ވެރިރަށް މާލޭގައި ކޮވިޑް-19 ގެ ހާލަތު މިހާރު ވަނީ ކޮންޓްރޯލްއިން ނެއްޓިފައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ޓުއާ އެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންގެ ޚާއްސަ ގާނޫނު އެކުލާވާލުމަށް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، މިހާރުގެ ބޭފުޅުންނަށް ހީވަނީ މި ބައްޔަކީ ވެކްސިން ޖަހައިގެން ނިމިގެން ދާނެ ބަލިމަޑުކަމެއް ކަމަށާއި ވެކްސިންގެ ބާރު ފައްސިވާ އިންސައްތަ އިތުރުވާ ނަމަ ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ހެނދުނު ހޭލި އިރު މާލޭގެ ފައްސި ވޭދަނަތައް އަދަދު 139 އަށް އަރާފައިވާ ކަމަށެވެ. އަދި މިއަދުގެ އަދަދުތައް 200 އިން މައްޗަށް ގޮސްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު މާލޭގެ ކޮވިޑް ހާލަތު ވަނީ ކޮންޓްރޯލް އިން ނެއްޓިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ވެގެން މިއުޅޭ ގޮތަކީ އަޅުގަނޑުމެންނަށް މިހާރު މިއޮތީ މާލޭގަ {ކޮވިޑް} ޓޯޓަލީ އައުޓްއޮފް ކޮންޓްރޯލްގައި އެނގޭތޯ. ޓޯޓަލީ އައުޓް އޮފް ކޮންޓްރޯލް ގައި. މިއަދު އަޅުގަނޑު ހޭލި އިރު 139 ޕޮޒިޓިވް ކޭސް. މިއަދު 200 ކޭސްއަށް އެރުމަކީ ހަމަ އެކަށީގެންވާ ކަމެއް" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

ބަލި ކޮންޓްރޯލް އިން ނައްޓާފައިވާކަން ހާމަ ކުރަމުން މިނިސްޓަރު ވިދާޅުވީ، މިކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މާލޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރުމާއި ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެއާއިއެކީ ސަރުކާރުން ވަނީ މާލޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ވޭދަނަތައް އިތުރުވާން ފެށުމުން އޭޕްރިލް މަހުގެ 15 ވަނަ ދުވަހު މާލޭ ފުރަތަބަންދަކަށްވެސް ގެންދެވުނެވެ. އެއާ އެކީ ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވަނީ ޖުލައި މަހުގެ މެދު ތެރޭގައެވެ.

އަދި ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ހަމައަށް ދިޔައިރު، ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އެހެންވެ، ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމާ އެކު، ފެނިގެން ދިޔައީ ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެގެން ދިޔަ ތަނެވެ.

ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި މިހާރު ރާއްޖެއަށް ވަނީ ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޤާދިރު

    ތި ބޭފުޅުން އެދޭގޮތަކީ އެއީ ނޫންތޯ؟

    37
    3
  2. ސަލީމް

    ޔާ ﷲ ހުރިހައި ނުބައި ކަމަކުން މިޤައުމު ސަލާމަތް ކުރައްވާށި.

    53
    1
  3. Anonymous

    މާދަމާގެ މުޒާހަރާ އޮތީމަ ކިޔާ އެއްޗެއް އައުޓުއޮފް ކޮންޓްރޯލޯ

    49
    4
  4. ޤައުމު

    ކޮވިޑް ވެކްސިން ކިހިނެއްބާ މިވީ ޖާބިރު؟ އިންޑިޔާ އިން ފޭކެއް ގެނެސް ރައްޔިތުން ގުނބޯ ހެއްދީ ނޫންބާ! މީގަ ވާއެއް ނުވާއެއް އިނގޭ މީހަކު އެބަހުރިބާ! ކަން ކަން އޮޅުވަން ހަދާގެން މި މީހުނަށް މި މީހުނަށް ހެދޭ ނުހެދޭވެސް ނޭންގޭ ހިސާބަށް ދިޔައީ ތޯއްޗެ. ކޮންމެއަކަސް ވަރަށް ދެރަ. އެބަޔަކު އަމިއްލަޔަށް އެބައެއްގެ ހާލަތު ބަދަލު ކުރާނި.

    36
    2
  5. ނަކް

    އޮފީސްތަކާ ސްކޫލު އަދި ކެފޭތައް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ބަންދުނުކޮށް އަޅާ ކޮންމެ ފިޔަވަޅަކީ ސީރިޔަސްކަމެއް ނެތް ސިޔާސީ ޖެއްސުންކަމަށް ޤަބޫލުކުރެވޭނީ.. ސަބަބަކީ އެކަންކަން ނުކޮށް މައިތިރި ކުރެވޭނެ ކޮވިޑެއް ނޯންނާނެތީ.. އަދި ތިޔަ ބުނާހާ ސީރިއަސްބަމަ އެންމެ ފުރަތަމަ އެފިޔަވަޅުތައް ހަފްތާއެއް ނޫނީ 2 ހަފްތާއަށް ނަމަވެސް އަޅާނެތީ.. އެއީ ދުނިޔޭގެ ހުރިހާތަނެއްގަ ވެސް އަމަލުކުރި ގޮތް ވޭވް އެއް އައީމަ..

