ވިލާކޮލެޖް ކުރިމަތީ ފަޅު ތެރޭގައި އޮތް ލޯންޗެއް އަޑިއަށް ދާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާރު އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ލޯންޗް މިހާރު ކެރޭނެއްގެ އެހީގައި ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ކުރަމުން ދަނީ ލޯންޗްގެ ވެރިފަރާތުންނެވެ.

އަދި އެ މަސައްކަތް ނިމުމަށް ފަޔާ ޓީމުން ޕަމްޕް ޖަހާ ދިނުމަށް ލޯންޗްގެ ވެރިފަރާތުން އެދިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.