ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް އިންޑިއާ އެމްބަސީ ކުރިމަތީގައި ކިއުގައި ގިނަ އިރު ތިބެން ޖެހޭ މައްސަލަ އަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ވިދާޅުވީ ވިސާ އަށް ފޯމް ހުށަހަޅާ މީހުންނަށް ޓޯކެން ސިސްޓަމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައި ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މެޑިކަލް ވިސާ އަށް ފޯމް ހުށަހަޅާ މީހުންނަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓަމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ހައްލެއް ލިބިގެންދާނެ ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ.

އެކަމަކު، އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާ އަށް ބޭސްފަރުވާ އަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން މިހާތަނަށް 5،000 މެޑިކަލް ވިސާ ދޫކޮށްފައިވާ އިރު، މި އަހަރު އެކަނި ވެސް 2،000 މެޑިކަލް ވިސާ ވަނީ ދޫކޮށްފައެވެ.

"ވިސާއަށް ފޯމް ހުށައަޅުއްވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކާއިމެދު ހިތާމަކުރާހާލު، ވީ އެންމެއަވަހަކަށް މި މައްސަލައަށް ސްޓްރީމްލައިން ހައްލެއް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސާރާސަބާ

    ދޮގުހަދާ ބައެއް. ހަޑިކޮށް ވާހަކަ ދައްކާ ބޮޑާ ބައެއް. ދިވެހިންނަކީ އަޅުންނެކޭ އެއްގޮތަށް އަމަލު ކުރަނީވެސް

    17
  2. ޅަބޭ

    ނޫނޭ ހައްލެއް ގެންނާނެ ކަމެއްނެތް، މިހާރު ކިހާރު ރީތި، ހުރިހާ ދިވެހިން ގޮސް އިންޑިޔާ އެމްބަސީ އަނބުގަސް ދޮށުގަ، ނާށިގަނޑު ހިފައިގެން. ތި ކިއުއައް ކިޔަނީ އިންޑިޔާ މޯލްޑިވްސް ފުރެންޑު ޝިޕް ކިއު. ހެހެހެހެހެހެހެ....

    21
  3. އަޙްމަދު

    އިންޑިޔާމީހުންނަށް ފަސޭހައިން އަދެވޭ ގޮތަށް ދިވެހިންނަށްވެސް ފަސޭހައިން ދެވެންޖެހޭނެ! ފޮރިންމިނިސްޓްރީން މިކަމުގައި ޙައްލު ހޯދާންދޭންޖެހޭނެ!

    19
    1
  4. ހުސޭނުބޭ

    ޚާރިޖީ ސިޔާސަތު ކާމިޔާބުވެގެން ކާޕެޓް ވަގަކު އެކަމާ އުފާކޮށް ހަވާވެސް އެރުވި! ތި ފެންނަނީ ކާޕެޓް ވަގު ވަޒީރުގެ ޚާރިޖީ ސިޔާސަތު ކާމިޔާބުވެފައިވާވަރު!

    17
    1
  5. ހިސްހިސް

    ޝޭމް އޮން ޔޫ އިނޑިޔާ

    14
    2
  6. ރަނާ

    މީހަކު ފޮޑިއެއް ޖެހިޔަސް އެކަމާ ބެހޭ މަޖްލިސް ކޮބައިތަ މީ އެއް ވެސް ކަމަކަށްނު ވި ދޮއްތަ. ބުއްޅަބޭ ބޭނުން ވާ ގޮތަކީ މީތޯއްޗެ. ދި ވެހިން އިންޑިއާ މީހުންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރުން . މަޖްލިސްގެ ބައި ގަނޑު ސަރުކާރުގެ ޚަރަދުގަ ސިންގަޕޯރ އާ ބެންކޮކަށް ދަތުރު ކުރަނީ. ރައްޔިތު މީހާ ވިސާ އަށް ވެސް ސަލާމް ޖެހުމުގަ
    މިހިރީ އޯގާތެރި ސަރުކާރުގެ އޯގާތެރި ކަން ވާހް!

