22:03

މިއަދު ރާއްޖެ އިން 133 މީހުން ފައްސިވެއްޖެ.

20:55

18:42

ފުލުހުން މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އާޓިފިޝަލް ބީޗް ސަރަހައްދުން ފެށިގެން ހެންވޭރު ދަނޑާއި ހަމައަށް ތިބި ސަޕޯޓަރުން ވަނީ އެ ސަރަހައްދުން ފޮނުވާލާފައި.

18:40

މިހާރު ފުލުހުން ދަނީ އެކި ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ ބައިވެރިން ދުރަށް ޖައްސާ އެތަން ތަނުން މީހުން ފޮނުވާލުުމުގެ މަސައްކަތް ކުރަމުން.

18:33

މީޑިއާތައްވެސް ފުލުހުންގެ ބެރިކޭޑް އިން ފަހަތަށް ޖައްސައިފި.

18:31

އިންޒާރު ދިނުމަށްފަހު 80 އެއްހާ އެސްއޯ ފުލުހުން ވަނީ ނުކުމެފައި

18:30

ފުލުހުން އަނެއްކާވެސް މުޒާހަރާގެ ބައިވެރިންނަށް އިންޒާރު ދޭން ފަށައިފި.

އެގޮތުން މިވަގުތުން ފެށިގެން މުޒާހަރާއަކީ ޣައިރު ގާނޫނީ މުޒާހަރައެއް ކަމަށް ކަނޑައެޅީ ކަމަށް. އެހެންކަމުން މިވަގުތުން ފެއިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ ފެށިގެން މި ސަރަހައްދުގައި ތިބި އެންމެން ހައްޔަރު ކުރާނެ ކަމަަށް.

އަދި ބާރުގެ ބޭނުން ކުރަން ޖެހޭ ހާލަތުގައި ކޮށްފައި، އަނިޔާވިޔަސް ޒިންމާ ނުވާނެ ކަމަށް. އަދި ބޭނުން ކުރާނީ އެހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކަމަށް.

18:06

އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

18:05

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްސީގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފި..

17:54

އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ބައިވެރިއަކަށް، އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި

17:49

މުޒަހަރާ ކުރާ ސަރަހައްދުގައި ފުލުހުން - ފޮޓޯ: މީސް މީޑިއާ
މުޒަހަރާ ކުރާ ސަރަހައްދުގައި ފުލުހުން - ފޮޓޯ: މީސް މީޑިއާ

17:35

މައުލޫމާތު ލިބިފައިވާގޮތުގައި، ޕީޕީއެމް އޮފީސް ކައިރީގެ އިތުރުން، ތިން ސަރަހައްދެއްގައި އިދިކޮޅު ކޯލިޝަނުން ދަނީ އަޑު އުފުލަމުން.

17:34

މަޖީދީ މަގު އޮލިމްޕަސް ކައިރީގައި އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ އާއި އިތުރު ބަޔަކު މުޒާހަރާ ކުރަމުން އެބަދޭ. އެ ސަރަހައްދަށް މިހާރު އެސްއޯ ފުލުހުން ވަނީ ފޮނުވާފައި،

17:22

ޕާޓީގެ އޮފީހުގައި ތިބި އިދިކޮޅު ސަޕޯޓަރުން ދޫކޮށްލައިފި. އެތަނުގެ ތެރޭގައި ގާތްގަނޑަކަށް 70 ވަރަކަށް މީހުން ތިބި ކަމަށް ބުނޭ. އެ މީހުން އެތަނުގައި 30 ވަރަކަށް މިނުޓު ވަންދެން ބޭރަށް ނުނިކުމެވޭ ގޮތަށް ބަންދުކޮށްފައިވޭ.

