އިންޑިއާއަށް ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް އިންޑިއާ އެމްބަސީއަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅަން ރޭގަނޑުން ފެށިގެން ޖެހިގެން އަންނަ ދުވަހު އޮފީސް ހުޅުވުމާއި ހަމައަށް ކިއުގައި ތިބެން ޖެހޭތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

ކޮވިޑް-19 ފެތުރެމުން އަންނާތީ އިންޑިއާ އަށް ދަތުރު ކުރަން މިހާރު ދިވެހިން ވެސް ދަތުރު ކުރުމުގެ ކުރިން ވިސާ ނަގަން ޖެހެއެވެ. ވިސާ ދޫކުރުމަށް ހާއްސަ ފޯމް އިންޑިއާ އެމްބަސީ އިން ކޮންމެ ދުވަހަކު ހެނދުނު ބަލައި ގަންނަން ފެށުމުގެ ކުރިން ރޭގަނޑު ވަރަށް އިރައިކޮޅުން ފެށިގެން ގިނަ ބަޔަކު ކިއުގައި ޖެހިގެން ތިބެއެވެ.

ވިސާ ހޯދަން އިންޑިއާ އެމްބަސީ ކައިރީގައި ދިވެހިން ކިއު ހަދައިގެން. އިންޑިއާ އަދި ރާއްޖޭގެ ގުޅުން ދުވަހަކު ރަނގަޅު ނުވާ މިންވަރަށް ރަނގަޅު ވެފައި އޮތް އިރު މިފަދަ ދަތިތައް ހުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކިއުގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ވިސާ ފޯމް ހުށަހަޅަން ކިއުގައި ޖެހެން ޖެހެނީ އޮންލައިންކޮށް ވިސާ ފޯމް ހުށަހެޅުނު ނަމަވެސް ލިޔެކިޔުންތަކުގެ އަސްލް އިންޑިއާގެ އެމްބަސީއަށް ހުށަހަޅަން ޖެހޭތީ ކަމަށެވެ.

"ލިޔުންތަކުގެ އަސްލު ހުށަހަޅަން ޖެހޭ ގޮތައް އޮތުން އެއީ ކުރަން ޖެހޭ ކަމަކަށް ވެދާނެ. ނަމަވެސް މިއީ މިހާރު މިކަން އޮންނަންވީ ގޮތެއް ނޫން. ބޭންކްތަކުގައި ޗެކް ޖަމާކުރަން ހުންނަ ޒާތުގެ ފޮއްޓެއް މިތަނުގައި ބަހައްޓައިގެން ވެސް މިކަން ކުރެވިދާނެ ދެއްތޯ. ވިސާ ނަގަން އަންނަ ދުވަހު ވެރިފައި ކުރަން ޖެހޭ ކަމެއް އިތުރަށް އޮތިއްޔާ އެކަމެއް ވެރިފައި ކޮށްލެވިދާނެ. ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ގޮތައް މިކަން ރާވާފައި ވަނީ." ވިސާ ހޯދަން ކިއުގައި ހުރި މީހަކު ބުންޏެވެ.

ވިސާ ހޯދަން އިންޑިއާ އެމްބަސީ ކައިރީގައި ދިވެހިން ކިއު ހަދައިގެން. އިންޑިއާ އަދި ރާއްޖޭގެ ގުޅުން ދުވަހަކު ރަނގަޅު ނުވާ މިންވަރަށް ރަނގަޅު ވެފައި އޮތް އިރު މިފަދަ ދަތިތައް ހުރުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވިސާ ހޯދަން ކިއުގައި ހުރި އިތުރު މީހަކު ބުނީ އުމުރުން ދުވަސްވީ މީހުން ވެސް އަދި ބަލި މީހުން ވެސް އެމްބަސީއަށް ގޮސް ވިސާގެ ކަންކަން ފުރިހަމަ ކުރަން ޖެހޭ ގޮތައް އޮތުމުން ވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނާއި އަދި މާލެ އިން ބޭރުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ފަސޭހައިން މިކަންކަން ކުރެވޭނެ ގޮތެއް ހަމަޖެހިފައި އޮތުން ވަރަށް މުހިއްމު." އޭނާ ބުންޏެވެ.

