އައްޑޫ ސިޓީ މީދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެ އެރަށުން ފައްސިވި މީހުންގެ އަދަދު ދިހައަކަށް އަރައިފިއެވެ.

އިއްޔެ ފައްސިވި މީހަކީ އިއްޔެ އެރަށު ފުލޫ ކްލިނިކަށް ދެއްކުމުން ފައްސިވި މީހާއި ގާތުން ބައްދަލުވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މީދޫން ވަކިތަރުތީބެއް ނެގި ސުންކުތަކުން ވެސް މިހާތަނަށް ދިހަ މީހަކު ފައްސިވެފައި ވެއެވެ.

މީދޫން އިތުރު ބަޔަކު ކޮވިޑު-19 އަށް ފައްސިވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހުޅުދުއާއި މީދޫގައި ހަތް ދުވަހަށް ކާފިއު ހިންގުމަށް ނިންމާފައެވެ.

ހުޅުދޫ އާއި މީދޫގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައްލަބާ

    މިދިޔައަހަރު ރަމަޟާންމަހުގަ މިސްކިތަށް ބަންދު ނުކުރެވުނީތީ އައްޑުއަތޮޅުގައި ޕޮޒިޓިއުވ ދެބޯގެރި ދުއްވަނީ ކައްލާމެން އަތްކަހާ

  2. މމގޯނިބޮލެއެޑި

    ގޯނިބޮލެއެޑިއަމެންނަށް