އެމްޑަބްލިއުއެސްސީގެ އައު ފެން ޕްލާންޓް - ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެނުގެ ވިޔުގައިގެ މަރާމާތު ކުރުމަށް ފެންކަނޑާލާގޮތަށް ކުރިން ނިންމާފައި ވީނަމަވެސް، މިރޭ އެމަސައްކަތް ނުކުރާތީ ފެން ކަނޑާނުލާ ގޮތަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ހާމަކުރާ ގޮތުގައި ކުރިން،  މިރޭ 10:00 އިން 2:00 މާލޭގެ ބައެއް ހިސާބުތަކުން ފެން ކަނޑާލާ ގޮތަށް ނިންމާފައި ވީނަމަވެސް، ފެނުގެ ވިޔުގަ މަރާމާތު ކުރުމުގެ މަސައްކަތް މިރޭ ނުކުރާތީ ފެނުގެ ޚިދުމަތަށް ބުރޫނާރާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފެނުގެ ވިޔުގަ މަރާމާތު ކުރުމަށް މިރޭ، އަމީނީ މަގާއި މޫންލައިޓް ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 25 އާއި އަމީނީ މަގާއި ރަތްވިލާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 54ގެ އިތުރުން އަމީނީ މަގާއި ޖަނަވަރީ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55 އާއި އަމީނީ މަގާއި އިރުދޭމާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55ގެ ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު