ރާއްޖޭގެ ރައްޔިތުންނަށްް ދިމާވެފައިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެވޭނީ "ފްލެޓް ދޮންބެ" ގެ މޭސްތިރިކަމުގެ ދަށުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ރަށްވެހި ފަތިހުގެ އަލިވިލުން" ނަމުގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތް ހޭދަކުރެއްވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ.
"ފްލެޓް ދޮންބެ"ގެ ނަމުން އަމިއްލަ ނަފްސަށް ނިސްބަތްކޮށް ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓް އެޅޭނީ "ފްލެޓް ދޮންބެ އާއި އެކު ބޮޑުވި ކުދިންްނަށް" ކައުންސިލް އިންތިހާބު ދީގެން ކަމަށެވެ.
"އެމްޑީޕީގެ ކެންޑިޑޭޓުން އެ ނުކުންނަނީ ދަގަނޑު ދަހަނާ އަޅައިގެން، އެމްޑީޕީގެ ކެންޑިޑޭޓުން ހުންނާނެ ފްލެޓް އެޅުމުގެ ވިސްނުން، އޭނާ (އަނަސް) ބޮޑުވެފައި ހުރީ ފްލެޓް ދޮންބެއާ އެކު" މާލެ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ތައުރީފް ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކައުންސިލަށް ފްލެޓް އެޅުމުގެ ޖާގަ، ގާނޫނުން ލިއްބައިދޭ ކަމަށެވެ. އަދި އެބާރުވެރިކަން ކައުންސިލަށް ލިބިފައިވާއިރު ރަށުގެ ބިންތައް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހައްގުވެސް ކައުންސިލްތަކަށް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވަކި ފަލްސަފާއެއް ކާމިޔާބު ކުރުމަށް ނުކުތް ޕާޓީއެއް ކަމަށެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު ކާމިޔާބު ކުރި ފަދައިން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށް "ހެކްޓްރިކް" ހަދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލަނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އިދިކޮޅު ޕީޕީއެމްއިން ކުރިމަތިލަނީ ކުރީގެ ހޯމް މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުއެވެ. އަދި އަމިއްލަ ގޮތުން މޭޔަރުކަމަށް ކުރިމަތިލާފައިވަނީ އަލްހާން ފަހުމީއެވެ.
މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލަނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އިދިކޮޅު ޕީޕީއެމްއިން ކުރިމަތިލަނީ ކުރީގެ ހޯމް މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒުއެވެ. އަދި އަމިއްލަ ގޮތުން މޭޔަރުކަމަށް ކުރިމަތިލާފައިވަނީ އަލްހާން ފަހުމީއެވެ
ފްލެޓް ދޮންބެ ފްލެޓް އެޅީ ވައިގެ ތެރޭގަތޯ؟ 😀
ބޭފުޅާ ހަމާގަ ހުރެން ކަމެއް ކުރިޔައްދާނީ. ހަމާގަ އަބަދު ހުންނަންނުޖެހޭނަމަ ދެއްކޭ ނުދެއްކޭ ވާހަކައެއްނެތް
ބުރާންޗަކު ދައްކާ ކޮސް ވާހަކަ އަޑުއަހާނެ ރައްޔިތަކު މިއަދު ނެތް. ފްލެޓް ދޮންބެއޭ ކިޔައިގެން އަމިއްލައަށް ތިޔަ ވާހަކައެއް ދެއްކީ ގއ.ގެމަނަފުށީގައި. ފަހުން ހެދީ އެއީ އިދިކޮޅު މީހުން ދެއްކި ވާހަކައަކަށް. އެއަށްފަހު ތިމަންނާއަށް ދިން ލަގަބަކަށް. ހަގީގީ ފްލެޓް ދޮންބެއަކީ ޔާމީން. އެހުރީ 7 ހާސް ފްލެޓް އަޅާފައި. އަދި މިހާރު ވިއްކަން 1300 ފްލެޓް އަޅާ ދީފައި. ދައުލަތުގެ ހަތަރު ކުންފުނިން މެދުވެރިކޮށް އެހުރީ އެތައް ސަތޭކަ ފްލެޓެއް އަޅާދީފައި. މިހުރިހާ ފްލެޓެއް އެޅީ ހައުސިންގ މިނިސްޓަރަކަށް މުއިއްޒު ހުރެގެން. މިހާތަނަށް ތިޔަ ބުނާ އެމްޑީޕީއަށް ކުރެވުނު ހާސްވެސް ކަމަކީ މައުމޫން ސޮއިކޮށްފައި އޮތް އެގްރީމަންޓެއްގެ ދަށުން ހުޅުމާލޭގައި ހާހެއްހާ ފްލެޓް އެޅުން. އެނޫން ކަމެއް އަދި ތިޔަ ޕާޓީއަކަށްވެސް ފޮނިކަޑާ ސަޅިބައިސާ ފްލެޓް ދޮންބެއަށް އެޅިފައެއް ނެތް. ފްލެޓް އެޅޭނީ ކޮންބަޔަކަށްކަން ރައްޔިތުންނަށް ވަރަށް ސާފު.
