ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމުގެ ހައްގާއި 32 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމަ އަށް ލިބިގެންވާ އަދި ސަރުކާރުން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ މިނިވަންކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދި ހުދޫދުތަކެއް ވެސް ކަނޑައެޅިގެންވާ ކަންކަން ކަމަށް ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީގެ 62 ވަނަ މާއްދާގެ (ށ) ގައި މުޖުތަމައުގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ވަބާގެ އަސަރު ރާއްޖެއަށްކޮށް ރައްޔިތުންގެ ތެރެއިން 60 މީހުން އެ ބަލީގައި ނިޔާވެ ގޮސް އެތައް ބަޔަކު ބައްޔަށް ފައްސިވެ ގިނަ އަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާ ކުރުމަށް މަޖުބޫރުވެ އެކަމަށްޓަކައި ހާއްސަ ކުރެވިގެން ގާއިމުކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ ފުރި ރެއާއި ދުވާލު ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕިއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފު އެއްވެސް ހަރަކާތެއް ހިންގަން ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ.
ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ކުރުމެއް ނެތި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވުންތަކާ ހިނގާލުންތައް ނުރޭވުމަށް އެދިފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް ބާއްވާ އެއްވުންތަކުގައި ބައިވެރި ނުވުމަށް ހޯމް މިނިސްޓްރީން ގޮވާލާފައިވެއެވެ.
ސިޔާސީ ޕާޓީތަކަށް ވެސް އާންމުންގެ ސިއްހަތު ސަލާމަތް ކުރުމަށްޓަކައި ޒިންމާދާރުވުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.
ޢެހެންތަ ސޭކު އިމުރަނު. އެހެންވެތަ ހޮމްމިނިސްޓުރީގެ މުވައްޒަފުން ޕާޓީކުރީ
އިމްރާން ބުރާންތިވެފަތޯ ކަލޭގެ މުވައްޒަފުން ކަލޭކިޔަމަންކޮށްބަލަ ފުރަތަމަ މަގާމުގެ ދަހިވެތިކަމުގައި ދީނެއް އުއްމަތެއް މިއްލަތެއް ވެސް މިޖާހިލަން މިހާރު ނެތްދޯ
ހޯމް މިނިސްޓްރީގެ މުވައްޒަފުން ބޭއްވި ޕާޓީއޯ....
މި ތިބީ ޖާގަ ދޭނަންތޯ ނުވަތަ ނުދޭނަން ތޯ އަހާބަލާކަށް
މި ތިބީ ޖާގަ ދޭނަންތޯ ނުވަތަ ނުދޭނަންނތޯ ބަލާ އަހާކަށް ނޫން މި ތިބީ އެކަން ކުރަން
ކަލޭތީ ބަޔަކު ބަލައިގަންނަށް މީ ހެއްވެސް ނޫން..ކަލޭ ތިތާ ބައިންދާފަ ތިބި މީ ހުންނަށްވެސް ހަމަ ޔަގީނުންވެސް އެގޭނެ، ކަލޭޔަކީ ކާކުކަން، ކި ހިނެތް ކަންތައް ކުރި މީ ހެއްކަން..ދެން އެމީ ހުންނަށްވެސް ތި ޅައެތި އެޅުނީމަ ތިތާ ކަލޭ ބައިންދަނީ..އަދި އެމީ ހުންނަށްވެސް އެގޭ ކަލެޔަކަށް ހިރިލާންވެސް ދެން ނުކެރޭނެކަން..އަދި ކަލެޔަކަށްވެސް ކުރީގަ އުޅުނުގޮތަށް އައްޗިކޮށް ދެން ނޫޅެވޭނެ...ކޮއްކޯ އަދިވެސް ތިވައްތަރަށް އުޅޭ މީ ހުންނާވެސް ގާނޫނު އަޜާ ހަމަކުރާނެ..މީދެން ކާކު؟..ލަދުވެސް ގަނޭ ދެރަވެސްވޭ ޝޭހ ހެކޭ ކިޔާތީވެވެސް..
އިމޮރާނު ހަށްޔަރުކުރޭ.
އިމްރާނު ﷲ ގެ އިރާދަފުޅެއް ކަލެއަކަށް ނޭގޭނެ.ބޮޑާ ނުވޭ.ހަމަ ކުން ފަޔަކޫން އާ އެކު ތި ވެރިކަން އެންމެ ހިނދަކުން ނިމިދާނެ.ގަދަ ބަސް ނުބުނޭ.