އައްޑޫ ސިޓީގައި މިރޭ ދެ ގްރޫޕެއްގެ މެދުގައި ކަތިވަޅި ބޭނުންކޮށްގެން ބޮޑު މާރާމާރީއެއް ހިންގައިފިއެވެ.

މިރޭގެ ގްރޫޕް މާރާމާރީ ހިންގާފައިވަނީ މަރަދޫގައި މިރޭ ކުރިއަށް ދިޔަ ފުޓްސަލް މެޗެއް ބަލަން ގޮސްތިބި ގްރޫޕްތަކެއްގެ މެދުގައެވެ. އަދި އެއީ ހިތަދޫ އަދި ފޭދުއަށް ނިސްބަތްވާ ދެ ގުރޫޕްކަމަށްވެސް މައުލޫމާތު ލިބެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ގޮތުގައި ހިތަދޫ އަދި ފޭދޫއަށް ނިސްބަތްވާ މި ދެގުރޫޕް ކޮންމެ ރެޔަކުވެސް މެޗް ބަލަން ދާކަމަށާއި އަދި ގޮސް ތިބެނީ ދަނޑުގެ ދެފަރާތުގައި ކަމަށެވެ. އަދި މީގެ ކުރިން ދެފަރާތުންވެސް އައުގުރާނަ ގޮވާ ކަމަށާއި އަދި މިއީ މިގޮތަށް ތަޅައިގަތް ފުރަތަމަ ރޭ ކަމަށެވެ.

މިމީހާ ބުނި ގޮތުގައި މީގެ ކުރިން ދަނޑުގެ ދެފަރާތުގައި ދެ ގުރޫޕް މީހުން ތިބި ނަމަވެސް ފުލުހުން ސެކިއުރިޓީ ބެލެހުއްޓުމަށް ދަނޑުގެ ފުއްޓަރު ފަރާތައްވާ ގޮތަށް އިން ދޮރު ބަންދުކޮށް މައި ދޮރުން ވަދެވޭ ގޮތް ހެދި ކަމަށެވެ. އަދި ފުއްޓަރު ފަރާތުން އާއްމުކޮށް ވަންނާނީ ހިތަދޫ މީހުން ކަމަށްވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

މައުލޫމާތު ދިން މީހާ އިތުރަށް ބުނެފައިވަނީ ހިތަދޫ މީހުން މައި ދޮރުން ވަންނަތަން ފެނުމުން ފޭދޫ މީހުން އެތަނުން އެމީހުން ގައި ތަޅައިގަތީ ކަމަށެވެ. އަދި އެތަނުން އެމީހުން ދިޔަ ފަހުން ފޭދޫ ގުރޫޕްއަކާއި ހިތަދުއަށް ނިސްބަތްވާ އިތުރު ގުރޫޕްއެއް ގުޅިގެން މަރަދޫ ރެސްޓޯރެންޓްއަކަށްވަދެ އެނަތުގައި ތިބި ބަޔަކަށް ހަމަލާ ދިން ކަމަށެވެ.

މާރާމާާރީގައި ރެސްޓޯރެންޓްއަށްވެސް ގެއްލުންތަކެއް ލިބިފައިވާއިރު، އެވަގުތު ރެސްޓޯރެންޓްގައި ތިބީ ހިތަދުއަށް ނިސްބަތްވާ ބައެއް ނޫންކަމަށްވެސް މަންޒަރުދުށް ބައެއް މީހުން ބުނެއެވެ.

މިމާރާމާރީގައި އަނިޔާވީ ކިތައް މީހުންކަމާއި ލިބުނު އަނިޔާގެ މާބޮޑު ތަފްސީލެއް އަދި ނުލިބެއެވެ. " ވަގުތު" އަށް މައުލޫމާތު ދިން މީހާ ބުނެފައިވަނީ މާރާމާރީގައި ކަތިވަޅިން ޖަހާ އެކަކުގެ އަތް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކުނޫޒް ބޭބެ