މިކަހލަ ބޯ ބުރާންތި ވާހަކަ އަށް ހެއްލޭ މޮޔައިންވެސް އުޅޭ.. މީހަކު އަޅާފަ ދިން ފުލެޓު ކޮޅަށް ހަދާނެ އެއްޗެއް ނޭގި އުޅޭ ބަޔަކަށް އެޅޭނެ ފުލެޓެއް ނޯންނާނެ.
ކައުންސިލްއިންތިހާބުކާމިޔާބުރެވުނަސް
ފުލެޓުތަކެއްނޭޅޭނެ
ތިޔަފުލެޓުތަކެއްނޭޅޭނެ
ނަން ވަނީ އެހެން މީހަކު މަސައްކަތް ނިންމަނީ އެހެން މީހަކު
ދޮގާމަކަރުވެރިކަން
ދޮގާ މަކަރުވެރިކަން
ބަލަ ފުލެޓޭ ބުނާއިރު ތިޔަ ފުލެޓް އަކީ އެއިރެއްގަ އޮންނަ ސަރުކާރެއް ރައްޔިތުން އަޅުވެތިކޮއްގެން ގެންގުޅޭ ބޮޑުވިޔަފާރިޔެއް ރައްޔަތު އެންމެންނައް އެކަން އެގެމުންދަނީ ގޭގެޔައްވަދެ ގޯތިދޭނަމޭ ކިޔާފަ ވޯޓްހޯދައިގެން ބާރެއް ލިބޭއިރައް ރައްޔަތުން އަޅުވެތި މިކުރަނީ ރައްރަށުގަ ގޯތިދވޭއިރު މިމާލޭގެ ރައްޔިތުމީހާޔައް ނުދެވޭ ވޯޓް ހޯދަންވީމަ ކަރާފެޅުން ބަހުންމެޓާ
ކަލޭގެ ލަދުހަޔާތްކޮބާއި! ދެލޯއަވަރުވީތަ ރ. ޔާމީނުއެޅި ފުލެޓުތައް ނުފެނިގެން ތިޔައުޅެނީ!އާން ފުލެޓް އަޅައިދޭނަމޭބުނެ ދޮގުވައުދުވެވިދާނެ! ކަލޭދައްކާ ތިޔަބާވަތުގެ ވާހަކައިގެ ސަބަބުން އަގުވެއްޓުން ފިޔަވައި އެހެންކަމެއް ނުވާނެ!
މިހާރު ކޮން ޕާޓީއެއްގެ މީހެއް ހުރެގެން ފުލެޓު ނޭޅި ހުރީ؟
ބަލަ މިވޭތުވެދިޔަ ފަސްއަނހަރުވެސް ކައުންސިލް އޮތީ ކަލޭމެންގެ ބާރުގެދަށުގަ ކުރީސަރުކާރުން ރައްޔިތުންނައް ބޯހިޔާވަހިކަން ހޯދަދޭންވެގެން ފުލެޓު އަޅާވާހަކަ ބުނީމަވެސް ކަލޭމެންގެބާރު ކައުންސިލްގަ އޮތީމާރައްޔިތަކައް ބޯހިޔާވަހިކަން ލިބިދާނެތީ އެކަމަކައް އެއްބާރުލުމެއްނުދިން
އެންމެފަހުންޖެހުނީ ހައުސިން މިނިސްޓްރީގެބާރުގެދަށުން ފުލެޓުއަޅަން އަދިވެސް އެކަމަކުތިގިވަނީ ކައުންސިލް ދިނީމާ ފުލެޓު އަޅާނެވާހަކަ ނުވެސްއަޅާނެ ނުވެސްއެޅޭނެ ތިއުޅެނީ އެހާއުދަގުލުންވެސް ކުރީސަރުކާރުން ރައްޔިތުންނައް އަޅާދިން
ފުލެޓުވެސް ދޭންނުކެރިގެން
ދެން ތިކަހަލަ ފޮނި ނުކަނޑުއްވާ! ޔާމީނު ވަނީ ތިޔަ ދޮންބެއާއި ނުލާ ފްލެޓް އެޅޭނެކަމާއި ބްރިޖްވެސް އެޅޭނެ ސާބިތު ކޮށްދީފައި. ފޮނި ނުކަނޑުއްވާ!
