ދީނީ ހަރުކަށި ފިކުރު ފަތުރާކަމަށާއި، ބޭރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާކަމުގެ ތުހުމަތު ކުރެވޭ މުހައްމަދު އަމީން ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، އަލުން ޖަލަށް ބަދަލު ކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ނިރުބަވެރި ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ނިރުބަވެރި އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ ކުރީކޮޅު ވަނީ އޭނާގެ ބަންދު މުރާޖައާ ކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސް ފަރުވާ އޭނާއަށް ލިބެން ނެތް ކަމަށް ބުނެ ގޭ ބަންދަށް ބަދަލުކުރަން އަމުރުކޮށްފައެވެ.

އޭނާ ގޭބަންދަށް ދޫކޮށްފައި ވަނީ ދިރިއުޅޭ ގެއިން ބޭރަށް ނުނިކުތުމާއި، ޝަރީއަތަށް އެއްބާރުލުން ދިނުމާއި، ތުހުމަތު ކުރެވޭ ޒާތުގެ އެހެން ކުށެއް ނުވަތަ އެ ނޫން އެއްވެސް ކުށެއް ނުކުރުމަށް ޝަރުތު ކުރުމަށް ފަހުއެވެ.

އެ އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ އަމީން ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާއި އެއްގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލުކޮށް، މައްސަލައިގެ ޝަރީއަތް ނިމެންދެން ނުވަތަ މައްސަލަ ބަލާ ގާޒީ ވަކިގޮތެއް ކަނޑައަޅަންގެން އަމީން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. نوفل

  އެމް.ޑީ.އެން ގެ އެންމެން އުފަލާއި އަރާމުގައި........

  26
  1
 2. އިލިޔާސް

  އެމެރިކާ އަކީ އޮތްގޮތައްއޮތް ޓެރަރިސްޓު ގައުމެއް ކަމައް އެގައުމުން ބުނީ އެހަކައްދުވަހު އެމެރިކާ އައް ހުކުން ނެރެންވީނު

  10
  1
 3. އިބުރާހީމް:

  ކާފަރުން ނަށް އަޅުވެތިވެފަ މިތިބީ!

  2
  1
 4. އަހުމަދު

  މި ސަރުކާރަށް އަބަދުވެސް ކިޔޭނީ ހަ ރުކަށި ހަރުކަށި ހަ ރުކަށި
  ކުބައިތޯ ލާދީނީ ބައިގަނޑު؟ އެމީހުންނަށް އަދަބެއް ނުދެވޭތާ އުފްވެސް ބުނަން ނުކެރި ބުޑު މުސާރަ ދީފާ ދެން ހަ ރު ކަށްޓޭ ބުނީމަ ކޮބައިތޯ ލަދު ހަޔާތް؟

 5. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

  ސުއްބުނާ! އެމެރިކާގެ ލިސްޓަށް؟ ނެތިން އެއްޗެއް ލިޔާކަށް