    32
    4
  6. މުޒާހިރާ

    ތިއުޅެނީ މާދަމާ އަހަރެން ނުކުމެދާނެތީ ބިރުން ފައްސި ވީ އަދަދުކަމަށް..... ޙާސްނު ވޭވ... ކިނބޫ އަރައިކައިހުސްކޮށްލާނެ....

    29
    3
  7. Anonymous

    ތިޔަވާހަކަފުޅު ވިދާޅުވާން ލަދުފުޅުގަންނަ ޖެހޭނެ .
    ބައްލަވާ ތިބޭފުޅުން ޯޯްްޯޯްްޯޯްްޯޯްްޯޯްްޯޯްްޯޯްްޯޯްްޯޯްްޯޯްްޯޯްްޯޯްްނޫންތޯ މިކަން ކޮންޓްރޯލް ކުރުމަށް ތިބީވެސް. ތިބޭފުޅުން ފަރުވާ ކުޑަކޮށްލީ. ބޭނުންފުޅުވާ ޕާޓީއެއް ބާއްވަނީ އިންޑިޔާގެ ބޭފުޅުން ގެންނަވަނީ. ކޮބާތޯ ތިބޭފުޅާގެ ޒިންމާ. ދެން އެންމެ ރަނގަޅުވާނީ އިސްތިއުފާ ދެއްވިއްޔާ. މީއަޅުގަނޑަށް ފެންނަ ގޮތް

    43
    3
  8. ކޮވިޑް

    " މާލޭގައި ކޮވިޑްގެ ހާލަތު ވަނީ ކޮންޓްރޯލުން ނެއްޓިފައި " އެހެން ވީމަ ތޯ ސަރުކާރުގެ އޮފީސް ތަކުގައި އެޗްޕީއޭ ގެ ގައިޑް ލައިންނާ ހިލާފަށް ނާޗަރަންގީ ކުޅެނީ؟ދައްކާ ވާހަކަ އާ އަމަލާ ދިމާނުވާތީ ރައްޔަތުން ސީރިއަސް ނުވަނީ މިހާރު ތިހެން ބުނާ އެއްޗަކަށް،

    42
    1
  9. ބީރުމީހާ

    ނެއްޓޭނެތާ ސަރުކާރުން ކޮއްފައިވާ އިއުލާނަކަށް އެއްވެސް ކުންފުންޏަކުން އަމަލެއް ނުކުރޭ ކަސްޓަމަރުންނާ ގުޅުންހުރި ކުންފުނިތަކުން މުވައްޒަފުންނަށް ލުޔެއްނުދޭ ހުކުރެއް ހޮނިހިރެއް ނުބަލާ ތެލިބާލަނީ ވޯޓް ލިބޭތޯ މުވައްޒަފުން ތަޅުވަނީ ހާލަތައް ނުބަލާ

    26
    3
  10. ޝިޔާމް

    ޕޕމ ގުންޑާއިން މާލޭގައި މުޒާހަރާކޮއްގެން ކޮވިޑް ފެތުރުނީ... އަދި އިތުރު 25 އަހަރު ޔާމީންއަށް ޖަހަންވީ.

    9
    51
    • Anonymous

      ނަޝީދު ދަރި ޔޫކޭ އިން ވައްދަން ވެގެން ކޮވިޑް ފެތުރުނީ. މާތާހިރުވާނެ އުމުރަށް އަންނި ޖަލަަށްލާފަ ބެހެއްޓިއްޔާ.

    • ޢަލިބެ

      ޕޕމ ގައި ގުންޑާއިން ތިބެންޏާ ތީވެސް ކޮންމެސް ޕ އެއްގެ ގުންޑާއަކަށްވާނީ.

  11. ކިސަޑު

    މަވެސް ސްޓެލްކޯއަށްގޮސް ވަރަށް ހިތްހަމަ ނުޖެހުނު މާސްކްވެސް ނާޅާ މަށާ ބައްދަލު ކުރި މުވައްޒަފު
    މިހާރުން މިހާރަށް ގޮވާލަން ސްޓެލްކޯއިން ކަސްޓަމަރުންނާ ބައްދަލުނުކުރަން ހާއްސަކޮއް ހުޅުމާލެ

    27
  12. އަމިއްލަ

    ހެލްތް މިނިސްޓަރ އިސްތިއުފާ ދެއްވާ

    40
    2
  13. ކަނޑު އަލީ

    އައު ހެލްތު މިނިސްޓަރ ފެއިލް ވެއްޖެ! އަވަހަށް އިސްތިއުފާ ދެއްވައި ޤާބިލު ފަރާތަކަށް ހިންގުން ހަވާލު ކުރުމަށް ހަރު އަޑުން ގޮވާލަން. ހެލްތު މިނިސްޓަރ އިސްތިއުފާ

    41
    2
  14. އަސްލަމް

    ބަލަ ތިޔަބޭފުޅުންގެ މަޖިލިސް މެމްބަރުންނެއް ނޫންތަ ގޮވާނެގީ މީ އާދައިގެ ރޯގާއެކޭ. މުޅި ގައުމަށް މި މީހުންގެ ސުންޕާ.