    15
  7. ވގ ޔނ

    އަދިވިސް ވަގުކަލޭގެބުނެގެން އިންޑިޔާ އައުޓް ޖަހައިގެން މަގުނަތީގަހޫރޭ ޕޕ އޮފީހުން ދޫކުރާނެ ވިސާ އެއީ މާދަމާ މުޒާހިރާޔައް

    2
    10
    • ރާއްޖެ

      މި ތަނަށް އިންޑިއާ މީހުންނަށް އާދެވޭ ވިސާ ނެތަސް. ފައްޓަރުބައި ވަގަށް ނަގައިގެން ތިބެންޏާ އަހަރެމެންނަށް ވެސް ބުނެވޭނެ އެއްޗެހި ހުންނާނެ.

  8. ދަރަނި ދަންތުރަ

    އަބުދުﷲ ސާހިދު ކާޕެޓުހިފައިގެން ދެފިޔަގަނޑު ބާއްވާފައި އުދުހެނީ ހާރުޖީ ސިޔާސަތު ދިޔާވެގެން މިއޮށްފައިބަނީ އިންޑިޔާ އެމްބަސީ ކުރިމަށްޗަށް ސާބަހޭ ސާބަހޭ ސާބަހޭ

    12
  9. Anonymous

    މިކަން މިހެން ހިނގާތާ އެތަށް ދުވަހެއްވެއްޖެ. ބޭރުގަ އެހާ އިރުތިބެފަ އެތެރޭވެސް އެހާއިރުވޭ. ޙިދުމަތް ދެނީ އެންމެ ކައުންޓަރ އަކުން. މޯބައިލް ފޯންވެސް ނުވެއްދެނީ ހަމަ އެކަނި ދިވެހިންނަށް މިކަހަލަ އެތަށް ކަމެއް.

  10. މޯޑީ

    މިކަން މިހެން ހިނގާތާ އެތަށް ދުވަހެއްވެއްޖެ. ބޭރުގަ އެހާ އިރުތިބެފަ އެތެރޭވެސް އެހާއިރުވޭ. ޙިދުމަތް ދެނީ އެންމެ ކައުންޓަރ އަކުން. މޯބައިލް ފޯންވެސް ނުވެއްދެނީ ހަމަ އެކަނި ދިވެހިންނަށް މިކަހަލަ އެތަށް ކަމެއް.

  11. އުމަރުމަނިކު

    މިކަހަލަ ކަންތައްތައް މަޤައުމުގައި ހިގަމުންދާއިރު ދިވެހި ސަރުކާރަކަށް ނެގޭކަމީ ވަރަށް ހިތާމަ ކުރަންޖެހޭކަމެއް؟ އިންޑިޔާގެ މީހުން ކުރިމަތީގައި މިއަދު ދިވެހިން ޖެހެނީ ކުޑަކަކޫ ޖައްސަން. މިއީ ދިވެހި ސަރުކާރުން ދިވެހިރައްޔތުންނަށް ދޭން ބޭނުންވާ ހެޔޮވެރިކަން. ރާއްޖޭގެ ހިގާ މިފަދަ ކަންތައްތައް ހައްލުކުރުމުގައި ހިއްވަރަކާއިއެކު ބުރަމަސައްކަތް ކުރާ ބަޔަކީ ދިވެހި ނޫސްވެރިން.

  12. އާދަމުގެދަރި

    ޚާރިޖީ ސިޔާސަތު އޮތީ ކޯދުލާ އަރާފައި. އަދި ފިޔަ ނުފަޅާތީ އެތިބީ ފާރުބުޑުގައި އިށީދެގެން. ފިޔަފެޅީމާ ދެބައިމީހުން އެކީގައި އުދުއްސައިގަންނާނެ. ބޮޑަށް އެނގޭނީ ފޮރިން މިނިސްޓަރަށް ދެން ތެދުހަދަން ނުދަންނަ ދުނިޔޭގެ ހުރިހާ ކަމެއް ދަންނަ މީހާއަށް.

  13. ޑަބިޔާ

    މިސަރުކާރުން ކަމަކަށް ވިސްނާނީވެސް ދިވެހިން ހާލުގަޖެހި ގޮތްހުސްވަން ފެސީމަ. ހުސް ތަނެއްދޮރެއް ނުދަންނަ ގަމާރުން އުޅޭބައެއް