ޕާޓީ އޮފީސް ތެރޭގައި ތާށިވެފައި ތިބި މީހުން މިހާރު ވަނީ ނެރެފައި - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް
ޕާޓީ އޮފީސް ތެރޭގައި ތާށިވެފައި ތިބި މީހުން ނެރުނީ - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

 

ޕާޓީ އޮފީސް ތެރޭގައި ތާށިވެފައި ތިބި މީހުން ނެރުނީ - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

17:16

އިދިކޮޅު މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް
އިދިކޮޅު މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް
އިދިކޮޅު މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

17:10

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު: މުޒާހަރާގެ ބައިވެރިން ވަނީ ޕާޓީ އޮފީސް ތެރޭގައި ރަހީނު ކޮށްފައި. 200 އަށްވުރެ ގިނަ ސަޕޯޓަުން ވަނީ ޕާޓީ އޮފީސް ތެރޭގައި ތަށީވެފައި. އަދި އެތަނުގެ ތެރެެއަށް ކާއެއްޗެއް ވެއްދުމުގެ ހުއްދައެއްވެސް ނުދިން ކަމަށް ވިދާޅުވި.

17:09

ޕީޕީއެމް ޕީއެންސީގެ ބޭފުޅުންނަށް މިނިވަން ކަމެއް ނެތް ކަމަށާއި އެ ބޭފުޅުން ތިބެނީ އޮފީސް ތެރޭގައި ހައިޖެކް ކޮށްފައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި

17:05

ޕީޕީއެމް އޮފީސްގައި ތިބި ސަޕޯޓަރުން ބޭރަށް ނުނިކުމެވޭ ގޮތަށް ފުލުހުން ވަނީ އެ އޮފީހުގެ ދެ ދޮރުވެސް ބަންދުކޮށްފައި. އެ ދެ ދޮރު ބަންދުކޮށްފައި ވަނީ، ފުލުހުން ދޮރުމަތީގައި ތިބެގެން.

ފުލުހުން ޕީޕީއެމް އޮފީސް ދޮރުމަތީގައި - ވަގުތު އިމޭޖްސް: ހުސައިން އަރުބާން
ފުލުހުން ޕީޕީއެމް އޮފީސް ދޮރުމަތީގައި - ވަގުތު އިމޭޖްސް: ހުސައިން އަރުބާން

17:03

މުޒާހަރާގެ ތެރެއިން ޕީޕީއެމް ކައުންސިލް އަންހެން މެންބަރަކު ހައްޔަރު ކޮށްފި.

މުޒަހާރާގައި ބައިވެރިވި ޕީޕީއެމް ކައުންސިލް މެންބަރު ފުލުހުންގެ ވެހިކަލް ގައި - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

17:01

މުޒާހަރާގެ ބައިވެރިވި އުމުރުންގެ އަންހެނެއްގެ މޭމަތީގައި ފުލުހެއްގެ އުޅޮބޮށިން ޖެހި އަނިޔާވެއްޖެ. އޭނާ އެގަޑީގައި ބިންމައްޗަށް ވެއްޓުނު، އޭނާއަށް ނޭވާލެވިގެން އުޅޭތީ، މިހާރު ފުލުހުންގެ ވެހިކަލްގައި ވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ފަށާފައި.

16:45

އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަށް ފުލުހުން އަނިޔާ ކޮށްފި

16:40

މުޒާހަރާގެ ބައެއް ބައިވެރިންގެ މިސްރާބު މުލިޔާގެ ސަރަހައްދަށް. އަދި ބައެއް ބައިވެރިން މިހާރު ތިބީ ޕީޕީއެމް އޮފީސް ދޮށުގައި، ފުލުހުން ދަނީ އެ މީހުން އެ ތަނުން ދުރަށް ޖައްސަމުން.

16:37

ފުލުހުންގެ އިންޒާރު ދަނީ ތަކުރާރު ކުރަމުން، ފުލުހުން އިންޒާރު ދޭން ފެށުމުން ޕީޕީއެމް އޮފީސް އިން ދަނީ ގައުމީ ލަވަ ޖަހަމުން،

16:35

ފުލުހުން މިހާރު ވަނީ އިންޒާރު ދޭން ފަށާފައި.

