އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ރާއްޖެ އިން 139 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލާވާލުމަށް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ އޭނާ މިއަދު ހޭލެވުނު އިރު 139 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.
އަދި މިއަދު ކޮވިޑް ޖެހުނު މީހުންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
ރާއްޖެ އިން މިހާތަނަށް 19،162 މީހުން ކޮވިޑް-19 އަށް ފައްސިވެ، 60 މީހުން ވަނީ ނިޔާވެފައެވެ. މިހާތަނަށް އައިއިރު ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 16،646 މީހުންނެވެ. މި ބަލީގައި މިވަގުތު 2،449 މީހުންނަށް ދަނީ ފަރުވާ ހޯދަމުންނެވެ.
އޭގެ ތެރެއިން 162 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލީޓީތަކުގައެވެ.
ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން ރާއްޖޭގައި ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. ހާއްސަކޮށް މާލޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދުފަހަރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހުރ 4:30 ކާފިއު ވަނީ ހިންގައިފައެވެ.
މީގެއިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ކޮވިޑް ވެކްސިން ދިނުމެވެ. އެގޮތުން މިހާތަނަށް އައިއިރު، 90،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ވަނީ ދީފައެވެ.
ގަމާރު، ތަނެއް ދޮރެއް ނޭނގޭ މީހުން ލައިގެން ވާނީ ތިޔަހެން..
ހެލްތު މިނިސްޓަރ ފެއިލް ވެއްޖެ! މިހާރުން މިހާރަށް އިސްތިއުފާދީ. މުސްކުޅިވެ އަމިއްލަ ބަލިހާލަތާއިގެން ނުއުޅެވޭ ވަރުގެ ބޭކަލަކަށް މިފަދަ ބޮޑު މަސްއޫލިއްޔަތެއް އަދާ ނުކުރެވޭނެ. އައު ހެލްތު މިނިސްޓަރ އިސްތިއުފާ. އާންމު ރައްޔިތުންގެ ސިއްހަތުގެ ޔަޤީންކަން ކަށަވަރު ކުރޭ.
މާދަމާ މުޒާހަރާ އޮންނާތީ މޭބޮޑު ވާނީ،..
މާދަމާ މުޒާހަރާ ކުރާކަން އެނގޭތީ، ކުއްލިއަކައް.. ގިނަވީ
ކޮވިޑް ސިޔާސީ ކުރަނީ ހަމަ މި ސަރުކާރު
ތިޔަ އީ ތިޔަ މިނިސްޓަރ ރަގަޅަށް މޯރނިންގް ނުވެ ހުރެ ދެއްކި ވާހަކަ އަކަށް ވާނީ އާޚިރުގައި .
މިއަދު ހޭލެވުނު އިރު ހިނދުކޮޅު ގާއި ހުރީކަމަށް ވާނީ
ސާބަސް ބިރުގަތަސް ތީދެންބޮޑުވަރެއް އަދިމިއުޅެނީ ހުކުރުދުވަހައް އިރުނާރައިގެން ތިހާބިރުގަންނައިރު އަދިނޭންގެ ބަޔަކު ނުކުންނާނެކަމެއްވެސް އެކަމަކު ފުރަބަންދުކުރިޔަސް މާދަމާ ބިރުގަންނަވަންވެސް މަގުމައްޗައް ނުކުންނާނަން