ކަލެއަށް ފްލެޓް ދޮންބެ ކިޔަން މިހާރު ދިވެހި ރައްޔިތުން ލަދުގަންނާނެ، ތާރީހް ހެކިދޭ މިއަދު ތިޔަބުނާ ފްލެޓްނޭޅޭ ދޮންބެގެ ބަދަލު ދިވެހިން ދަންނަނީ، ތަރައްގީދޮންބެ، ޒުވާނުންގެ ދޮންބެ، ހުރިހާ އޮމުމުރުފުރާއެއްގެ ދޮންބެ، އެއީ ގައުމީވަންތަ ގައުމީ ދޮންބެޔެއް، އާދެ އެއީ ފްލެޓް އަޅާ އެތައްހާސް ރައްޔިތުންނަށް ފްލެޓް ޔަކީންކޮށްދިން "ފްލެޓްކިންގް." ރައީސް ޔާމީން.
ގޯތި ދީ ރައްޔިތުން މިނިވަންކުރޭ. އަހަރުން ފްލެޓް ބޭނުމެއްނޫން. އެހެން ނޫނަސް ކައުންސިލަރުންނަށް ފުލެޓު އެޅޭތަ؟ ހަހަހަ. ދެން އެހެން ބުނީމަ ރައްޔިތުން ވީ ގަބޫލުކުރަން. ކައުންސިލަރުންނަށް ކޮން ފުލެޓެއް އެޅޭނީ؟ ގައުމުގެ ވެރިންނަށް އެކަން ނުވެގެން އުޅޭ އިރު؟ ޓައީ އަޅައިގެން ކޮފީބޯން ހޮވާ ބައެއް ކައުންސިލަރުންނަކީ.
ފްލެޓް ދޮންބެއޭ ލަދުން ބޯހަލާކު؟ މިރާއްޖޭ ފުލެޓް އެންމެ ބޮޑު ބިޔަ މަޝްރޫއު ހިންގި ތެދުވެރިއަކީ ރައީސްއަކީ ޔާމީނު.
ފުލެޓް ދޮންބެ ގެ އަގަފުޅު ނޫން އެހެން އެއްޗެއް އެބަ އޮތްބާ!!!!
މާލޭ ރައްޔަތުން ގުނބޯ ހައްދާ ސިޔާސަތު ބޮއްޅަމެން ދޫކޮށްލަންވެއްޖެ، ފްލެޓްދޮންބެއަކީ މާޒީގައި ، ފްލެޓްއަޅަން ބޮނެ ބަޔަކު މަލާމަތް ރައްދުވާވަރަށް ހޮޅި ވައުދުވުމުންދީފައިވާ ނަމެއް. ޥަކިބަޔަކުލައްވާ ފްލެޓްއަޅަން ކުރިމަަަސައްކަތް ވީ ފެއިލް. ޢަދި އަދައްދާންވެސް އެބިއްތައް މާލޭގައި އެއޮތީ ފަޅުތަންތަންހެން. މިހާރު ދިވެހިން ދަންނަނީ ފްލެޓް ރާޖާއެއް، ނޫނީ ފްލެޓް ރަސްގެފާނެއް، އެވެރިޔާގެ ފަހަތުގައި ތިބި މީހުން ވަނީ މާލޭ ސިޓީއަށް ތަރައްގީ ހޯދާދީފައި، ޑޮކްޓަރ މުއިއްޒު އަކީ އެފަދަ ބޭފުޅެއް. ވޯޓް މުއިއްޒު އަށް
ފްލެޓް އެޅިލެއް ގިނަކަމުން ފްލެޓް ނުލިބޭ މީހަކު އެބަހުރިބާ.