ފުލުހުންގެ އިންަޒާރު: މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ މުޒާހަރާ ނުކުރެވޭނެ ކަން އަންގާފައި. އެހެންވީމަ ހުރިހާ ބޭފުޅުން މި ސަރަހައްދު ދޫކޮށް ވަޑައިގަތުމަށް ދަންނަވަން.

16:26

ޕީޕީއެމް އޮފީސް ދޮރުމަތި ދޫކޮށް މިހާރު ފުލުހުން ވަނީ ގޮސްފައި.

16:25

އިދިކޮޅު މުޒާހަރާ ކުރާ ސަރަހައްދު - ވަގުތު އިމޭޖްސް: ޝާން
އިދިކޮޅު މުޒާހަރާ ކުރާ ސަރަހައްދު - ވަގުތު އިމޭޖްސް: ޝާން
އިދިކޮޅު މުޒާހަރާ ކުރާ ސަރަހައްދު - ވަގުތު އިމޭޖްސް: ޝާން

16:23

އިތުރު މީހުންނަށް ނުނިކުމެވޭ ގޮތަށް އެސްއޯ ފުލުހުން ޕީޕީއެމް އޮފީސް ބަންދުކޮށްފި.

16:22

އިދިކޮޅު ކޯލިޝަންގެ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: ޝާން
އިދިކޮޅު ކޯލިޝަންގެ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: ޝާން

 

16:19

ޕީޕީއެމްގެ އޮފީހުން ބައެއް މީހުން ނުކުމެއްޖެ - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

16:17

އެސްއޯ ފުލުހުން މީޑިއާ ތަކަށްވެސް ހުރަސް އަޅަން ފަށައިފި.

16:14

މުޒާހަރާ ހުއްޓުވުމަށް އެތައް ފުލުހުން ދަނީ ހަރަކާތްތެރިވަމުން. މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުމެފައިވާއިރު، އެ މަގުން މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭނެ ހެން ފުލުހުން ވަނީ އެެއް ސަފަކަށް އެތުރިގެންފައި.

16:08

އިދިކޮޅު ކޯލިޝަނުން ފަށަން ތައްޔަރުވި މުޒާހަރާގެ ތެރެއިން - -ވަގުތު އިމޭޖްސް: ޝާން

 

16:07

އިދިކޮޅު ކޯލިޝަނުން 16:00 ގައި އެއްވުން ފަށަން ތައްޔާރުވި، އެހެން ނަމަވެސް އެެއްވުން ފެށުމަށްޓަކައި މީހުން ޕީޕީއެމް އޮފީސް ދޮަށަށް އެއްވުމަށް ފުލުހުން ވަނީ ހުރަސް އަޅާފައި.

15:58

ިއިދިކޮޅު ކޯލިޝަންގެ އެއްވުން ހުއްޓުވުމަށް އެސްއޯ ފުލުހުން - ވަގުތު އިމޭޖްސް: އަހުމަދު މަމްދޫހް

15:54

އިދިކޮޅު މުޒާހަރާ ފަށަން ތައްޔާރުވަމުންދާއިރު، ފުލުހުން މިހާރު ދަނީ އެ މުޒާހަރާގައި ބައިވަމުންދާ ބައެއް މީހުން ހައްޔަރު ކުރަމުން

15:51

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ފަށަން ތައްޔަރުވި މުޒާހަރާ ނުފެށެނީސް މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަަޑައިގެންފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހައްޔަރު ކޮށްފި

15:39

"ރަށްވެހި ފަތިހުގެ އަލިވިލުން" ނަމުގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާ ބާއްވާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ނިންމައިފި

15:30

ފުލުހުން މިހާރު ވަނީ ޕީޕީއެމް އޮފީސް ވަށައިގެން ހުރި ހުރިހާ މަގުތަކެއް ބަންދުކޮށްފައި، މީގެ ތެރޭގައި ކުދި ގޯޅިތައްވެސް ހިމެނޭ.

