޔަސް ރައީސް އަބްދުﷲ ޔާމީން ވަރެއް ނެތް.
25 އަހަރޭ...
10 އަހަރުން 2 ގުނަ ޕްރޮފިޓް ލިބިގެން އަނެއްކާ 2 ވަނަ ފްލެޓް ބަރިތައް އަޅާލެވޭނީ
ޕިންކީސް ވިސްނަބަލަ
ޕޕމ ވެރިކަމުގައި މާލޭ ގްރޭންޑް އަދި މާލޭ ސްކެއަރ އަށް ކަންތައްވީގޮތް ... އިބުރަތަކަށް ނުވޭތޯ! ހަދާނެ ގޮތެއް ނޭނގިގެން އެންމެ ފަހުން 2 މިލިއަނަށްވުރެ ބޮޑުކޮށް އެތަންތަން ވިއްކާފަ އެހެރީ...
ގޮއްރީންދުލޭމެން ހަމަ އެކަނި ތަޅަނީ ފޮނި އަނގަ. ޕެއްއްއްއް
މާޒީގެ ރައީސުން ގެ ނުބައި ވާހަކަ ދައްކައިގެން މުސްތަޤްބަލްގެ ޒިންމާއިން ރެކޭ ސަރުކާރު . ހުރިހާ ކަމެއް ކޮށްދޭން ވަޢުދުވެގެން ވެރިކަން ލިބުމުން ކުރީގެ ވެރިކަމުގެ ސަބަބުން އެއް ކަމެއްވެސް ނުކުރެވިގެން އުޅެނީ ކަމަށް ބުނާ ސަރުކާރު . 3 އަހަރު ވާ އިރުވެސް ވާއުދުވުން ނޫން ކަމެއްް ނުވާ ސަރުކާރު 2 އަހަރުގެ ބަޖެޓް ތަޅާ ދުމަށް ދުއްވާލި އިރު ލޮނުޒިޔާތް ކޮޅު ޕާކު ފިޔަވައި ކުރި އެއްވެސް ކަމެއް ފެންނަން ނެތް ސަރުކާރު . މީ ކޮން ސަރުކާރެއް؟
ޥަރައްބޮޑުވަގެއްތިޔައީ
ހަމަހިނިއަންނަނީ
ކޮންމެ ބަޔަކުވެސް ރައްޔިތުންގެ ޖީބުން ކޮންމެސް ސިފައެއްގައި ވައްކަން ކުރުން،، ނަމުން އަދުލު އިންސާފު ކަމުން ބޭއިންސާފު !
ކޮންބޭންކަކުން އިންޓަރެސްޓް ނުލައި 15 އަހަރުން 25 އަހަރުން ތިގޮތަށް ފައިސާދައްކަން އެއްބަސްވަނީ
1.16 މިލިއަނުގެ ލޯނެއް ބޭންކުން ނެގީމަ އަނބުރާ ދައްކަންޖެހެނީ ހަމަ އެވަރުތަ؟؟ އިންޓަރެސްޓަށް ތީގެ 2 ގުނަ އަރާކަމެއް ނޭގޭތަ
ކޮންމެ ބަޔަކުވެސް ބަލަނީ ރައްޔިތުންގެ ޖީބުން އެތިކޮޅެއް އެމީހުންގެ ޖީބަށްވެސް ލެވޭތޯ ؟
ކަލޯ ޔާމީން ޕްރޮމޯރޓް ކުރަން ހާދަވަރެކޭ ތިހުންނަނީ. ބަލާބަލަ ޗައިނާ ސަރުކާރުގެ ލޯންގައި ހެދި 1000 ފްލެޓަށް. ހުންނަނީ 3 ކޮޓަރި 2 ފާޙާނާ. ކުއްޔަކީ 7000 ރުފިޔާ. މެއިންޓަނަންސް ފީއަކީ 350 ރުފިޔާ. 25 އަހަރުން ރައްޔިތުމީހާ 2.2 ދައްކަންޖެހޭ. ކުލި ކަޑައެޅީ ވަހީދު ސަރުކާރުގައި. އޭރު ހައުސިން މިނިސްޓަރަކީ ފޮނި ކަޑާ މުއިއްޒު. ކީއްވެބާ އޭރު އެއަގުގައި ހެދި ފްލެޓްތަކެއް 3500 ރުފިޔާއަށް ނުދެވުނީ. ދެން ކިހިނެއް ހިޔާފްލެޓްތައް ހަމައެކަނި އެޕާރޓްމަންޓަކަށްޖެހޭ އަދަދު 25 އަހަރަށް ބަހާލައިގެން ދައްކާނީ. ކޮބާ ލޯނުގެ އިންޓަރެސްޓް. ބިމުކުލި. އެޗްޑީސީއަކީ ވިޔަފާރި ކުންފުންޏެއް. އެމީހުންވެސް މުވައްޒަފުންނަށް މުސާރަދޭންޖެހޭ. ހުޅުމާލެ ބަހައްޓަންޖެހޭ. ހުރިހާ ރައްޔިތުންނަށްވެސް އޮންނަންޖެހޭނީ އެއްގޮތް
ކޮންމެ ކަމެއްވެސް ރައްޔިތުން ނިކުމެ ތަޅައިގަތީމަ ހަމަޔަކަށް އެޅޭ ސަރުކާރު. ފުލެޓްތަކުގެ ހަމަ އަގުވެސް މިއެނގުނީ އަދިކިރިޔާ. ރައީސް ޔާމީނަކީ ހިސާބުޖަހަން ދަންނަ މޮޅު މާލިމީއެއް. މިގައުމު ފަނާ ނުވަނީސް މިގައުމުގެ ވެރިންކަން ރައީސް ޔާމީނާ ޙަވާލުކޮށްދީ....
ރައްޔިތުންނަށް ކަންތައް ކޮށްދެވޭނީ ހިތްވަރު ގަދަ ލީޑަރުންނަށް އަދިވެސް. ކުރީ ސަރުކާރުގެ ޕްރޮޖެކްޓްތައް ގިނަކަމުން އެކަމުން ސަލާމަތް ނުވެގެން އެކަން ހަމަޖައްސަންވީ ގޮތެއް ނޭނގިގެން މި އުޅެނީ. ކަންކުރަން އެނގޭ ބަޔަކާ ހަވާލުކޮށްފައި އެންމެން އިސްތިއުފާދިނިއްޔާ މިވަގުތު ގައުމަށް ރަނގަޅީ.
ޕީޕީއެމް ޕީއެންސީގެ މަސައްކަތް ކާމިޔާބު! ސާބަސް
ތިޔައީ މަކަރުވރިކަމާއި އެކު ހހިލާފައި އޮތް ފުއްގަނޑެކެވެ
މިއީ މަކަރުވެރި ސަރުކާރެކެވެ.