އޭނާ ބުނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ގުޅުން ދުވަހަކު ރަނގަޅު ނުވާ މިންވަރަށް ރަނގަޅު ވެފައި އޮތް އިރު މިފަދަ އާދައި ކަންކަން ހައްލު ނުކުރެވި ދިއުން މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ވިސާ ހޯދަން އިންޑިއާ އެމްބަސީ ކައިރީގައި ދިވެހިން ކިއު ހަދައިގެން ތިބެން ޖެހޭތީ މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބެއް ނުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް އިންޑިއާ އިން ދިވެހިންނަށް ދިން ހާއްސަ ހުއްދައިގެ ސަބަބުން އެތައް ބަޔަކަށް ވަނީ ބޭސްފަރުވާ ކުރުމަށް ފަސޭހަ ވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ރޮކް1

    މީ ހަމަ އަންނިގެ ވެރިކަމުގަ 2009 ގައިވެސް އިންޑިޔާ އެމްބަސީން ދިވެހިންނަށް ކުރި ޖެއްސުމެއް.. އެމީހުން އަޅުވެތިވާން ޖެހޭކަމަށް ދައްކާ ބިރުދެއްކުމެއް. އެފަހަރުވެސް އެތައް ތުރާލެއް ޖެއްސި ވިސާ ހޯދަން ދިޔަ މީހުންނަށް..

    77
    3
  2. މެކް

    ވ ސަޅި ތީ ތަރައްގީއަކީ ތީ އެކުވެރިންނަކީ

    92
    2
  3. ދަރަނި ދަންތުރަ

    ސާބަހޭ ސާބަހޭ ތިޔައޮތީ ދިވެހިންނަން ހައްގުވާ މިންވަރު ލިބިއިތުރުވެފަ އެމް ޑީ ޕީ ވެރިކަމަށް އަންނަނީ ދިވެހިން ގަނަތަޅުވަންތަ ؟

    80
    2
  4. ޚީކޭ

    ޢިންޑިޔާ އަކުން ދިވެހިންނަކަށް ހެޔޮނޭދޭނެ

    78
    3
  5. ޅަބޭ

    ހެހެހެހެހެހ ތިވަރުގެ ބަޔެއް ދޯ ރާއްޖޭގަ ހޮސްޕިޓަލާ ބުރިޖާ ޕޯޓާއި ސަންދޯން ޖަހައިދޭން އުލެނީ. ވަރައް ސަލާން އިންޑިޔާއައް. އާދޭ ބިރިޔާނީ ކާން!

    80
    2
  6. ހިޔާލު

    ބޮޑުވަޒީރާއި ގުޅިލާމެހިފަ ތިބީމަ މިހެންވެސް ވާނެ، ދެންވެސް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ދެވޭތޯ އެއްމެން މަސައްކަތް ކުރަންވާނެ،

    74
    3
  7. ޢިމްރާނު މަރީ

    އޮންލައިންކޮއް މިކަންވާން އޮންނަ އިރު ގޮސް ކިޔުގަ ޖެހި ބަލިމީހާ ތިތަނައް ގެންދިޔުން އެއީ ކުރެވޭ މަލާމާތެއް ނޫނީ ޖެއްސުމެއް

    64
    4
  8. ކޮވިޑް

    މިވަރުން ވެސް އިންޑިއާ ސަފީރު ހެޕީ ވާނެ . މިގޮތަށް ވެސް މި މިންވަރަށްވެސް އަޅުވެތި ކޮށްލެވުނީމަ.މީ ދޯ އަސްލު މަޤުޝަދަކީ؟ # އިންޑިއާ އައުޓް #

    61
    3
  9. Anonymous

    ކޯބާތޯލަދުފުޅު؟
    މީތޯ އެކުގައި އުދުހޭ ދޫނީގެ ދެފިޔަވީމަ ވީގޮތް.
    އެކުވެރިކާމޭ ކިޔާ އަޅުވެތި ވެގެން އުޅޭ ދަރަޖައަށް ކަންކަށް ދިޔައީމަވެސް މިޙާލަތުތޯ އޮތީ.
    އެކުވެރި ކަމުގެ ޒީރޯ ޓޮލަރެންސްގެ ދަށުން ތޯ ދިވެހިން އެމީހުންގެ އަމިއްލަ ޤައުމުގައި މިފަދަ ނިކަމެތި ޙާލުގައި ޚިދުމަތް ހޯދަން ތިބެން ޖެހެނީ؟