އިދިކޮޅު މުޒާހަރާ ފަށަން އުޅެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ، ފުލުހުން ވަނީ އެ ސަރަހައްދުގައި ބެރިކޭޑް ޖަހާފައި

15:28

އިދިކޮޅު މުޒާހަރާ ފެށުމަސް ތައްޔަރުވަމުންދާއިރު، ފުލުހުން މިހާރު ވަނީ ލޮނުޒިޔާރަތް ކޮޅު ރާޅުގަނޑު ހިސާބު ބަންދުކޮށްފައި އަދި އެ ސަރަހައްދުގައި 30 ވަރަކަށް އެސްއޯ ފުލުހުން ދަނީ ހަރަކާތެރިވަމުން.

ރާޅުގަނޑު ސަރަހައްދުގައި ފުލުހުން، ފުލުހުން ވަނީ މި ސަހަރައްދު ބަންދު ކޮށްފައި

15:19

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީީރު ފެށުމަށް ތައްޔާރުވި މުޒާހަރާ ނުފަށަނީސް، ފުލުހުން ނުކުމެ މީހުން ހައްޔަރު ކުރަން ފަށައިފި.


 

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އިން ބާއްވާ މުޒާހަރާގެ ލައިވް ކަވަރޭޖަށް މަރުހަބާ!

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޮޑު މުޒާހަރާ ބޭއްވުމަށް ވަނީ ނިންމާފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ. އެކަމަކު، މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އެ ސަރަހައްދަށް ޖަމާވެ، އެތަނުގައި ތިބި މީހުން ފޮނުވާލުމުގެ މަސައްކަތް ފަށައިފައެވެ. އަދި ބައެއް މީހުން ހައްޔަރު ކުރަންވެސް ވަނީ ފަށާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް އިދިކޮޅުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވަނީ "އިންސާފު ކޮބާ؟" ގެ ނަމުގައާއި "މަގޭ ފްލެޓް ކޮބާ؟" މުޒާހަރާއެކެވެ.

މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ދޮރުމަތިން ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.

ނަމަވެސް މި މުޒާހަރާ ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ ފުލުހުންނާއި ހޯމް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ނަައީމް

  ފަހުންނަގާރާޅުބޯޑުވާނެ ދެންއައްނަސަރުކާރަކުން ކަލޭމެން އުލުގަ ބައިންދާނެ

  37
  11
  • ބޭބެ

   ފުލުހުންގެ ޢަމަލުތައް ކުށްވެރިކުރަން!! ވަރަށްބޮޑަށް ބަޔަސްކޮށް މަސައްކަތްކުރާތަން ފެންނަނީ!! މަގުތައް މަތިން ރައްޔިތުންނަށް ހިނގެންޖެހޭނެ!! ދެންމެ ފުލުހުން ހައްޔަރުކުރި އެންމެން ހައްޔަރު އެކުރީ ގާނޫނު އަސާސީއާއި ޚިލާފަށް!! މިދައުވާ އުފުލޭނެ އެމީހުނަށް!! މަގުތައް ގަޑިއެއްގެ ކުރިން ބަންދުކޮށް ރައްޔިތުންނަށް ބިރުދައްކާ ސުލްޙަވެރި އެއްވުމަށް ހުރަސް އެޅިއެއްކަމަކު ރައްޔިތުން މަޑަކުން ނުތިބޭނެ!! އެއްވުމަށް އެސަރަޙައްދަށް އެންމެން ޖަމާވާންވީ ހުރިހާ ދިމާލަކުންވެސް ފުލުހުން ބަންދުކޮށްށްފައިވާ ހިސާބަށް! އެއަށްފަހު މީހުން ގިނަވުމުން ހުރިހާ ދިމާއަކުންވެސް ޕީޕީއެމް އޮފީހާއި ދިމާލަށް ހިގައިގަންނަންވީ!! ބައެއް މީހުން ހައްޔަރުވާނެ އެކަމަކު ގިނަބަޔަކަށް އޮންނާނީ އެއްތަނަކަށް ޖަމާވެފަ!! ދެން އެޗްޕީއޭގެ މިންގަޑާއެއްގޮތަށް އެއްވެ ސުލްޙަވެރި އިހްތިޖާޖުކުރަންވީ!! ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގުތަކުގެ ބޭނުން ހިފަންވާނެ!!

