23:11

22:11

މިއަދު ރާއްޖެ އިން 184 މީހުން ފައްސިވެއްޖެ.

21:45

ފުވައްމުލައް ސިޓީން އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

21:17

ކޮވިޑް-10 އާ ގުޅިގެން ށ. އަތޮޅު މިލަންދޫއަށް އަރާ ފޭބުން މަނާ ކޮށްފި

21:11

ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލާން ސްރީލަންކާ އިން ނިންމައިފި.

19:53

އައްޑޫސިޓީ ހުޅުމީދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

18:27

15:13

ވެރިރަށް މާލޭ ކޮވިޑް-19 ގެ ހާލަތު މިހާރު ވަނީ ކޮންޓްރޯލްއިން ނެއްޓިފައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ.

14:34

އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ރާއްޖެ އިން 139 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

14:02

ފުލުހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ.

13:35

މާލެ އާއި ރާއްޖޭގައި ވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިގެން އަންނަ އިރު، މާލޭގެ ހާލަތު މިހާރު އޮތީ ފުރަބަންދު ކުރާ ހާލަތެއްގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ.

12:55

 


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު 100 އަށްވުރެ މަތީގައި ހުންނަތާ މަސް ދުވަސް ވެގެން ދިޔައިރު މިހާރު ވެސް ފެންނަ މަންޒަރަކީ ސިޔާސީ މަގާމުތައް އަދާކުރައްވަމުން ގެންދަވާ ބޭފުޅުން އެޗްޕީއޭގެ އުސޫލުތަކަށް ތަބާނުވާ މަންޒަރެވެ.

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންތަކެއް ޕާޓީއެއް ބޭއްވިތާ ގިނަ ދުވަސްތަކެއް ނުވަނީސް ހޯމް މިނިސްޓްރީގެ އެންމެ އިސް ސިޔާސީ މުވައްޒަފުންތަކެއް ވެސް މިވަނީ ޕާޓީއެއް ބާއްވާފައެވެ. މަތީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުން އެޗްޕީއޭގެ އުސޫލުތަކަށް ތަބާނުވި ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް ނާޅައެވެ.

ފާއިތުވި އެއްމަސް ދުވަސް ތެރޭގައި އެންމެ ދުވަހަކު ފިޔަވައި އެހެން ހުރިހާ ދުވަހަކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ހުރީ 100 އަށްވުރެ މަތީގައެވެ. ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު 108 މީހުން ފައްސިވި ފަހުން އެންމެ މަދުން މީހުން ފައްސިވީ ފެބްރުއަރީ 02 ވަނަ ދުވަހު އެވެ. އެދުވަހު ވެސް 99 މީހުން ފައްސިވިއެވެ. އެންމެ ގިނަ މީހުން ފައްސިވީ ފެބްރުއަރީ 01 ވަނަ ދުވަހު އެވެ. އެދުވަހު 215 މީހުން ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން ހަރުކަށި ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެއް ނާދެއެވެ.

ކޮވިޑް-19 އާއި ގުޅުން ހުރި އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޯގޯސް

  ކޮވިޑް ގިނަ ކޮއް މަދު ކުރަނީ ތިޔަ އެޗްޕީއޭއަ ކުން ސޯލިބޭގެ ވެރި ކަން ދަމަހައްޓަނީ މައިމޫނާ މި 5 އަހަރު މިހާލުގަ ރައްްޔިތުންތަޅުވާނީ ކިރިޔަ ކިރިޔަ ހެލިހެލި ނުވެއްޓި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިން ދަތެ ކޭ ސޯލިބެޔެ ކޭ ނެތްތަފާތެއް

 2. މޫސަ

  ތަބާ ނުވާނެ ތަ އެމީހުން ވިއްޔާ ގައިޑް ލައިން ހަދަނީ.

 3. ޢަލިބެ

  ސިޔާސީމީހުންނަށް ކޮވިޑްގެ ނުރައްކަލެއް ނޯންނާނެ. އެޗް.ޕީއޭ.އިން އެގޮތަށް ނިންމާފައޮތީ. އަޖާބުވެދާނެ. ކޮބާތަ ޕަބްލިކް ހެލްތް އިންތިޒާމުކުރާ ބޮޑު މީހާ. ދެން ގިނަމީހުން ޕޮޒިޓިވްވަނީ އަންގާގޮތަށް ނޫޅޭތިއްޔޭ ކިޔާފަ ބަންދުކޮށް އާންމުންނަށް އުނދަގޫ ޖައްސަންވީނު.

 4. ޖަޒީރާމަނިކު

  ކޮވިޑް ފައްސިވާމީހުން ގިނަވަންޏާ އުފާކުރާ ބަޔަކުވެސް ތިބޭނެ. މުސާރައިގެ އިތުރުން ދުވާލަކަށް 1000ރުފިޔާ، 500ރުފިޔާ ލިބޭމީހުނަށް ރަނގަޅުވާނީ ކޮވިޑް އަބަދުވެސް އޮތިއްޔާ.

 5. ކޮވިޑް

  ކަލޯގަޔާ " ވަގުތު " ނޫހުގެ ދުވަސް ދިޔައީ ކަން ނޭގެ. ކޮވިޑް ވ ވ ރުޅި އަންނާނެ މި ސަރުކާރާ ދިމާއަށް ތިކަހަލަގެ އެއްޗެއް ބުނީމަ، ތިހެން ތިވާހަކަ މާގިނައިން ވަގުތު މީހުން ނުކިޔައްޗޭ ކޮވިޑް މައިމޫނާ ކައިރީގަ ބުނެގެން ރާއްޖެ ގެ އިން ވެސް ނުނިކުމެވޭ ގޮތަށް ކާފިއު އިޢުލާން ކޮށް ފާނެ.