އެހެން ޕާޓީތަކުން ނުރުހުނަސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީން ނަގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"ރަށްވެހި ފަތިހުގެ އަލިވިލުމުގެ" ނަމުގައި އެމްޑީޕީގެ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވާދަވެރި ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަކުން ހިތްނުތަނަވަސްވި ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމެއްގެ މުހިންމުކަން އެނގިގެން ދިޔައީ ކޮވިޑް-19 ގެ މި ދަނޑިވަޅިގައި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ނިޒާމް ފުރިހަމަ ކުރެވޭނީ ކައުންސިލް އިންތިހާބު އެންޑީޕީއިން ކާމިޔާބު ކުރެވިގެން ކަމަށެވެ.

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުވެ، އެމްޑީޕީގެ އަތުގައި ބާރުތަކެއް އޮތް ނަމަވެސް ސަރުކާރުން މަސައްކަތް ކުރާނީ އެ ބާރުތައް އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮއްލުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަތުގައި ބާރުތައް ހިފެހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ، އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮއްލުން. އެއީ އަޅުގަނޑުމެން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހައްމަލު ކުރަންޖެހޭ ތަކުލީފުތައް އެމްޑީޕީއަށް ވަރަށް ސާފުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެެވެ. އެގޮތުން ރައްތަަކަށް ބާރުތައް ލިބިދޭ ވާހަކަ މަޖިލީހުގެ ތަޅަމުގައި ދެކެވުނު އިރު، އެކަމާއި ދެކޮޅަށް އިދިކޮޅުގައި މިހާރު ތިއްބެވި ބޭފުޅުން ޝުއޫރު ފާޅުކުރައްވަމުން ގެންދެވިކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ޕާޓީތައް ނުރުހޭ ވާހަކަ ރައީސް ސޯލިހް ދެއްކެވިއިރު އެމަނިކުފާނުގެ ސަރުކާރު ހިންގަމުން ދަނީ ވެސް އެހެން ތިން ޕާޓީއަކާ ގުޅިގެން އުފައްދާފައިވާ ކޯލިޝަނަކުންނެވެ. މި ކޯލިޝަނުގައި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރުއެމް ވެސް ހިމެނެއެވެ.

ކޯލިޝަން އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ވާދަކުރީ ވަކިންނެވެ. އަދި ކައުންސިލް އިންތިޚާބުގައި ވެސް އެމްޑީޕީއިން ވާދަކުރަން ނިންމާފައި ވަނީ ވަކިންނެވެ. އެންމެ ފަހުން ރާއްޖޭގައި ބޭއްވި ތިން އިންތިޚާބު ވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީއިންނެވެ. އެއީ 2017 ގެ ކައުންސިލް އިންތިޚާބާއި، 2018 ގެ ރިޔާސީ އިންތިޚާބާއި، 2019 ގެ މަޖިލިސް އިންތިޚާބު ބޮޑު ތަފާތަކުން އެމްޑީޕީއިން ކާމިޔާބު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

 1. ނަަސް

  ނުދޭނަން ...

  73
  1
  • Anonymous

   ދިނަސް ނުދިނަސް ކިބޫ ޖާހިލު އެބުނީތާ ކަައުންސިލް އިންތިހާބު ނަގާނަމޭ އެއީ ވަގަށް ނަގާ ވަހަކަ

   11
 2. ސސ

  ޑިމޮކްރެޓިކް ވާހަކަ ދައްކާބަލަ ތިޔައީ ކުޑަ ކ ގެ ދުވަސްވަރުގެ ވަރަށް ހުތުރުވާހަކަ ނުންތޯ ގޮޑި ހޯދާނަން ބުނުމަކީ !

  83
  1
  • ހަޑިހުތުރު

   ދައްކާ ޚުދުމުޚުތާރު ވާހަކަ ނިކަން ބަލާބަލަ! ރުހުނަސް ނުރުހުނަސް އޭ. ބަލަ ތިޔަ ބުނާ ޕާޓީތަކަކީ އެއްވެސް އެއްޗެއް ނޫނޭ. އެއްޗަކީ އަހަރެމެން ރައްޔިތުންނޭ. ބޭނުން ވަގުތަކު ބޭނުން ޕާޓީއަކަށް ބޭނުން މީހަކަށް ވޯޓުދޭނީ އަހަރެމެން. ތިޔަ ބުނެވެނީ އަހަރެމެން ރުހުނަސް ނުރުހުނަސް ވޯޓަށް ބޭނުންގޮތެއް ހަދާނެ ވާހަކަ. އެހެނެއް ނެހެދޭނެ.