   34
   8
  • ޙައްގުބަސް

   ފޮޓޯއިންނާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި އަދި ފުލުހުންގެ ޢަމަލުތަކުން ފެނިގެންދަނީ ޕީޕީއެމް އޮފީސްތެރޭ ރައްޔިތުންތަކެއް އެތަނުން ނުނިކުމޭ ގޮތަށް އެތައް ގަޑިއިރެއް ވަންދެން ރަހީނުކޮށްގެން ގެންގުޅޭތަން!! މިކަން ކުށްވެރިކުރަން! އަދި ޕީޕީއެމްގެ އޮފީހަށް އެއްވެސް ބަޔަކު ނުވައްދާ ފުލުހުންގެ މިހިންގި ޣައިރުގާނޫނީ ކަންކަން ބަލާ ފިޔަވަޅު އަޅަންޖެހޭ!! އަދި ފުލުހުން ދުރުގައި ހުރި ސަޕޯޓަކު ހައްޔަރުކުރަން ދުވެފައި ގޮސް ޕޭވްމަންޓް މަތީގައި ހުރި މީހެއްގެ ގައިގާ ޖެހިގަނެގަތީނުން އެމީހާ ބިންމައްޗަށް ވައްޓާލާފަ ގޮސް ރެސްޓޯރެންޓެއްގެތެރެއަށް ވަދެގަނެ އެތަނުން މީހަކަ ހައްޔަރުކޮށްފައިވޭ!! ބިންމައްޗަށް ވައްޓާލި މީހާގެ ބޯފަޅއިގެން ލޭ އަންނަ މަންޒަރުތައްވެސް ފެނުނު!! ވަރަށް އަނިޔާވެރިކޮށް ފުލުހުންގެ އަމަލުތައް ފެނިގެން ދިޔައީ!! މިއީ ހިތާމަކުރަންޖެހޭކަމެއް!! އިހްތިޖާޖުތައް ހުއްޓާނުލާ ކުރަންޖެހޭ މިކަންކަން ހަމަމަގަށް އަޅުވަން!! ރައްޔިތުންނަށް ބިރުދައްކައިގެން އަނިޔާވެރިވަމުންދާތަން މިފެންނަނީ!!

   13
   4
 2. ލާހިފުތު

  މުޒާ ހަރާ ނުކުރިއަސް ހުރަސް އާޅާނެ ބަލަގަ މީވަކި ބައެއްގެ ރާއްޖެއެއްނޫން.

  21
  5
 3. މުހައްމަދު

  ބުރާސްފަތި ދުވަހުގެ ނަތީޖާ ލިބޭއިރު އާދައި ހިލާފަ ޕޮޒިޓިވް ގިނަވަނީ އެހެންވެދޯ.. ހެއްހޭ..

  21
  7
 4. Anonymous

  މޑޕ ބޭފުޅުންނަށް އެކަނިތަ އެއްވުންތައް ބޭއވެނީ. ޙާދަ ބިރުން ސަރުކާރުން އުޅެނީ.

  30
  7
 5. މަރީ

  ފޭރިކާ ސޯލި ހު

  27
  7
 6. ހ

  މިނިވަންކަން ނަގާލަނީ

  18
  7
 7. ސަފީނާ

  ހަމަ ހިނި އަންނަނީ. ހައެއްކަ މީހުން ނުކުންނައިރަށް މުޅި ޕޮލިސްފޯހާއި ސިފައިން ނެރެގެން ކީއްތަ ތިކުރަނީ. ނަޝީދުގެ ލަދު ކޮބާ. ޢިރާދަ ކުރެއްވިއްޔާ ވެއްޓޭނެ.

