އެމެރިކާއިން ކޮވިޑް-19ގެ އާ ވައްތަރެއް ފެނިއްޖެއެވެ.

ބައިނަލް އަގުވާމީ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮވިޑް-19ގެ އާ ވައްތަރެއް އެގައުމުން ފެނިފައިވަނީ ނިއުޔޯކުން ކަމަށެވެ. ނިއުޔޯކުން ފެނިފައިވާ ވައްތަށް ތަޖުރިބާކާރުން ދީފައިވާ ނަމަކީ B.1.526 އެވެ.

އެގައުމުން ކޮވިޑް-19ގެ އާ ވައްތަރެއް ފެނިފައިވާއިރު، މީގެ ކުރިންވެސް އެގައުމުގެ ބައެއް ސަރަހައްދުތަކުން ވަނީ ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19ގެ ވައްތަރު ފެނިފައެވެ.

އެގައުމުގެ ސައިންސްވެރިން ބުނެފައިވަނީ ފެނިފައިވާ ވައްތަރަކީ އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ވައްތަރެއް ކަމަށާއި މިހާރު އެ ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވަނީ ނިއުޔޯކުގެ އިތުރުން އިރުއުތުރުން ކަމަށެވެ. މި ވައްތަރަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށްވުރެ ވަރުގަދަ ވައްތަރެއް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސައިންސްވެރިން ބުނެފައިވަނީ މި ވައްތަރަކީ ދެކުނު އެފްރިކާއިން ފެނިފައިވާ ވައްތަރާއި ދާދި އެއްގޮތް ކުރާ ވައްތަރެއް ކަމަށާއި އެގޮތުން މިހާރު އުފައްދާފައިވާ ވެކްސިނަށް މި ވައިރަސް ނުހިފެހެއްޓޭނެ ކަމަށް ވަނީ ބުނެފައެވެ.

"އަޅުގަނޑުމެންނަށް ވަނި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ މެދުތެރެއާއި ހަމައަށް ހަލުވި ކަމާއި އެކީ ބަލި ފެތުރޭކަން ފާހަގަވެފައި. އެގޮތުން މިދިޔަ ދެ ހަފްތާގެ ތެރޭގައި 12.7 އިންސައްތަ ވަނީ އިތުރުވެފައި" ވައިރަސް ތަހުލީލު ކުރަމުން އަންނަ އެއް ޓީމުން ބުންޏެވެ.

އެޓީމުން ބުނެފައިވަނީ އެހެން ވައްތަރުތަކޭ އެއްގޮތަށް ބަލީގެ މި ވައްތަރު ޖެހިފައިވާ މީހުންގެ ފަރާތުން ގިނަ ބަޔަކު ބަލި ފެތުރޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންނި

    އަޅުގަނޑުމެން ތިކަމަކާ އަދި މާކަ ބޮޑަކައް ނުވިސްނަން.

    3
    5
  2. ރިހާކުރުކުޑޭ

    ތިއިންކޮންމެގައުމަކުންވެސް އާވައްތަ ރެއްގެ ވައި ރަހެއްފެނުނުނަސް އެވަ ރަސްއަކީ ދެކުނުއެފް ރިކާއިން ފެނުނުވަތަ ރުކަމަށް ބުނާތީހައި ރާންވަން !!

  3. ހފ

    މާދަން ބުނާނެ ތިވެސް މި ރާއޖޭގަ އެބަ އޮތޭ. ރޯދަޔާ ކައިރި ވާ ވަރަކައް ޓެސްް ކުރުން ގިނަ ކުރަރޭ. މިސްކިއް ތައް ބަންދު ކުރުމުގެ ނިޔތުގަ.

  4. Vaanuaa

    އާވައިރަހަކީ ޓްރަޕް ކިޔާ ވައިރަހެއް، ކުރިންވެސް އުޅޭ އެކަމަކު ވެރިކަމުގަ ހުރީމަ އެއްވެސް މީހަކަށް އެވާހަކަ ނުދެއްކިފަ އޮތީ