ޖަންގަލީގެ އުސޫލު. ދަނޑުވެރިޔާ ހިކްމަތާއި ބުރަ މަސައްކަތުން ދަނޑު ހައްދާ ގޮވާންކޮށް ހެދުމުން ﷲގެ ރަޙްމަތުން އެޅި މޭވާކޮޅު. ދަނޑުވެރިޔާ ނެތްވަގުތު ދަނޑަށްވަންނަ ޙަޔަވާނުންތައް ދަނޑަށްވަދެ އެ މޭވާކޮޅު ކައު ހުސްކޮށްލާ ގޮތަށް ފްލެޓްތައް ބެހި ބަޔަކަށް ފްލެޓް ޙައްޤު މީހުންނަށްދެވޭނެ ގޮތެއް ބުނެބަލަ.
މިފަހަރުވެސް ފްލެޓް ލިބުނު ގިނަ މީހުން އެތަންތަނުގައި ދިރިއުޅޭތޯ އަންނަ އަހަރު ގޮސް ބަލާލަބަލަ. ފްލެޓް ޙައްޤުވެރިންވީމާ ފްލެޓް ލިބުނު %50 މީހުންވެސް ނޫޅޭނެ. އެމީހުން އުޅޭނީ މިހާރުވެސް އެމީހުން ދިރިއުޅެމުންނަށް ވަޒަނުގައި. ޙައްޤުވެރިންނަމަ އެ އެންމެން އުޅޭނީ އެތަންތަނުގައި ނޫންތަ.
ކަލޭމެންނާއި އެކީ ރަށްވެހި ފަތިހަކަށް އަލިވިލޭއިރު މިޤައުމު އޮންނާނީ އަނދިރިވެފައި!
ކޮބާތޯ ކަނޑާފަ ދޭންވިދާޅުވި ގޯތިތަށް؟
މިހާރު ތިގޮތަށް ބޯކެވޭނީ ސިކުނޑިހަމަނުޖެހޭ މޮޔައިންގެ. ތީ ފެއިވެފައިވާ ގަޅިވާހަކަތަކެއް.
ފްލެޓްދޮންބެޔެއްނޫން ފޮލެޓްވަގު...ތިވަގާ އެކީ ބުޑުވާނީވެސް ވަގުން ، މަގޭވޯޓް ހަރާމުންހަރާމް، ސާފުވާނެކަމަށް ހީކުރަން
މަޖްލީހު ރައީސްގެ ފުލެޓް ޕޮލިސީ.....!!! ކަމެއް ނުފެނޭ، އަބަދުމެ ވާހަކަ ޕޮލިސީ....!!
ގަމާރު މިހުން އެމްޑީޕީޔައް ވޯޓް ދޭނީ މިފަހަރު. މަށެއް ނުދޭނަން
ފުލެޓް ތި އޮތީ އެޅިފަ މުސިގަޑެ އް ސިމެންތިކޮތަޅެ އް ނުލިބިގެން ހިޔާފުލެޓުގވެސް އެކަންކަން ނުވެ އޮތީ ފުލެޓް ދޮންބެ ކިހާފުލެޓެ އް އެޅީ
12 އަހަރުވީ އެމްޑީޕީ މޭޔަރަކު މާލޭގައި ހުންނަތާ. ވީކަމެއް ހަރާން. މިފަހަރު ވޯޓްދޭނީ ބަދަލަކަށް.
ފްލެޓް ދޮންބެއެއީ މަޖާޒީބަހެއް! މާނައަކީ، ފްލެޓް އަޅާނަމޭ ކިޔާ ފޮނިކަނޑާފަ އެކަން ނުކުރެވޭ މީހާ!
މަނިކުފާނު ހީކުރަނީތޯ މިމާލޭގައި 12 އަހަރުވަންދެން ހުރީ އިދިކޮޅު މޭޔަރެއްކަމަށް. އަޅާފައިހުރި ފުލެޓްތަްވެސް ނުދެވިގެންތިއުޅެނީ.