    66
    1
  10. ޒޫނާ އަބްދުލް ވައްޙާބު

    ރައީސް އިބްރާހިމް މުހައްމަދު ސާލިޙަށް / ފޮރިން މިނިސްޓަރު އަބްދުﷲ ސާހިދަށް ، މަނިކުފާނޫ ރައްޔިތުން ނަށް ދިމާވާ މިފަދަ ކަންކަމަށް ހަމަ ފަސޭހައިން ވާނެ ގޮތެއް ނެތީތަ ؟
    އާދޭސްކޮށްފަ މި ބުނަނީ މިކަމަށް ހައްލެއް ހޯދައި ދިނުމަށް ، ދިވެހި ޤައުމުގައި ރައްޔިތުން މިހާ ބިކާރި ހާލު ޖައްސައިގެން ނުވާނެ ، ނުނިދާ ބޭސްފަރުވާ ހޯދަން ވިސާ ހޯދަން އިންޑިޔާ ހައިކޮމިޝަން ދޮށުގައި ވަރަށް ހަޑި ގޮތެއް މީ ހުރިހާ ކަމަކުން ޖެއްސުން ނުކުރައްވާ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަކަށް ކަންކަން ކުރުމަށް މަނިކުފާނަށް ދަންނަވާލަން

  11. ހިޔާލާ

    އަމިއްލަ ގައުމުގަ އަމިއްލަ ފަސްގަނޑުގައި އިންޑިއާ ފައިދަށަށް ވެއްޓެން ޖެހުމަކީ އަޅުވެތިކަމެއް ނޫންބާ، ދިވެހިން ވިސްނާކަށް ނުވޭބާ.

  12. އެމަންޖެ

    އަންނިމެން ބަލަނީ އިންޑިޔާއާ ގުޅިގެން ދިވެހި ދައުލަތް ބަނޑު އަޅާލެވޭތޯ...ރައްޔިތުންނައް ފަސޭހައެއް މަންފާއެއް ހޯދައިދޭކައް ދުވަހަކުވެސް ނޫޅެ.

  13. ހުސާމް

    އިންޑިއާއަށް ބަދު ބަސް ބުނީމަ ރުޅިއައިސްގެން އިންޑިއާ ސަރުކާރުން ދީފައިވާ ލޯނުތައް 24ގަޑިއިރު ތެރޭގަ ދައްކންޖެިދާނެ

  14. ލަންސިމޫ

    ސާބަހޭ އަންނިއަށް
    މީ 80 ގެ އަހަރުތަ؟؟؟؟ ކޮބައިތަ ލަދުވެތިކަން
    މޭތަ ތިބުނާ ރާއްޖެ އަށް ހެޔޮ އެދޭ އިންޑިއާ...

  15. މަސްތުމަސްތުޗީޒުބަޅީހޭ

    އަދި ކިރިޔާ މިފެންނަނީ ދިވެހިންގެ އަސްލު ފެންވަރު އެމީހުން ކުރިމަތީގަ

  16. ބޮލި މުލައް

    ކޮބާ ސާހިދޫ ދެން ނުކުމެ ހިންދީބަހުން ވާހަކަދައްކާފަ ގެރިއަށް ތައުރީފުކުރޭ

  17. މޭދޯސްތުތާހ

    އަހަރެންނަކީ އެއްދުވަސްވަރެއްގަ އިންޑިޔާ އެމްބަސީއާ ވަރަށް ގާތް މީހަކީމެވެ. ވަރަށް ހިދުމަތްވެސް ކޮށްދިނީމެވެ. ނަމަވެސް އެމީހުންގެ ކަލްޗަރަލް ސެންޓަރުގައި ހިންގި އައްޗިކަމެއް ފަޅާ އަރުވާލީމާ ކުއްލިޔަކަށް އަހަރެން ނުބައިކޮށްފިއެވެ. ދެން މަށަށްވެސް ޖައްސަންއުޅުނީ ތިހާލެވެ. އަހަރެން ސަލާމެވެ. ބަލިވެގެން ވެއްޓުނަސް އިންޑިޔާއަށް ސަލާމެވެ.
    މޯލްޑިވިއަންސް، ބޯއިކޮޓު އިންޑިޔަން ވާކާސް. ނޯ ވިސާ ޑީޕޯޓް އިސްޓާޓް