 3. ނަައީމް

  ފައްކާނަމަ ފައްކާކަމެއްއެގޭނީވެސް ޕީޕީއެމްއައްލިބިގެން ކަލޭމެނައް ލިބިއްޖެއްޔާ ވަޅޯދޯ ވާނީ

  60
  1
 4. Anonymous

  ރައީސް ގަދަބަސް ނުބުނޭ،

  81
  • Anonymous

   ކިނބޫ ޖާހިލުނެެބުނަނީ ވޯޓުން ވައްކަން ކުރާނަމޭ...

   32
   1
  • ާއަހުމަދު

   އެމްޑީޕީ އަކައްވޯޓެއް ނުދޭަނަން

 5. ކީލި

  މިއީ ﷲ ގެ އިރާދަ އަށް ވުރެ މަތީގަ ވާބަޔަކީތަ ؟

  88
 6. ޢަު

  ނަގާނެ ވާހަކަ ބުނީމަ ވ ސާފު.. ވަގައް ނަގާ ވާހަކަ އެއީ.. ކަމެއް ނުވި ވެރި މީހަ އެޅި ފުލެޓުވެސް މި ޤާބީލް ސަރުކާރުން ވަގައް ނެގި އުސޫލުން

  90
  1
 7. ހަޑިމިލޭރު

  ޔާﷲ މިމުނާފިގުންގެ ކިބައިން މިގައުމު ސަލާމަތް ކޮށްދެއްވާނދޭވެ. ދިވެހިންނަށް ހެޔުވިސްނުންދެއްވާށި. އާމިން

  107
  1
 8. ސްކިޕަރ1232

  މިއީ ރައީސުންގެ ބަސްމަގު ހުންނަންޖެހޭ ގޮތެއް ނޫން. ރައީސުންގެ ވާހަކަ ހުންނަން ޖެހޭނީ ގައުމު ޔުނައިޓްކޮށް އެއްބައިވަންތަ ކުރުމުގެ މަގަށް. ވަރަށް އަންޕްރޮފެޝަނަލް އަދި ޑިމޮކްރަސީ ނުދަންނަ ޕާޓީއެއް އެމްޑީޕީއަކީ

  98
  1
  • ލާ މަރުކަޒު

   މި މީހުން މިކިޔާ ލާ މަރުކަޒު ކޮށްގެން މިމާލެއަށް ވީކަމެއް އެބައޮތްތަ؟ މި މީހުން ރުހޭ ބަޔަކަށް ބޭނުންވަރަކަށް ލާރިދިނުން ފިޔަވައި ކުރެވުނު ކަމެއް ނެތް. ޔާމީނު މަގެއްގައި ތާރުއެޅިޔޭ ކިޔާފައި ނިކަން ގޮތް ދައްކާފައި މުޅި މާލޭގައި އަޅާނީ ތާރޭ ކިޔާފައި މީގެ ދެއަހަރެއްހާ ދުވަސްކުރިން ސަޅިބައިސާ ކަނޑާފައި ކުރިކަމެއް ފެންނަން އެބައޮތްތަ! އެއްކަލަ މުސްކުޅި ބެއްޔާ އެތުރި ގާކޮޅު ނަގާފައި ބައިކިލޯމީޓަރުގައި އަލުން އަތުރާފައި މިގޮވަނީ 40 އަހަރުދުވަހުގެ ތެރޭގައި މަގު ނަހަދާވަރަށް ހަދައިފީމޭ. އެއީ ތިކިޔާ ލާ މަރުކަޒުވީމާ ވާންޖެހޭ ގޮތްތަ! މިވަރުން ރައްޔިތުންނަށް ސާފު. އެއްވެސް ލާމަރުޒަކެއް ބޭނުމެއް ނޫން. ބޭނުމީ ކުޑަކަތީބާއި ބޮޑުކަތީބު. ތިކިޔާ ބަހުލޫލު ކައުންސިލަރުން ތިބެގެން އެއްކަމެއްވެސް ނުވާނެ.

 9. މުފައްކިރު

  ތެދެއް. އިންތހިޚާބު ނެގިދާނެ. އެކަން ގަބޫލް ކުރެވޭ. އެކަ މަކު ރައްޔަތުންގެ ވޯޓަކުން އެ މް ޑީ ޕީ އަށް އިންތިޚާބު ނުލިބޭނެ.

  95
  3
 10. އަލިދީދީ

  ކޯޗެއް ނުލިބިގެން ތަ ތިޔަ ތެޅިފޮޅެނީ..

