22:02

މިއަދު ރާއްޖެ އިން އިތުރު 118 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

20:13

އައްޑޫ ސިޓީގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 50 އަށް އަރަފައިފި

15:45

"ރަށްވެހި ފަތިހުގެ އަލިވިލުން" ނަމުގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާ ބާއްވާފައި ވަނީ ހެލްތް ޕްރޮެޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ އުސޫލާއި ހިލާފަށް ކަމަށް އެ އެޖެންސީ ކަނޑައަޅައިފި

12:18

އެމެރިކާގެ ރައިސް ޖޯއި ބައިޑެން ކޮމިއުނިޓީ ހެލްތު ސެންޓަރުތަކަށާއި ފުޑް ބޭންކްތަކަށް 25 މިލިއަން މާސްކް ދޭން ނިންމައިފި.

11:26

އައްޑޫ ސިޓީ މީދޫން އިތުރު މީހަކު ފައްސިވެ، ޖުމްލަ ދިހައަކަށް އަރައިފި.

10:21

 

09:03

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ދުނިޔޭގެ ހާލަތު އަނެއްކާވެސް ގޯސް!

08:43

ކޮވިޑް-19 ގެ ހިރާސް ބޮޑު (ހައި ރިސްކް) ބައެއް މީހުންނަށް ގޭގައި ފަރުވާދޭން ފަށާފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ހާމަކޮށްފި.


ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފާއިތުވި ހަތަރު ވަރަކަށް ހަފްތާގައި އަޅާފައި އޮތް ފިޔަވަޅުތަކުން އެއްވެސް ނަތީޖާއެއް ނުފެނި ހަލުވިކޮށް ބަލި ފެތުރެމުން ދާތީ މިރޭ މިވަނީ އަނެއްކާވެސް އިތުރު ފިޔަވަޅެއް އަޅާފައެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، ފެބުރުވަރީ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ރޭގަނޑު 20:00 އިން ފެށިގެން ހުއްޓާލަން އަންގާ ކަމަށެވެ.

އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ތެތައް ވެސް ރޭގަނޑު 22:30 އިން ފެށިގެން ހުއްޓާލަން އަންގާކަމަށް ޤަރާރުގައި ވިދާޅުވެފައި ވެއެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 184 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން 145 މީހަކު ފައްސިވިއެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން ދިހަ މީހުން ރިސޯޓްތަކުން 24 މީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން ފަސް މީހަކު މިއަދު ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އިތުރެއް ނުވެއެވެ. މިހާރު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދަނީ 162 މީހުންނަށެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާފަޅޯ

    ޢަދަދުތައް ތިރިއެއް ނުވާނެ ތީ ސިޔާސީ ޢަދަދުތަކެއް ކޮވިޑާއި މަތިކޮށްގެން ދައުރު ނިންމާލާތަން ފެންނާނީ 😂