  18. ޒަބީބު

    ދިވެހި ދައުލަތުގެ ބަޖެޓްގެ އެންމެ ބޮޑު އަދަދެއް ހިމެނިފައި އޮންނަނީ އާސަންދަ އަށް. މި ބަޖެޓުގެ އެންމެ ބޮޑު އަދަދެއް ޚަރަދު ކުރެވެނީ ސަރަހައްދުގެ ޤައުމުތަކުގެ ހޮސްޕިޓަލް ތަކުން ހޯދާ ޚިދްމަތްތަކަށް - ޚާއްސަކޮށް އިންޑިއާގެ ހޮސްޕިޓަލް ތަކުން ހޯދާ ޚިދްމަތަށް. ވީމާ ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓްގެ އެންމެ ބޮޑު ނަފާ ލިބޭ ފަރާތަކީ އިންޑިއާ. މިކްމުގެ އެނެމ އަލިގަދަ ހެއްކަކީ އިންޑިއާގެ ޓްރިވެންޑްރަމް. ދުނިޔޭގެ އެހެން ޤައުމުތަކުގައި "ލިޓްލް އިންޑިއާ" އޮންނަގޮތަށް މިއަދު ޓްރިވެންޑްރަމް އަކީ "ލިޓްލް މޯލްޑިވްސް" އޭ ބުންޏަސް ދޮގަކަށް ނުވާނެ ކަންނޭގޭ! އެހެން ނަމަވެސް އިންޑިއާއިން ދިވެހިން އެޚިދްމަތް ބޮޑު އަގުދީފައި ހޯދަން އިންޑިއާއަށް ދާން ވިސާ ދޫކުރުމުގައި އިންޑިއާއިން އަބަދު ވެސް ދިވެހިންނަށް ދައްކަމުން ދަނީ އަޅުވެތިކުރުމުގެ ސިފަ. ދިވެހިންނަށް ހަނދާންކޮށްދެމުން ދަނީ ދިވެހިންގެ އަގެއް ނެތްކަން. އިންޑިއާއިން ޤަބޫލުކުރާކަހަލަ ދިވެހިރާއްޖެއަކީ އިންޑިއާގެ ބާރުހިންގާ އިންޑިއާގެ ކުޑަ ސްޓޭޓެކޭ. އިންޑިއާ އެމްބަސީ އިން ދިވެހިން ކިއުޖައްސައިގެން މަގުމަތީގައި ރެއާއި ދުވާލު ބައިތިއްބައިގެން ދައްކަމުންދާ މިސާލަކީ ގަވަރުނަރުގެ އޮފީސް ކައިރީގައި ކިއު ޖައްސައިގެން ތިބޭ ޒާތުގެ މިސާލެއް. ކުރިޔާ ޚިލާފަށް މިހާރު ދިވެހިން އެމްބަސީ ކުރިމަތީގައި ކިޔޫ ޖެއްސުމުގެ އިތުރުން މުޅި ދިވެހި ޤައުމުގެ އެތަން މިތަނުގައި އިންޑިއާގެ އަސްކަރީން ވެސް ވަނީ ބައިތިއްބައިފައި. ކަނޑުފަޅު ސާރވޭ ކުރުމުގެ ނަމުގައި ދިވެހި ކަނޑުފަޅުގައި ޤުދްރަތީ ވަސީލަތްތަކުގެ ޚަޒާނާ އާއި ބެހޭ މައުލޫމާތް އެއްކޮށް ދިވެހި ދައުލަތުގެ އިސްތިގުލާލު ވަނީ ކަބްޒާކޮށްފައި. އަދި ނުވީތަނަކަށް ދަރަނި ދަންތުރައެއް ވަރަށް ސިސްޓަމެޓިކް ގޮތެއްގައި ރާވައިގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ވަނީ ރަހުނަށް ލާޖައްސަފައި. ދިވެހިރާއްޖޭގެ ސިޔާސީ ވެރިން ތިބީ އިންޑިއާ ފަރސްޓް ޕޮލިސީގެ ދަށުން ލިބިފައިވާ ޔަޤީން ކަމުގެ ދާންތަކުގައި އަރާމުގައި ވެޑުވިލައިގެން އާ ދައުރުތަކުގެ އަހަރުތައް ގުނާލަ ގުނާލަ. އެހެން ނަމަވެސް ދިވެހި އާދައިގެ ރައްޔިތުން ތިބެން ޖެހެނީ ގަވަރުނަރު އޮފީސް ކުރިމަތީގައި ބިންމަތީގައި ބޯކަރުދާހު ފޮށި ފަތްޖަހައިގެން ދޭއަވީގައި، ވެހޭ ވާރޭގައި ކިއުޖެހިގެން މެއިން ލޭންޑަށް އެރުމުގެ ވިސާގެ އިންތިޒާރުގައި. ވާވާ މިއޮތީ ޤައުމެއް!