  76
  2
 11. މުހަންމަދު

  .....މާތްﷲ އިރާދަކުރެއްވިއްޔާއޭ ނުބުނާނަންދޯ؟

  77
 12. އަލީ

  އެއީ ތިގޭ ކާމޭޒުމަތީ ތައްޓަކައް އަޅާ ބަހައްޓާފަ ހުރި އެއްޗެއްތޯ؟؟ ކާމިޔާބުވެސް ކުރެވިދާނެ ހަމަ ނުކުރެވިވެސް ހިނގައިދާނެ. ގަދަބަސް ބުނާކައް ނުވާނެ. ތިމީހުން ތި ކުޅޭ ކުޅި ދިވެހިންނައް މިހާރު އިނގޭނެ ކަމައް އުންމީދު ކުރަން.

  80
  2
  • Anonymous

   އެކާމޭ ޒެއް އެއީ 3 ދުވަހަށް ހުންނަ ކާމޭޒެއް ދެން ބަޚަބަރު ރައްއޮންނަދިމާލަށް ބޯކޮޅު ބާއްވާގެންވެސް ނިދާވެސް މީހެއްނޫން . ސީދާ ދޯކާގެ ބޮޑެއް .

   17
   1
 13. އައްލާ ބެއްޔާ

  ތިޔަވިދާޅުވަނީ ރީތިބަހުން އިންތިހާބު ވަގަށް ނަގާނަމޭދޯ؟ އަހަރުމެން އެމްޑީޕީ ގުރާސް ރޫޓް ގައ ތިބި މީހުން މިތިބީ އެމްޑީޕީއަށް ވޯޓްދޭގޮތަކަށް ނޫން! ލާމަރުކަޒީ ގާނޫނާ ޚިލާފަށް މާލޭ ސަރަހައްދުގެ ބިން ފޭރިގަނެ އެޗްޑީސީއަށް ދީފައިާތީ މާލޭ މީހުން މިފަހަރު އެމްޑީޕީއަށް ވޯޓެއް ނުދޭނެ! ކޮންމެ ފަހަރަކު މޮޅުގޭމް ޖައްސާ 2 ފަހަރަށް ކައްޓެއް ނުޖެހޭނެ!

  73
  1
 14. ޖަރީމާރާއްޖެ

  ކަލޭ ޖަލުގަ ބާއްވާނަން އިންޝާﷲ

  69
  3
 15. މަސްއޫދު

  އެއީކޮންގޮތަކަށް ވޯޓްކަރުދާހުން ވަށްކަންކޮށްގެންތަ!

  71
  1
 16. އަހުމަދު

  އަޅުގަނޑަށް ލަފާކުރެވޭ ގޮތުގަ މާލެ ސަރަހައްދުން ވޯޓް ލާމީހުން ވަރަށް މަދުވާނެ.

  76
  2
 17. ފެކްޓް

  ލާމރުކަޒު ވާންޖެހެނީ ކޮންމެ ފަހަރަކުވެސް އިންތިޚާބު މޫސުން އައިމަ. ޚާއްސަކޮށް ކައުންސިލް އިންތިޚާބު. އެފަހުން މުޅި ދައުރު ނިމޭ އިރުވެސް އެބޖނާ ލާމަރުކަޒު ވާތަނެއް ނުފެންނާނެ.!

  67
  2
 18. ކިނބޫ

  ނަގާތި ނަގާތި ވަގަށް ނަގާތި. މިހާތަނަށް ވައްކަން ނުކޮށް ވޯޓުގަނޑެއް ލިބިފައެއް ނެތް.

  72
  1
 19. ހަނި

  ރައިތުން މަރާފާ ވެސް ކަލޭމެން ކަމިޔާބް ކުރަންތިއުލެނި ތިކަމެތް މިފަރު ﷲ ކުޅަދުން ވަންތަކަމުންނުވަނެއެވެ ޔﷲ ޔﷲ ޔﷲ މިނުބައި ސަރުކާރު ބަލިކުރަވާދެ

  77
  1
 20. ކާފަބެ

  ދެން ރައްޔަތުންވިސްނާ އެބުނާ އެތީގެމާނަ މިހާރުވެސް އެގެމުން ދަނީ ކިހާވަރެއްގެ ބާރެއްތޯ އޮތީ އެއީ އިންޑިއާ އެނބަސީން އެއިއުލާން ކުރަނީ ގޭދޮށު މަސްފިނިކުރާތަން އަޅާވާހަކަ ދެން މިވަރައް ރުހުނަސް ނުރުހުނަސް ބާރްތައް އޮއްވަރު ބިތުފަންގި ނެގި ވަރަކައް ކެޔޮކޭވަރު ފެންނަމުންދާނޭ ކިޔާ އަޑުއިވޭ ކާފަމެން