'ފްލެޓް ދޮންބެ' އެޅި ފްލެޓެއް ނެތީމަ ހިތާމަ ކުރަން... އަމިއްލަފުޅަށް ފްލެޓް ދޮންބެ ގެ ލަގަބް ނަންގަވައިގެން ހުރިއިރު އެޅުއްވި ފްލެޓެއް ނެތް
އެމްޑީޕީއަށް މާލީ އެހީ ދެނީ އިންޑިޔާގެ ނަމުގައި އިންޑިޔާގައި އިންވެސްޓު ކޮށްގެންތިބި އިންގިރޭސި ވިޔަފާރިވެރިން އެމްޑީޕީގެ މިރޫހާނީ ލީޑަރު އަޑީގައި ހުރެގެން !
ވާނީ ވާނީ ކިޔަން އެނގޭ އަނގައެއް މިއީ. ޔާމީނު އެއޮތީ ދައްކާފަ. ކާކަށްކަން ފްލެޓް އެޅެނީ. 25 ބުރީގެ 10 ވަރަކަށް ޢިމާރާތް ނިންމައި ދައުލަތުގެ ކުންފުނިތައް ލައްވައި ހަމަ ދިވެހި ރައްޔިތުންނަށް ދޭން 15 ބުރީގެ އެއަށްވުރެ ގިނަ ޢިމާރާތް އެހުރީ އަޅުވާފަ. މިމީހުން މިތެބެނީ ހުރިހާ ބާރެއް ދިނީމަވެސް ވާނެ ވާނެ ކިޔަން.
އެމްޑީޕީ އަކީ ނަސީދު އާއި އިގިރޭސި ފައްޅި ތަކުގެ ފިކުރެއް އިސްލާމްދީން އާ ބީރައްޓެހި ފަލްސަފާ އެއްގެ މައްޗައް ބިނާވެފަވާ ނަސީދުގެ ކެހިވެރި ހީލަތްތެރި ފިކުރެއް ގެމައްޗައް ބިނާވެފަވާ ޕާޓީއެއް ތިއުޅެނީކައުންސިލް މެޖޯރެޓީ ހޯދާފަ ޤާނޫނުއަސާސީ އައް ބަދަޅް ގެނެސް ދިވެހިރައްވެހިކަން އެހެންދީންތަކުގެ މީހުނައް ލިބޭގޮތްހަދަން އެއައްފަހު މިގައުމުގާ ޤައެރުމުސްލިމުން ވަޒަންވެރިކުރުވާ މިތާގެމުޖޯރެޓީ އިސްލާމްދީނުން ދުރުކުރަން ދިވެހިންނޭ މާލޭ ރައްވެހިންނޭ މީނާގެ ކެހިވެރިދަލުގަނުޖެހި މިވޯޓަކީ ހައްޤާއި ބާތިލައް ދެވޭވޯޓެއްކަމުގާ ދެކިގެން ނަސީދައްނޫނެކޭ ބުނަމާތޯއެވެ...
ކާކު ޤަބޫލުކުރަނީ. އެމް ޑީ ޕީ މާލެގެ ވެރިކަމުގަ 15 އަހަރު. މިއަދު މާލޭގެ މަގުތަކުގަ ޕާރކް ކުރުމުގަ ހަމައެއް ލަމައެއް ނެތް. މަގުތަކު ސާފު ތާހިރުކަން ގެއްލިއްޖެ. ބަލިމަޑުކަން އިންތިހާ އަށް. ކޮން ކަމެއް ތޯ މާލޭ ސިޓީ ކައުންސިލަރުން ކުރެއްވީ ؟
ފްލެޓް ދޮންބެ ، ދޮންކެޔޮ ވަކަކާ ކިރު ތަށްޓެއް ، ރިސޯޓް ކުދިން ނިދަން އަބިދަރިން ކައިރިއަށް ، މާކަނޑު މެދުގައި މަސްގަންނަ ޕޮއިންޓްތައް ، މަހުގެ އަގު ޑޮލަރުން..... މިހިރީވެސް ހަމަ ތިޔަ ދޮންބެ ކިޔާފައި ހުރި އެއްޗެހި. ތިޔަ ކަލޭގެ ކިޔާ އެއްޗެހި އަޑު އަހާ ކުދިން އެމް.ޑީ.ޕީ ގައިވެސް ވަރަށް މަދު.