  19. Anonymous

    އެތާ ކިއުގައި ޖެހުން މީހެއްގެ ހައިސިއްޔަތުން ހިއްސާކޮއްލާނަން،، މީހުން ކިޔުގައި ޖެހުމުގެ އިތުރުން އެތެރޭގައިވެސް އެހާ އިރުވޭ އެތަނަށް ހިދުމަތް ދިނުމަށް ލާފަ އިންނަނީވެސް އެންމެ ސްޓާފެއް 65 އަހަރު ނުވަނޏާ ޕޭޝަންޓުންވެސް ގެންދަން ޖެހޭ ޑރ. ލިޔުން ލިޔަސް އަދި ފޯނު ނުވެއްދެނީވެސް ހަމަ އެކަނި ދިވެހިންނަށް

  20. ޢަހުކަޕެޓް

    ކާޕެޓް ޝާޑުގެ ދެއެތި ހިފައިގެން އުދުހޭ ގަޑި މިޖެހުނީ

  21. މުހުންމަދު

    މިހާރު ތިދަނީ ބަރާޞަރަށް. ޢިންޑިޔާސަރުކާރުން ބޭނުންވާނީ ދިވެހިން ކަކުލުހުޅުން ބިންދާފައި ބައިތިއްބަން. ދެންބާރަށް އަށްޖަހާ

  22. ފުތާބެއްޔާ

    ކިތައްމެ އާބާދީ ބޮޑުވެފަ އެކޮނަމީ ކުރިއެރިޔަސް އިންޑިޔާ ވާނީ އިންޑިޔާއަށް.

  23. ބޯކިބާ

    ޗައިނާ ވިސާހޯދަން ކިއު ހަދަންޖެހޭނީ އެއްދުވަހު، އަނެއްދުވަހު އިންނާނީ ބޯދިއްކޮށްލީމަ އޮޓޯއިން ވިސާޖެހޭ ފެންވަރުގެ ސިސްޓަމެއް ބަހައްޓާފަ. ތާޑުވޯލްޑު ގައުމެއްގެ ތައްޕާހުގަ އުޅޭއިރު ތިކަހަލަ ދަތިތައް ދިމާވާނެ.

  24. ނަތީޖާ

    އިންޑިއާ އައުޓްއޭ ގޮވީމައި ހުރިހާ ގެއްލުމެއް ލިބޭނީ ނިކަމެތިންނަށެވެ. ތިވަނީ ކުޅަނދުރު ހަތަޔަށް އޮށްގާ އުކީމައި ވާނެގޮތެވެ.

    1
    2
  25. އަޙްމަދު

    މިހާރަޙްމަތްތެރި ޤައުމަށް ދާން ދިވެހިން މިޖެހެނީ އާދޭސްކޮށް ސަލާން ޖަހަން! އެމީހުން އަންނަންވީމާ އަމައަންނަންވީ! މީކޮންކަހަލަ އިންސާފެއްތ؟

  26. ސްކިޕަރ2323

    މިއީ ދިވެހި އެމްބަސީގެ ބުޑުގައި ކިއޫގައި ތިބި އިންޑިއާ މީހުންނަމަ އިންޑިއާ މީހުންގެ ހައްގުގައި އެއުޅޭ ކެނެރީގޭ ނަޝީދު އޮންނާނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދާފައި. ރައްޔިތުން އެބަޖެހޭ އެމް.ޑީ.ޕީގެ ހަގީގަތް ދެނެގަންނަން

  27. ާަަައަމިއްލައެދުން

    ޢިންޑިއާ މީހުންނައް މިހާރުވެސް ރާއްޖެއައް އާދެވެ ބޭނުން އިރަކު، ބޭނުންކަމަކު، އަދި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންނައްވެސް ބޭނުންއިރަކު އެމީހުންގެ ރަށައްގޮސް އަނބުރާ ރާއްޖެއައް އާދެވޭ، އެކަމަކު ދިވެހިންނައް މަނާ އިންޑިއާއައްދިއުންވެސް، ބޭސްފަރުވާއަކައްވެސް ހުއްދަނުދޭން އެމީހުން ފައިވިއްދާ ނުލަހަކު، އިންޑިއާގަ ހުރި އެހެންގައުމެއްގެ އެންބަސީއަކައް ވިސާނެގުމައް ދާންޖެހުނަސް ދިވެހިންނައްވީމަ ހުއްދައެއް ނުދޭ، ކިހާ އިންސާފުވެރި. އިންޑިއާ ހައި ކޮމިިށަނުގަ ތިބޭ އާލާތުންވެސް މައުލޫމާތެއްނުދޭ ތަނުގަ، ދިވެހިންނާދޭތެރޭ އެހާހަސަދަވެރިވޭ.