    ތި ހިސާބު މީހުން ގެ ހުންނަ ސިފަތަކެއް ތީ މާރާ މާރި ހިންގުން....މުޅި މާލޭގަވެސް މިއުޅޭ އައްޑޫ ސަރަހައްދައް ނިސްބަތް ވާ މީހުން މިއުޅެނީ ގޭންގް ތަކުގައި...ތިކަންތައް ތަކުގެ ފުރިހަމަ ޒިންމާ ބެލެނިވެރި ފަރާތް ނަގަން ޖޭހޭނެ...ކުއްޖާ ތަރުބިއްޔަތު ކުރުން ހަރުދަނާ ވެފައި ވަނީ މާބޮޑައް...ކުއްޖާ މިދުނިޔެއައް އުފަން ވާއިރު ގައި ކައިރީގައި ވަޅި އެއް،ގަންޖާ ކޮޅެއް ބާއްވަނީ ތޯއްޗެއް...ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަނގުރާ އާއި ޑްރަގް އަދި ޒިނޭކުރުން އެންމެ ގިނައީ އައްޑޫ ހިސާބުގައި...މީ ވ ވާހަކަ...އެނގޭ މިކޮމެންޓް ޖަހަން ބިރުގަންނާނެކަން ވަގުތު މީހުން...

    • މުސާ

      ކުނޫޒު ބެބޫ ކަލެ އައް މާ ބޮޑައް އެގެނީ

      • ކުނޫޒް ބޭބެ

        މަށައް އެނގޭތީ އެނގިފައި ނެތް ބަޔަކަށް އަންގަދޭން ބޭނުންވަނީ....އެހެންވެގެން ވ ކެރިހުރެ މިބުނީ،ތި،އައްޑޫގައި އާއި އެހިސާބު ގަނޑުގައި ނޫޅޭނެ %5 ތެދައް ހުރި މީހަކު...މި މުޅި މާލޭގައި ވެސް ތި ބލ ވެރިކަމަކާއިގެން އުޅެވޭ ވަރެއް ނޫން....އެންމެ ފަހުން އިހައްދުވަހު ފެޭސްބުކް ގައި އިން ވީޑިއޯގައި ގިނައީ އައްޑޫ އަށް ނިސްބަތްވާ މީހުން...ރޯމާ ދުވާލު ވަޅި ހިފައިގެން މަގުމަތީގައި.....އެއީ ކޮންބައެއްކަން ހާމަވާނެ ވީޑިއޯގެ ވަކި ހިސާބަކުން ،ކެމެރާ އަކުން ވީޑިއޯ ކުރަނީ އޭ ކިޔާ ހިސާބުން އެނގޭނެ ކޮން ހިސާބަކުން އައިސް އުޅޭ ބައެއްކަން....

    • މަންދައްތަ

      ދޮގެއްނޫން ތިބުނީ މިރާއްޖޭގެ ހަލާކުތީ

  2. މނތ

    އައްޑޫގައި މުޅިންވެސް ތިބެނީ ބައިކުޅަނދު މަދު މީހުން. އެއީ އަންހެނަކަސް އަދި ފިރިހެނަކަސް ހަމަ ވާވަރު. މާވަރުގަދަ ބަޔެކޯލަ އެއީ

    • ވަކަހަންގަނޑު

      ބައި ކުޅަނދު މަދުކަމެއްވާ ނޭގުނު. މާލޭން އުތުރަށާއި ދެކުނަށް ކުރާ ދަތުރު ތަކުގެ އަގުތަކަށް ބަލާލިޔަސް... މާލެޔާ ހަނިމާދުއާ ވަރުގެ ދެގުނަ ހުންނަ އައްޑޫ ދަތުރު ތައް ގޫބައްޑާއިން ވަނީ ހެޔޮކޮށްފަ... ފުވައްމުލަކަ އޮތީ މިކަމުންވެސް ބާކީކޮށްފަ... މީ ދިވެހީން ފެލާ ބައެއް. އިންޑިޔާ އޮޓޯ ޑްރައިވަރުންތައް ވެސް ހަލާކުކުރީ މި ބަގަ.. މިހާރު ލަންކާ ފަސާދަކުރަނީ ތިމާ މެންވަރުގެ ބަޔަކުނެތި އުޅޭހެން... މުލަކު މީހުން އަސްލު ވވވ ހެޔޮވާނެ... އުތުރު މީހުނަށް ދޫނުކުރޭ... ގޫބައްޑާތައް ބަސް މޮށޭނީ ފައިސާ ވެރީންނާ... ރާއްޖޭގެ ރިސޯޓްތައް ވެސް ރަގަޅު މީހަކު ދާއިރަށް އައްޑޫ ނޫނިއްޔާ ރޮލުންކާ ހުސްކުރާނެ... ވވވ ވާހަކަމީ

      • Ma

        އެހެންތާ ވާނީ.. ކަލޭމެނަށްވުރެ އައްޑޫގ މީހުން ގިނަ ވިއްޔާ.. ކޮން ފޯއްމުލަކެކޭ ކިޔާކަށް... އެއީ ދެން ކޮން ބއެއް؟ ފޮރުވިގަނެގެން ތިބެބަލަ..