  30
  6
  • ދަފީނާ

   ތިބުނާ ހައެއްކަ މީހުން ނިކުމެ ވޯޓުލީމަ ނުހޮވުނީވެސް. ދެންވެސް ލިބެންޏާ ލިބޭނީ ހަރާން ބަގާވާތެއް ކޮށްގެން

   7
   7
 8. ޢަހުމަދު ނަސީރު ހަސަން

  ހުރިހާޕާޓީއެއް އިދިކޮޅު އެއްމެޕާޓީޔެއް ހިފަހަޓާލާ ވެއްޓިދާނެތީ ބިރުން ފަސްއަހަރުދެބާވާތީ ކުރިންވެސް ވެއްޓްނީވީޔާ ރާއްޖޭގަތިބިހާ ޕޮލިހުން ނެރެގެން ވެސް ހިފެހެއްޓިއްޖެއިޔާ ރަގަޅު މިހާރުހީވާގޮތުން އެތިބީ ދޮންވެރީދޫވެފަ އެހެންވީމަގަހުން ވެއްޓިދާނެ.......

  8
  4
 9. ޢަހުމަދު ނަސީރު

  ހުރިހާޕާޓީއެއް އިދިކޮޅު އެއްމެޕާޓީޔެއް ހިފަހަޓާލާ ވެއްޓިދާނެތީ ބިރުން ފަސްއަހަރުދެބާވާތީ ކުރިންވެސް ވެއްޓްނީވީޔާ ރާއްޖޭގަތިބިހާ ޕޮލިހުން ނެރެގެން ވެސް ހިފެހެއްޓިއްޖެއިޔާ ރަގަޅު މިހާރުހީވާގޮތުން އެތިބީ ދޮންވެރީދޫވެފަ އެހެންވީމަގަހުން ވެއްޓިދާނެ.......

  4
  3
 10. ކުރެވޭނެއޭ

  ތަމެން ވެރިކަމަށް އައީ އެއީ ރައްޔިތުންގެ ތާއީދު ތަމެންގެ ވެރިކަމަށް އޮވެގެން ނޫން ކަން މިއިން އެގިގެންދަނީ ކޮވިޑް ބައްޔޭ ކިޔައިގެން މާލޭގެ ފިހާރަ ތައް ރޭގަނޑު 8 ގެ ފަހުން ބަންދު ކޮށް ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެ ހުރިހާ ކަންކަން ތަމެން ތިޔާ ކުރަނީ ތަމެން ވެރިކަމުގައި ތިބެ ރާއްޖެ ބަނގުރޫޓް އަރުވާލާ އިންޑިއާ އަށް ރާއްޖެ ވިއްކާލާ އިންޑިއާ ގެ އަޅުވެތިކަމަށް ރާއްޖެ ގެންގޮސް ރާއްޖެ ދެވަނަ ފަލަސްތީނަށް ހަދަން ނޫންތޭ މުޒާހަރާ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ

  9
  4
 11. ހޯދާށޭ

  ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅު ކުރުުމުގެ މިނިވަން ކަމަށް ސަރުކާރުން ހުރަސް ނޭޅޭނެއޭ ތަމެން މިހާރުން މިހާރަށް މުޒާހަރާ އަށް ފުރުސަތު ދޭންވީއޭ އިނގޭތޭ ކޮވިޑޭ ކިޔައިގެން ކުރަނީ ބޮޑެތި ވައްކަން ތަކޭ ވެންޓިލޭޓަރުން ވެސް ކުރީ ވައްކަމޭ ވެންޓިލޭޓަރު ވަގު ހޯދާ ވެންޓިލޭޓަރު ވަގު ހޯދާ ވެންޓިލޭޓަރު ވަގު ހޯދާ ވެންޓިލޭޓަރު ވަގު ހޯދާ ވެންޓިލޭޓަރު ވަގު ހޯދާ ވެންޓިލޭޓަރު ވަގު ހޯދާ ވެންޓިލޭޓަރު ވަގު ހޯދާ ވެންޓިލޭޓަރު ވަގު ހޯދާ

  5
  3
 12. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  މިސަރުކާރުން ފުލުހުންލައްވަ ރަށްޔަތުމީހާ އަށް އަނިޔާ ކުރުވަނީ.