  52
  1
 21. އިއްސޭ

  އިންތިހާބުކުކކ ކާމާޔާބުު ކުރިޔަސްމިގައުމު
  ހިންގޭނެގާބިލު ކަމެއްނެތް

  58
  1
 22. ޖަނާޒާ

  ނުނެގޭނެ މި އިންތިޚާބެއް އެ.ޑީ ޕީއަކަށް. އަތަށްގޮވާނީ . ވޯޓް ލައިގެން ނުނެގޭނެ ! މޮޔަފުޅު ނޫވޭ

  60
  1
 23. ޖަންގަލި

  ނުވާނެ ތިޔަކަމެއް!

  53
  1
 24. ޖަނާޒާ

  އެމް.ޑީޕީ ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު ޕްރެޖެކްޓަކީ ދޮގު ވައުދު ވުމާއި ފޮނިބަސްތަކުން މުޚާތަބު ކުރުމާއި ހުވަފެންދެއްކުމާއި އޮޅުވާލުމާއި ރައްޔިތުން ނިކަމެތި ކުރުން

  60
  1
 25. ހައްވަ

  ސާފު ބަހުން ތިޔަ ދައްކަނީ ވޯޓުން ވައްކަން ކުރާ ވާހަކަތޯ؟

  61
  1
 26. ހަސަންތަކުރު

  އޮޅުވާލައިގެންނޫންގޮތަކައްއޑޕއައް
  ކާމިޔާބެއްނުލިބޭނެ

  60
  1
 27. ކާމިޔާބު ކުރުންދޯ؟

  އަތުން ނަގާ އެއޗެއްތޯ؟ މިދިޔަ އިންތިޚާބްވެސް ނެގީދޯ

  57
  1
 28. ޙަސަނު

  މާކުރިން މިގޮތައް ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން މިދެނީ މިކަމުގައި ވަރައް ވަރައް ބޮޑެތި ކަންތައް ތަކެއް ފަހަތުގައި އޮތީ، މިސާލެއް ރިޔާސީ އުންތިހާބު ވެސް މާކުރިޔާލާ ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން ދެމުން އައީ. ބިޑު ތަނުން ކާމިޔާބު ކުރި ،

  57
  2
 29. ބަރުގޮނު

  އެހެން ޕާޓީތަކުން ނުރުހުނަސް ނަގާނެކަމަށް ތިޔަ ވިދާޅުވުން ގޯސް.. ތިޔަ ބަހުން ދޭހަވަނީ ޚުދުމުޚުތާރުކަން..އިރާދަފުޅާ ނުލާ ކަމެއް ނުވާނެކަންވެސް ނޭގެނީތަ... ތިޔަށްވުރެ މާ ރަގަޅެއްނު. އިންތިޚާބު ނުބާއްވާ ހުރިހާ ކައުންސިލަކަށް ޕާޓީ ކުދިން ނަގާ ހަމަޖައްސާލަންވީނު.

  19
  1
 30. ޢަހު

  ވެރިކަން ނެގިވެސް ވަގަށް މަޖިލިސް ނެގީވެސް ވަގަށް ދެންއޮތީ ކައުންސިލް އިންރިޚާބް އެވެސް ނެގޭނީ ވަގަށް އެހެންވެ އެބުނީ ވަގަށް ނަގާނެ ވަހަކަ

  21
  1
 31. ފިޔަލަ

  ރިޔާސީ އިންތިޚާބުވެސް ނެގީ އޮޅުވާލައިގެން މިފަހަރު ހުރިހާބާރެއް އަތްދަށުގައޮތީމާ ގަދަބަސް ބުނަނީ ކުރީގެ އިންތިޚާބުގަ ފަންސަވިސް ޕަސެންޓުވެސް އެކަނި ނުލިބުނު އެކަމަކު މިހާރުގެ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު އެކަނި ސާޅިސްނުވަޕަސެންޓް ވޯޓުހޯދި ދެންރައްޔިތުންވިސްނާ

  20
 32. ރައްޔިތުމީހުން

  މިޔޮށް ހުރިހާ ދުވަހު އުޅޭ މީހެއް ކަމެއްވެސް ނޭނގޭ.. އިލެކްޝަން އައީމް ހާދަ އެކްޓިވްއޭދޯ

  18
 33. ހަސަދު

  ފަހަރުގައި ރައްޔިތުން މަޅީގައި ޖައްސައިގެން ގޮނޑި ނެގިދާނެ. އެކަމަކު ގައުމަށް ކަމެއް ކޮށްދިނުމުގެ ވިސްނުން ދިޔަބޭފުޅާގެ ނެތް.

