ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކުގެ ޚާއްސަ ގާނޫނު އެކުލަވާލުމަށް އެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާ އެކީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ފެށި މަސައްކަތު ބައްދަލުވުންތަކާއި އެ ގާނޫނުގެ އަމާޒަކަށް ވާނީ ދުނިޔޭގެ ފެންވަރަށް މި ވިޔަފާރި ގެންދިއުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތެއް ކުރުމަށް ރައްޔިތުންގެ މަޖިލީހާއި ބަންޑާރަ ނައިބުގެ އޮފީހާއި ކަމާ ބެހޭ ވުޒާރާއާއި ގުޅިގެން މިފަދަ މަސައްކަތު ބައްދަލުވުންތަކެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުންތައް ކުރިއަށް ދާނީ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާއި ބަންޑާރަ ނައިބުގެ އޮފީހާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެނެވެ. މި ބައްދަލުވުމަކީ ރައީސް ނަޝީދުގެ އިސްނެންގެވުމަށް ފެށްޓެވި މަސައްކަތެކެވެ.
މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ މަގްބޫލް އެއް މަންޒިލަށް ވާއިރު، މިތަނަށް ފަތުރުވެރިން ގެންނަ އެޖެންސީތަކަކީ ދިވެހި އެޖެންސީތަކަށް ނުވާން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"މި މަޖިލީހުގެ ބޭނުމަކީ ފަތުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރާނެ ގޮތެއް ހޯދައިދިނުން. މި ބައްދަލުވުމަކީ އަޅުގަނޑުމެން އެންމެން އުއްމީދު ކުރާ ގޮތުގައި ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓުންގެ ވިޔަފާރި ދުނިޔޭގެ ފެންވަރަށް ގެންދިއުމަށް ކުރާ މަސައްކަތެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދު މި ކުރާ މަސައްކަތުގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކުގެ ޝަކުވާ އަޑުއިވިގެން ދާނެ ކަމަށާއި އެހެންވިޔަސް އެ ޝަކުވާތައް ހަމައެކަނި އިވިގެން ނިންމައިލެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ކަންކަމަށް ހައްލެއް ގެނައުމަށް ގާނޫނުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކަނޑައަޅަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބުއްޅަބޭ ގާތްވެއްޖެތަ............ ޓުއާ އޮޕަރޭޓަރުންގެ ދުވަސް ތި ދިޔައީ!
ހުރިހާއެއްޗެއް މިހަދަނި އެމެރިކާ އިގިރެސިވިލާތު ސްޓޭންޑަޑަށް. ދުނިޔޭގެ ފެންވަރަށް ތިޔަހަދާ ގާނޫނުތަކާއި ދުނިޔޭގެ އެންމެ ކުރިއަރަފަި ހުރިގައުމުތަކުގާ ހުންނަ އެޑްމިން ދިވެހިގައުމުގާ ހެދުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ކުރިއަރާފަ ތިބި ގައުމު ތަކުގެ ފެންވަރަށް ދުވަހަކުވެސް ދިވެހިރާއްޖެ ވާސިލެއްނުވާނެ. އެ ގައުމު ތައް އެ ހިސާބަށް ދަތުރުކުރިކީ އެފަދަ ގަނޫނުތަކާ އެފަދަ އެޑްމިން ހަދައިގެނެއްނޫން. އެންމެ އުހަށް އެރުމުންއެހެން މީހުން އުހަށް އެރިޔަ ނުދިނުމަށް މަސައްކަތް ކުރެވެމުންދަނީ.ކުދިގައުމުތަކަށް ލިބެ ކުޑައާމްދަނި ބަހަ ހުސްކޮށް ތަރައްގީ ވިޔަ ނުދޭނެ މަސައްކަތް ކުރެވެމުން މިދަނީ.
ތީނަގެއިސް ނެއްގެއުމެއްނަމަ ތީގަ ޔަގީނުން ވެސް އޮއްނަނޭ އަޑިނެގޭ ކަންތައްގަނޑެއް
ދިވެހިރާއްޖޭގެ ޤާނޫނު އެބޮތްބާ؟ އަދުލު އިންސާފަ ނެތްތަނެއްގައި ޤާނޫނެއް އޮންނާނެބާ؟
ކަލޭ ހެދި މުޒާހަރާ ގާނޫނާ ހެދި މިއުޅެނީ ބޮލާ ނުހޮރުއްޕާންވެގެން. ތިހަދާ ގާނޫނަކުން ތިތަންތަން ބަންދުކޮށްފައި ޖީބުތައް ހުސްވެ ހަސްފަސްނެތިގެން ދާނީ.
ބަލަ ނަޝީދުނޫންތަ ޓޫރިޒަމް ބޮއިކޮޓް ކުރަންވެސް ކުރިން ގޮވަމުން ދިޔައީ.
ދެން ކޮން އޮމާނެއް ކުރާކަށްތަ؟ ލަދުހަޔާތުގެކަންފުޅެއްވެސް ނެތޭ. ޢިސްތިއުފާދީ.