  10
  7
 13. ާދަލޭކް

  ފަޒޫ ޢާއި ހަމީދުގެ އަންހެނުން ހާދަ ހަޑި އެއްޗެހި ސިފައިން ނާ ދިމާމަށް އެއްޗިއް ގޮވިއޭ. ޢެދުވަހުވެސް ސިފައިން އުޅުނީ މިހާރުވެސް އުޅެނީ ސިފައިން.

  10
  1
 14. ތައްޚާން.

  މިވެރިން އިދިކޮޅުގަ ތިވި އިރު ނިކުންނަނީ ލަޓިބުރިޔާދަގަނޑު ހޮޅިބުރި ހިފައިގެންމުޒާހަރާއަށް ފުލުހުންނަށް ކިހާ އަނިޔާއެއްކުރި މިއަދު އެއުޅޭހުން ފުލުހުންވެސް އައިސް ރައްޔިތުންގެ ތެރެއަށް ވަދެއެއްނޫނޭ. މިއަދު އެހެންތަ ފުލުހުން އެއުޅެނީ ވިސްނާ ފިކުރުކުރާ މީހަކަށް މިއަށްޖަވާބު ދޭން އެގޭނީ ތި އިމްރާނުގެ މޭޑޭގަ ފުލުހަކަށް އެކޮށްލި އަނިޔާ ވިސްނާލާ މިއަދު އެ އަނިޔާ ދިން މީހާއަކީ ސްޕޯޓްސް ޑިވިޒަން މަތީމަޤާމެއް ދީފަ ހުރި މީހެއް އޭނައަށް މަޤާމު ހައްޤުވީ ފުލުހަން އަނިޔާކުރީމަ. ވިސްނާލާ

 15. ކެސްޓޯ

  މި ފެންނަނީ މި ސަރުކާރު ފެއިލްވެ ނިމެމުންދާ މަންޒަރު.ދިވެހި ފުލުހުން ދިވެހި ރައްޔަތުންނަށް އޯގާތެރި ވުމަށް ގޮވާލަން.

 16. އިހުސާން

  ބަލިމަޑު ކަމުގެ ތެރޭގައި ފްލެޓްތަކުންނާއި ދައުލަތުގެ ބަޖެޓުން ކުރާނެ ވައްކަމެއް ކުރަން ދޫކޮށްލަންވީތޯ؟ ބަލިމަޑުކަމުގެ ތެރޭގައި ޕިކްނިކް ދިއުމާއި، ޕާޓީ ބޭއްވުމާއި ކޮފީތަކަށް ދިއުން އޯކޭތޯ؟ މައްސަލައަކަށް ވަނީ މާސްކު އަޅައިގެން ތިބެ ޕަބްލިކަށް ނިކުމެ މުޒާހަރާ ކުރީމަ އެކަނިތޯ؟

 17. ތަމެންދޯ

  ތަމެން ތިޔާ އޮތީ ޑިމޮކްރެޓިކް ވެރިކަން އޮޅާލާފައޭ މަމެން ބުނަން ނެތީމޭ ނެތީމޭ ނެތީމޭ...