    37
    1
  15. ޒާ

    ހެހެ. ކޮންއިރަކުތަ ކޮންޓްރޯލްވީ. އިދިކޮޅުދެކެބިރުން މަތިވަނީ

    35
    2
  16. ގައުމީ ލޯބި

    ކުރީގެ މިނިސްޓަރު ކަނޑަލީ އޭނާއަށް ނުވެގެން މާ މޮޅު މާ ހީވާގި މީހަކު ގެނަންވެގެންނޯ..

    މިހާރު މިފެންނަނީ ވަޅުޖެހެމުންދާތަން.. ކަރުތާފެނުގައި އަބަދުވެސް އެބުނި މޮޅު ހިންގުންތެރިޔާ މިހުންނަނީ

    ވާނުވާ ނޭގޭ.. ހެޑްލައިން އެކަނި ދެނީ.. " އޮތީ ފުރަބަންދު ކުރާ ހާލަތެއްގައި" ކަމަށޯ.. ދެންކާކު ކާރި މިވާހަކަ މިބުނަނީ ކުރީމަ ވީއެއް ނުން..

    މުސްކުޅިވީމާވެސް ވާނެ..ވާނެ ކިޔައިގެން ފޮށާކޮޑުއަޅައިގެން އުޅެނީ ވިއްޔާ ހަދާނެ ނަހަދާނޭގޭ

    ބަލަ ހާލަތު ގޯސްވީމަ ފިޔަވަޅު އަޅާބަލަ އެކަށީގެން ވަގޮތަށް ކަންކަން ތަރުތީބު ކޮށްބަލަ! ގަމާރު ވިޔަސް ބޮޑުވަރު

    20
    1
  17. ދަރަނި ދަންތުރަ

    ކެނެރީގޭ ނަސީދު ބުނި ކެރަފާނަސީމް ތަފާތުވާނޭ ވަރަށްތަފާތު އަމިއްލަޔަށް ސޯޓުތިޔަބޭލީ މަޖިލީހުގެ ތަޅުމުގައި ، ވަށްކަންކުރުން ކަލޭމެންގެ އަމާޒަކީ އެކަންއެބަކުރޭ ރޭގަނޑެއް ދުވާލެއްނުބަލާ

    34
    1
  18. ޒަރާނާއަލީ

    އެއާޕޯޓު މު ވައްޒަފުން އެއާޕޯޓުގަ ބައިތިއްބާ ބަލި ވައްދަނީ މައިގޭޓުން ރިސޯޓު މުވައްޒަފުން ރިސޯޓުގަ ވަކި ގަ ވައިދަކުންނޫނީ މާލެޔައްދިޔަނުދީ މާލޭގަ ވެސް ތިބީހަމަ ދި ވެހިލޯބި ވާދަރިން

  19. ސޯލިހުބެ

    ތިކަހަލަ ދޮގު މައުލޫމާތު ނުފަތުރާ.

  20. ޒިޔާދު.

    ކޮންޓްރޯލުން ނުނެއްޓޭ އެއްކަމެއްބުނެބަލަ ދައުލަތް ހިންގަންތިބި މީހުންގެ ތެރޭގާ ޖިންސީފުރައްސާރަ ކޮންޓްރޯލުންނެއްޓި ފިޔަ ވަޅެއްނޭޅި މު ވައްސާސާތައް ވާގިނެތިފަ ކޮ ވިޑު ވައްކަން ކޮންޓްރޯލުން ނެއްޓި ރައްޔިތުންގެ ހަޒާނާ ކައިހުސް ވެފަ ކަންމަތީ ފިހާރައިގެ ދަރަނި ކޮންޓްރޯލުން ނެއްޓި ގޭގެކުލިނުދެއްކި މާލެދޫކޮއް ކޮންމެސް ރަށަކައް ގޮސްބިކާރީ ހާލުގަ ކުރެ ވުނުހާ ކަމަކީ އަދީބާ ޒިޔަތާ އައްލާމްލަތީފުމެން ނައް ބޮޑުއިނާމެއްދީ ގޭގަ ބައިތިއްބާފަ އެފަދަމުޖުރިމުންގެ ހެކިބަސް ނަގައިގެން ރައްޔިތުންގެ ރައިސްއައް އަނިޔާކުރުން އެހެންނޫންތޯ އަލީ ވަހީދު ދިޔައީ އިސްސާފުގެ ދަތުރެއްގަ ކެޔޮޅުކަމު ލަންޑަނައް ނޫނޭ ވާ މޮޅު

  21. ރާއްޖެ

    ޝުކުރިއްޔާ އެޗްޕީއޭ ހެލްތް މިނިސްޓްރީ ސަރުކާރު. ކަލޭމެންގެ މަސައްކަތް ވަރަށް ކާމިޔާބު.

    1
    1
  22. ކޮރަލް

    މީނަގެ ހިސްޓްރީ ބަލާލަ ބަލާށެވެ.