  19
 34. Anonymous

  ރައްޔިތުންނަށް ހޮޔޮވިސްނުން ލިބި ދެއިރު ދެދެލަޔަށް ވާހަކަ ބަދަޅުވާބަޔަކަށް އިތުބާރު ކުރަން ހޮޔޮނުވާނެކަން ވިސްނި ތިލާދީނީ ފަނާކުރާޕާޓީއަށް ޖެހިލުމެއްނެތި ނޫނެކޭބުނަން ކެރޭނެހާހިތްވަރު ރައްޔިތުންނަށް ދެއްވާށި ، އައްޑޫއަށް ނިސްބަތްވާމުއްސަދި އާއިލާތަކަށް ބޮޑެތި މުއްސަދިންނަށް ފުލެޓްތަކުން ތިބައިއަޅާލީ ތިބޭނުމަކަށް ރައްޔިތުންނަށް ވިސްނޭނެ ، ނިކަމެތިންނަށް އެއްކަމެއްގަ ވެސް އިސްކަން ނުދީ ހުރިހާކަމެއްގަ ވެސް އަމިއްލަރަށަށް ވިއަސް އިސްކަން ތިދެނީ އެވަގުތު ރަށުގަ ހުރި ފައިސާގިނަ މީހާއަށް އެމީހަކަށް ލޯނެއް ދީގެންވެސް ތިއަތުއަޅުވަނީ އެމީަކު ނިކަމެތި ރައްޔިތުން މީހާއަށް މިހާލަތުގަ ވޯޓްދޭން މަޖްބޫރު ކުރާނެތީ އަންގާނެ ފިހާރައިގައޮތް ލޭންދޭނަށް ދައްކަން ޖެހޭފައިސާދައްކަން . ގައުމުގެ ރައިސަކީ ނިކަމެތިން ނަށް ހަތަރު ކަލި ހަމަކުރަންވެސް ބޭނުންވާރައިސެއް ނޫން އޯގާތެރިކަމޭ ކިޔާސެލްފީނަގަނީ ވޯޓަށް،

 35. ހައްވަ

  ކައުންސިލް އިންތިހާބުނެގޭނީ ވައްކަންކޮއްގެން އެހެންއިންތިހާބުން ވައްކަންކުރި ގޮތައް ފޭރޭސަރުކާރު.

  20
 36. Anonymous

  سبحان الله!

 37. ަްއަހުމަދު

  ހެޔޮނުވާނެ މި ބަލިމަޑުކަމުން އަރައިގަނެވޭތޯ ބަލައިބަލަ

 38. ލލ

  ތިބުނަނީ ރައްޔިތުން ނުރުހުނަސް ކުޑަ ކ ޖަހައިގެން ވެސް ގޮޑިހޯދާނަމޭތޯ އެއީ ޑިމޮކްރެޓިކް ގޮތް ނޫންކަމަށް ބުނިމީހުން މިއަދު ނަމުން ޑިކްޓޭޓަރު ކަމުން ކުޑަ ކ !

 39. ކޮރަކަލި

  ރައީސްކަންވެސް ތިހޯދީތާ ވޯޓްނުލިޔަސް ސަރީފައް ބޯކޮއް ދިީފިއްޔާ ތިކަންވެސް ކޮއްފާނެ

 40. ޒަމީރު

  2018 ގެ ރިޔާސީ ވޯޓުގައި 5 މީހުން އެކުވެގެން އެތަކެއް މަކަރަކާ ޙިލަތްހދައިގެންވެސް ލިބުނީ 60000 ވޯޓު! އެކަން ކަށަވަރުވުމުން ޔާމީންގެ ވޯޓުތައް ކައްވާލުމަށް އީސީ ގެ ވެރިންނަށް މިލިޔަނުން ޑޮލަރުދިންކަންވެސް އެނގޭ! ވޯޓުތައް އަލުންގުނަން އަމުރުއައި ހިސާބުން ވޯޓުތަކާ ލިޔެކިޔުންތައް ނައްތައިލީ ކީއްވެ؟ ދެންވެސް ވައްކަންކޮށްގެން ނޫންގޮތަކަށް ނުލިބޭނެ!