ބާ ކައުންސިލް ހިންގާ ކޮމިޓީގެ ހާޒިރީގެ އެންމެ ފުލުގައި އޮތީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ މެންބަރު އަނަސް އަބްދުލް ސައްތާރު ކަން ބާ ކައުންސިލްގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލްގެ ހިންގާ ކޮމިޓީގައި ތިއްބަވަނީ ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކުރެވޭ އެ ކޮމިޓީގެ ރައީސްއާއި ހަ މެންބަރުންގެ އިތުރުން ބަންޑާރަ ނައިބެވެ. އިންތިޚާބީ މެންބަރުންގެ ދައުރަކީ ތިން އަހަރު ދުވަހެވެ.
ބާ ކައުންސިލްގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޮމިޓީގެ 49 ބައްދަލުވުމެއް ބާއްވާފައިވެއެވެ. ހާޒިރީގެ އެންމެ ފުލުގައިވާ އަނަސް ހާޒިރުވެވަޑައިގެންފައިވަނީ އޭގެ ތެރެއިން އެންމެ 12 ބައްދަލުވުމަށެވެ. ހާޒިރީގެ އެންމެ ފުލުގައި ދެން ހުންނެވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތެވެ. އޭނާ ވަޑައިގަތީ 22 ބައްދަލުވުމަކަށެވެ.
އެންމެ ގިނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ އެ ކޮމިޓީގެ މެންބަރު މުހައްމަދު ފައިސަލް (ކައްޕި) އެވެ. އޭނާ ވަނީ 47 ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެވެ. ދެން ތިއްބެވި މެންބަރުންނާއި ކޮމިޓީގެ ރައީސް މައުމޫން ހަމީދު (މާން) ހާޒިރުވެވަޑައިގެންފައިވަނީ 42 ބައްދަލުވުމަށެވެ.
ބާ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ ހިދުމަތުގެ ދާއިރާ ރެގިއުލޭޓް ކުރުމާއި، ވަކީލުންގެ ސުލޫކީ މިންގަނޑު އެކުލަވާލުމާއި، ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމާއި، ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ޚިދުމަތުގެ ދާއިރާ ތަރައްގީ ކުރުމާއި، ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެންބަރު އިންތިޚާބު ކުރުމާއި، ގާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުގައްރަރާ ބެހޭ ގަވާއިދު ހެދުން ހިމެނެއެވެ.
އެހެން ވެދާނެ ކެމްޕޭނުގަ ބިޒީވީމަ.. އަނެއްހެން ބާ ކައުންސިލަކީ އެއްވެސް އުޖޫރައެއް މެންބަރުންނަށް ކަނޑައެޅިފަ އޮންނަ ތަނެއް ނޫން.. ލިއްﷲއަށް ޓަކާ ކުރާ މަސައްކަތެއްގޮތަށް އޮންނަ ކަމެއްޗީމަ އެތަނަށް ނުގޮސްގެން ކީކޭ ކިޔޭނީ ވަކި
މިވަރުގެ ކަންނެއް މީހެއްތަ މާލޭ މީހުންގެ އިހުސާސްތައް އެނގިގެން މިއުޅެނީ. އަދި ކަމަކަށްވާވަރުގެ ކަމަކަށް ހޮވައިފިއްޔާ އޮތްތަނުން ގުޑާވެސް ނުލާނެ. ރަޖާގަނޑެއް ލައިގެން ބޮޑާވެފައި އޮންނާނީ.
ނުވާ ވަރުން ތަންތަނަށް ބޯ ކޮއްޕަން ޖެހޭތަ؟
ތާހިރެއްނު. އަދި ވެސް އެމްޑީޕީން ހޮވާ މި ކަހަލަ މީހުން
ހުއް މުސާރަ ދީފަ ރައްޔިތުން ހޮވާ މަޤާމަކާ އެއްވެސް އުޖޫރައެއްނެތި ހިލޭ ސާބަހަށް ކުރާކަމަކާ އަޅާ ނުކިޔޭނެ ދޯ.. ބާ ކައުންސިލުގެ އެކްސްކޯ މެންބަރަކަށް ވެގެން ނުވަތަ ބައްދަލުވުންތަކަށް ހާޒިރުވެގެން ލިވޭނެ އެއްވެސް އުޖޫރައެއް އެލަވަންސެއް ނޯންނާނެ.. އެއީ ކޮމިއުނިޓީއަށްޓަކައި ހިލޭސަބަހަށް ކުރާކަމެއް..
