ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާއި ދެމެދު ފޯނުން ދައްކާ ވާހަކަތައް ސަރުކާރުން އަޑުއަހާ ކަމުގެ ތުހުމަތު އެމަނިކުފާނުގެ ވަކީލުން ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ވަކީލާއި މުވައްކިލުގެ ބައްދަލުވުންތަކާއި ފޯނު ކޯލުތަކަކީ ގާނޫނީ ގޮތުން ރައްކާ ކުރެވިގެންވާ މުއާމަލާތްތަކެއް ކަމަށްވާއިރު އެ ޓީމާއި ޔާމީން އާއި ދެމެދު ކުރެވިފައިވާ، ވާހަކަތައް ބައެއް މީޑިއާތަކުން އާންމު ކުރަމުން އަންނަ ކަމަށެވެ. އެފަދަ ވާހަކަތަކަކީ ވަކީލުންގެ ފަރާތުންވެސް އެހެން ބައެއްގެ ކައިރީ ދެކެވޭ ވާހަކައެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޔާމީންގެ ވަކީލުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އިލްތިމާސްކޮށްފައެވެ. އަދި ވަކީލުންނާއި މުވައްކިލާއި ކުރެވޭ މަޝްވަރާތަކަކީ ރައްކާތެރިވެގެންވާ މުއާމަލާތްތަކެއްކަން ފުލުހުން ކަށަވަރުކޮށްދިނުމަށް ވެސް ވަކީލުން ވަނީ އެދިފައެވެ.

"އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭތީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިލްތިމާސް ކުރަމެވެ." އެ ބަޔާނުގައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙައްގުބަސް

  އަޑުއަހާނެ އެއީ ހަމަ ޔަގީންކަމެއް!! ދެން މައްސަލަ ބަލަން ތިއެދެނީ ތިކަން ކުރާ މީހުނެގެ ކިބައިން!! ކިހިނެތް ތިކަން ބަލާނީ!! ފޯނުތައް އަޑުއެހުމުގެ ގާބިލްކަން ފުލުހުންގެ މުއައްސަސާގަޔާއި ސިފައިންގެ މުއައްސަސާގައި ހުންނަކަމީ ގިނަ ބަޔަކަށް އެނގޭކަމެއް!! މީހުންގެ ޒާތީ މުއާމަލާތްތަކުގެ އަޑު ސިއްރުން އެހެނީ ކޯޓު އަމުރެއްގެ ދަށުން!! އެނޫންގޮތަކަށް އެއްވެސް ބަޔަކު އެކަންކުރާނަމަ އެކުރަނީ ގާނޫނީ ކުށެއް!!

  14
  1
 2. ސޯބެ

  ފުލުހުން ޢައި ރު ޤާނޫނީ ގޮތުން ތިކަން ކު ރާތާ އަހަ ރު ތަކެއް ވެއްޖެ. ސިސްޓަމް ފެއިލް. ޑިމޮކް ރަސީ ފެއިލް.

 3. އައްޔަ

  އެމްޑީއެން ހަމީދުގެ ބޭނުމަށް އެކަން ކުރެވޭނެ. އޭނައެއްނު ކުރިންވެސް އިންޓެލް މައުލޫމާތު ވިއްކާގެން ލާދީނީ ތަގުން ސެޓްކޮށްގެން ހުރީ ވެސް. ކުއްޓިނަޝީދުގެ މަނީމަނީ ޔޭސްސޯ ލީކްކޮށް ސިޔާސީ ބިންގާރާހުގެ ތެރެއަށް ކޮށްޕާލީވެސް