  3. ދޫމް

    ތިޔައީއައްޑޫ މީހުންއެކަނި ކުރާކަމެއްނޫން ތިޔައީ މުޅިރާއްޖޭގަ މިހާރު އާއްމުވެފައިވާ ކަމެއް. މީހުންދެކެރުޅިއަޔސް ތީދެން ބޮޑުވަރު.

  4. ޢައްޑު

    ތޯބަލަބަލެ

  5. ޢަޒީ

    ކެޕިޓަލް ސިޓީން މި ކުދިން ތައްޔާރު ކޮއްފަ މި ފޮނުވަނީ....

  6. ޢަހުމަދު

    ޙާދަ އަސަރު ކޮށްފަހެންހީވެޔޭ ބައެއް މީހުންނަށް.

  7. ޝާން

    އައްޑޫ މީހުންގެ ކަންތަށް ހަމަ ބޮޑީ..ހަޖަމްކޮއްބަލަ.

  8. ޭޭއިދޫ

    ތީ ފުލުހުން ކުރުވިކަމެއް، ހަބަރު ކިޔާލީމަ އެބަ އެނގޭ

  9. މަށޭ

    ތި ދައްކާ ވާހަކަތައް އަދި މުޅިން ރަންގަޅެއްނޫން. ދަރިން ތަރުބިއްޔަތުކުރުން އެއީ މައިންބަފައިންގެ ޒިންމާއެއް. ބައްޕަ ގިއްކިޔާފަ މަސައްކަތްކުރާއިރު މަންމަ ގޭގަ ސީރިސްތައް ޕރްގްރާމްކޮށްގެން އެކަމުގަ އެބަލަން ބާކީ ވަގުތެއް އޮތިއްޔާ ފޭސްބުކްގަ ކޮންމެވެސް ހިލޭފިރިހެނަކާ ޗެޓްކުރަން ޗޯބީ ޗޯބީ ކިޔާލަ ކިޔާލާ. ގޭގެޔަކު ނުކައްކާނެ. މަސްކައްކާ ގޭގެއިން ގަރުދިޔަފުޅި އަކަށް އޯދަރުދީގެން ގެނެސް މޭޒުމަތީގަ ހުންނާނީ ބަހައްޓާފަ، ރައިސްކުކަރަށް ހުންނާނީ ތިންދުވަހަށް ވާވަރައް ބަތްކައްކާފަ. ދަރިން ތިބޭނީ ހުރިހާ ވަގުތެއްގަ ރެސްލިން ކުޅެން ނޫނީ ބަލަން. އެކުއްޖާ ވަރައްބަސް އަހާނެ، ގެއިން ބޭރަކަށް ނުދާނެ. ބޮޑުވެގެން މުޖުތަމަޢައް ނިކުންނަނީ ހަލްކަށްވެގެން. އެސޮރައް ހުންނާނީ މީހަކު ނުފެނިފަ. ދެން ޕޭރެންޓުން ދުވާނީ ސިހުރަކަށްނިންމައިގެން ރުގިޔާ ކިޔަވަން އެކަކު ގާތުން އަނެކަކު ގާތުން.
    މިގޮތަށައް ނަހަދާ ޒުވާންކަމުގެ ފައިދާ ﷲ ތައާލާ އަންގަވާފައިވާގޮތަށް ލިބިގަނެގެން ނޫނީ މުސްކުޅިވާދުވަހުން އުފަލެއް ނުލިބޭނެ.

  10. ތައްކާނު

    ކޮންމެ ތާކިއަސް ނިލަފާ މީހުން ތިބެއި. ވަކި އައްޑޫ ވީމެއިއަށްނުން.

  11. ކޮރަލް

    ރާއްޖޭގަ ވެސް ޓެރަރިސްޓް ގްރޫޕް މިއުޅެނީއެވެ.