މާޒީއަށް ބަލާފަ އެންމެ ރަނގަޅީ އަނަސް މާލޭގެ މޭޔަރުކަމަށް. އަޅުގަނޑުމީ ހަބޭސް ޕީޕީެއެމް މީހެއް. ޢަނަސް ރަނގަޅުވާހަކަ މިބުނީ ވަރަށް ރަނގަޅަށް ވިސްނާފަ.
މިވަރުން ކިހިނެއް މީނައް ވޯޓް ދުވޭނީ .
މީނާ ނުވާނެ މާލޭގެ މޭޔަރަކަށް ހޮވާކަށް
ގޭގައި ނިދަން އޮންނާނީ
ތިއީ ބޭކާރު ދެމީހުން. ރިއްފަތުމެން ހިންގާ ޖަރީމާތައް ބަލަންޖެހޭނެ.
ތިޔަ ވަރުގެ އާދަމްގެ ދަރިއެއް މާލެ މޭޔަރަކަށް ކަމަކު ނުދޭ
ދެންކިހިނެއްތޯ މާލޭގެ މިޔަރުކަން ކުރާނީ މާލޭމިޔަރަކައް ވޯޓްދޭނީ ކިހިނެއްތޯ
މިމީހާޔަށް މާލޭގެ މޭޔަރުކަން ލިބިއްޖެއްޔާ ސިޓީ ކައުންސިލު ލޮލަށްވެސް ނުފެންނާނެ. އަނެއްކާވެސް އިންތިޚާބަކާ ކުރިމަތިވާއިރަށް ގޯންޏަކަށް މެނިފެސްޓޯ ލައިގެން ރައްޔިތުންގެ ގާތަށް ހިނގާނެ.
މާލޭ އެން މެން ވެސް މީނަ މޭގަނޑު ކަމައް ހޮވާތި މިވަރުގެ މީހެއްނެއް
މިވަރު މީހުން މިއުޅެނީ ކައުންސިލަށް ކުރިމަތި ލައިގެން.
އެމްޑީޕީގެ އަދުލު އިންސާފަކީ ތީ، ރައްޔިތުން ހީކުރީ މިބައި މީހުންނަކީ އުޑު އައި މަލާއިކަތުން ފަދަ ސާފު ހުދުފޭރާން ކަމަށް !
އަދިވެސް މަތިހަށިނަގާ މާލޭގެ މޭޔަރ ކަމަށް ކަލޭގެ ލަދުކޮބައިބާ މިހިރީ މިސޮރުމެންގެ ހާލު ، މާލޭރައްޔިތުން މިސޮރު ރަނގަޅަށް މިނެކިރާލާ ، މުއިއްޒު ޖަހާފޮޑީގެ ވަސްޖެހޭ ހިސާބަށްވެސް މިސޮރަށްނާދެވޭނެ ގާބިލްކަމަށް ބަލާފިނަމަ...
ދެން މޭޔަރުކަމަށްވެސް ހޮވަންވީނު؟
ފައިސާ ނުލިބޭނެ ކަން އެގިހުރެ ބާ ކައުންސިލަށް ކުރި މަްތިލީ. ޙޮވާދޭށޭ ވަކިލުންގެ ހައްޤުގަ މަސައްކަތް ކޮށްދޭނަ މޭ ބުނެ އާދޭސް ކޮށްގެން ވަކީލުން އިންތިޚާބު ކުރީ މަ ހަރާންކޯރު ވެފަ އެޔަށްވުރެ މަތީ މަޤާކަށް ކުރި މަތިލީ މަ ވޯޓދީގެން ހޮވާ ރައްޔިތުންގެ ސިކުޑީގެ ހާލަތާ ދޭތެރޭ ސުވާލު އުފެދޭ.