އައްޑޫ ސިޓީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ބައެއް މަގުތަކުގައި ސިމެންތި އެޅުމަށް ނިންމުމާ ގުޅިގެން އެ ގޮތަށް އެ ކަން ނުކުރުމަށް އެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ލަތީފް (ލަތީބެ) އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އެޑްރެސްކޮށް ލަތީފް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ އައްޑޫގެ ގިނަ މަގުތައް ހަދަން ނިންމާފައި ވަނީ ސިމެންތި އަޅައިގެން ކަމަށްވާއިރު އެއީ މިފަދަ މަޝްރޫއެއް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ގޮތެއް ނޫން ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

މީގެ 35 އަހަރު ކުރިން މާލޭގެ މަގުތަކުގައި ސިމެންތި އަޅާފައިވާއިރު މަޖީދީ މަގުތައް ފަދަ ބޮޑެތި މަގުތަކުގެ ދުއްވަން އޮތް ސަރަހައްދުގައި އަޅާފައި ހުރި ސިމެންތިތައް ހަލާކުވެ ކަނޑަކަނޑައިގެން ގޮސް ދުއްވާ އުޅަނދުފަހަރުތަކަށް އެކި ވަރުގެ ގެއްލުން ލިބުން ފަދަ ހާދިސާތައް ހިނގާފައިވާ ކަން އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން އައްޑޫގެ ރައްޔިތުންގެ ޚިޔާލައި ވިސްނުމާ އެއް ގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ރައްޔިތުންގެ ޚިޔާލު ނުހޯދައި ސަރުކާރުގެ އިސް މަދު ބައެއްގެ ފިކުރަށް އައްޑޫގެ ތަރައްގީ ޕްލޭން ކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

އައްޑޫ ސިޓީގެ 100 ކިލޯމީޓަރުގެ މަގު ހަދާއިރު އޭގެ 60 ކިލޯމީޓަރު މަގު ހަދަން ނިންމާފައިވަނީ ސިމެންތި އަޅައިގެންނެވެ. 3-4 ކިލޯމީޓަރު ސަރަހައްދެއްގައި ރީސާފޭސިން މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ތަރައްޤީ ކުރާ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިމަޝްރޫއުގައި ހިމެނޭ އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ޤައުކެޑިއާއި މަރަދޫއާއި ޤުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ ހަތަރު ލޭންގެ ޑީޓުއަރ ލިންކް ރޯޑެއް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެ.

މިމަޝްރޫއުގެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ ދޮޅު އަހަރު ދުވަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އެއީ ސިމެންތި އެއްނޫން އެއީ އިބޫސޯލި ބުރޭންޑުގެ ތާރު ، ލަތީފޫ އޭގައިއެކުލެވެނީ ސިމެންތި ، ލޮނުވެލި ، ފެން މިއީ ވަރަށް އަގުބޮޑު އުފެއްދުމެއް އިބޫސޯލި ބުރޭންޑުގެ ތާރު

    9
    1
  2. އަލީ

    ދެން އެބައެއްގެ ފެންވަރުންތާ އެބަޔަކު މަގު ހަދަން ބުނާނީ. ބަޔަކު ކުރިޔަސް ސޯލިހޭމެނައް ހީވަނީ ތިމަންނާމެންއްވެސް ވާނެޔޭ. ގޮއްރީންދޫ ސަރުކާރުން ޖަޒީރާ ވަންތަ ކޮއްލަން އުވަ ދަވައިގެންވެސް މަގު ހަދައިފާނެ ކަންނޭންގެ އަދި.

    6
    2
  3. އަލިދީދީ

    އާދެ ލައްބަ. އަޅުގަނޑުމެން މި ވެރިކަމަށް އައީ ހަމަ، ވައްކަމާއި އަނިޔާއާއި ކޮރަޕްޝަން ނައްތާލުމަށްށެވެ

    5
    1
  4. ޙަލީ

    ލަތީފްބޭ އެއީ މަޖީދީމަގުގެ އެޅިކަހަލަ ސިމެންތި ތަޅުމެއްނޫން ، އެއީ ރަންވޭ ތަކުގެ އަޅާގޮތަށް އަޅާ ވަރުގަދަ ތަޅުމެއް ، ގަން ރަންވޭ މިސާލަކަށް ބަލާ

    5
    2
    • އަލީ

      މަގުމަތި ތަކު މަތިންދާ ބޯޓު ޖައްސަންތަ؟؟ އެހެން ވީއިރު މަގުތަކު އަޅާ ތާރައްވުރެ ތިކަމައް ދާ ހަރަދުވެސް ބޮޑުވާނެތާ!!! އެއާޕޯޓުތަކު ރަންވޭ ހަދަން ކުރާ ހަރަދު މަގުހަދަން ކުރަންޏާ ބޭކާރު ހަރަދެއްނު؟؟ މޮޅެތި ވާހަކައޭ ދޯ... ހަމަ ސިމެންތި ތަޅުން އަޅާނީ އެހެން ކިޔާފަ. ބަލަންތިބެ. ހުއްއްއްއް