  28. ރާއްޖެ

    މިއީ އެންމެ ގާތް އެކުވެރިކަން، ހިތާއި ހިތުގެ ގުޅުން، އިންޑިއާ ފަސްޓް ޕޮލިސީ. ޝުކުރިއްޔާ.

  29. ޞާރި

    ތި އޮތީ ބުރިޖް ވެސް އެޅިފަ ... ތީ ކަލޭމެން ގެ ފެންވަރު

  30. ކުޑަކާށި

    ޖަޒީރާ ކުރާއިރުތިހެންވެސްވާނެ ޖަޒީރާވީމާ ނުޖެހޭނެ ބޭސްކުރާކަށް ފަންވަތެއް އެޅީމަނިމުނީ....

  31. ޒާ

    މީ އަބުﷲ ޝާހިދު އެބުނާ އިންޑިއާ މޯލްޑިވްސް އެކުގާ ފިޔަޖެހުމަކީ. ގުޅުން ބޮޑުއިރު ދިވެހިންނަށް މިހާލު ޖެއްސުން ލަދެއް ނުގަނޭދޯ؟

  32. ކުރޭ

    ނުދާށޭ އިންޑިޔާއަށް

  33. ބަކުރުބެ

    ތީ ދިވެހިންގެ ސައިޒަކީ . ޖޭ ހިންދް މައި ސަރުކާރު . ދެން ލަލަލާ

  34. ދިވެހި

    ކޮބާ؟ އަދިވެސް އަތްޖހާ ބާރަށް ފަހަތުން ހިނގާ ފުރަތަމަ އިންދިޔާ ކިޔާ އަނގަ ހުޅުވާ ޝާހިދު؟؟؟

  35. ލޯބިވާ ވަޠަން

    މިކަމުން ދައްކުވައި ދެނީ ދިވެހީން ނިކަމެތި ކުރުމަށް ކުރާ މަސައްކަތް. މިކަމުން އަރައިގަންނަން އެންމެން އަތުކުރި އޮޅާލާ މަސައްކަތް ކުރަންޖެހޭ. އެކަން ކުރެވޭނީ އަހަރަމެންގެ ގައުމުގެ ކެޕޭސިޓީ އިތުރުކޮށް މިފަދަ ފަރާތްތަކަށް ބަރޯސާވާ ބަޔަކަށް ވެގެން. ޤައުމުގެ ވެރިން އެމަގުން މަސައްކަތް ކުރަންޖެހޭ. ދޫނީގެ ފިޔަ އޭ ކިޔާފަ އެވެރިން ވިލާތަށް އުދުހުނަސް ރައްޔިތުން ތިބީ ވ ނިކަމެތި ހާލުގަ.

  36. ރައްރިތުމީހާ

    ދިވެހިން ކަންބޮޑުވުން ފާޅުކުރަނީ މިހެންވީމަނޫންތޯ؟ ހަގީގައް ފެންނަން މިހިރީ. ދެންވެސް ރޮޒޭމެން ބުނާނެ އެމީހުން އެދައްކަނީ ހޮޅިވާހަކައޭ.

  37. އިޚްލާސް

    މީ އިންޑިޔާއާ ނުލާ ދިވެހިންނަށް ނޫޅެވޭނެކަން ދައްކަން ގަސްތުގަ ކުރާކަމެއް. އެކަމަކު އަވައްޓެރިންނޯ. ބޭސްފަރުވާއަށް އިންޑިއާއަށް ދިވެހިން ދާން ނުޖެހޭވަރު ކުރަން ބޮޑު އިމާރާތެއް ހުރީ އަޅާފަ. ކީއްވެތޯ އިންޑިއާއަށް ބަރޯސާވުން ނިމުމަކަށް ނުގެނެވިގެން މިއުޅެނީ. މީ މިނިވަން ގައުމެކޭ