 18. އައިއާސްކްޔޫ

  ސިއްހީ ކުއްލި ނުރައްކަލުގެ ނާޖާއިޒް ފައިދާ ސަރުކާރުން ދަނީ ނަގަމުން ކަމަށް އިދިކޮޅު ސިޔާސީ ޕާރޓީން ބުނާނަމަ އެކަން ދޮގު ނުކުރެވޭނެއޭ އދ. ގެ ސަލާމަތީ މަޖްލީހުގެ ދާއިމީ ކޮމެޓީން ނެރޭ ގަރާރަކަށް ވެސް އެކަން ދަންނަން ޖެހޭނެއޭ މުޅި ދުނިޔެ ވެސް މާލޭގައި ކޮވިޑް ފެތުރެނީއޭ ބުނެ ސަރުކާރުން ދައްކާ ވާހަކަ ގަބޫލު ކުރަން ދަތިއޭ މުޅި ރާއްޖޭގެ އިގްތިސާދު ފުނޑިގެން ދާއިރު ވެސް މާލޭގެ ވިޔަފާރިވެރިން ފެލާލައިގެން ލިބޭ ފައިސާ ގަނޑުން ވައްކަން ކުރަނީއޭ ކޮވިޑް އެއީ ބަހަނާ އަކަށް ހަދައިގެން ރައީސް އިބޫ ގޭގައި މަޑުކޮށްލާ ދެން ނުވަތަ ރަށަށް ކަނޑާލަންވީއޭ އައި އާސްކް ޔޫ ދިސް އައި އާސްކް ޔޫ އައި އާސްކް ޔޫ އައި އާސްކް ޔޫ އައި އާސްކް ޔޫ ޑާންސް ޑާންްސް ޑާންސް ޑާންސް...

 19. ލޮސްޓްއިޓް

  މާލޭގެ މަގުތަކުގައި މުޒާހަރާ ކުރާނަމަ ކުއްލި އަކަށް މާލެ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންގެ އަދަދު 1000 އަށް އަރަނީ އެއީ ތަމެން މަކަރާއި ހީލަތުގެ ދަށުން ކުރާ ކަމެކޭ ތަމެން ތިޔާ ގޮތަށް ވެރިކަން ދިފާއު ކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ތިޔާ ކަން އޮތީ މިހާރު ނިމިފައޭ ތަމެން ޕެކް ކޮށްގެން ގެއަށް ކަނޑާލަން ވިސްނުން ގެންގުޅޭށޭ މިތަން މަމެންގެ ރަމަލު ތަކުން ދަނީ ފެންނަމުންނޭ ޔޫ ލޮސްޓް އިޓް ޔޫ ލޮސްޓް އިޓް އިޓްްސް ރިއަލީ ރިއަލީ ޓްރޫ ޔޫ ލޮސްޓް އިޓް...

 20. ކުރެވޭނެއޭ

  ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތަކީ އެއީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫނޭ ގާނޫނު އަސާސީން ހުރިހާ ރައްޔިތުންނަށް ލިބިދީފައިވާ ހައްގެކޭ ސަރުކާރުން ބަޔަކަށް ލިބުނު ގޯތި ތަކެއް ފޭރިގެންފައި ބޮޑު އަގުގައި އެގޯތި ތައް އެމެންނަށް ބައި އަޅާ މީހުންނަށް ވިއްކާލާއިރު އެވާހަކަ ރައްޔިތުންނަށް ދެއްކޭނެއޭ އެދެއްކޭނެ ގޮތަކީ އެއީ މުޒާހަރާ ކޮށްގެންނޭ މުޒާހަރާ ކުރަން ގާނޫނު އަސާސީ މަނާ ނުކުރެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ ކުރެވޭނެއޭ

 21. އިސްތިއުފާއޭ

  ރައީސް އިބޫ ވެރިކަމަށް އައީ ރައްޔިތުންނަށް ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ކުރީ ސަރުކާރުން ނުދެއޭ ކިޔާ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެންނޭ ދެން ވެރިކަަމަށް އައިސް ކޮވިޑް އެއީ ބަހަނާ އަކަށް ހަދައިގެން ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކުރުން ނޫން ކަމެއް ނުކުރެއޭ ބޮޑެތި ވަގުން ތައް މިނިސްޓަރުންނަށް ބައިތިއްބައިގެން އިންޑިއާ އިން ފޭކް ވެކްސިން ބޮޑު އަގުގައި ގެނެސްގެން ރައްޔިތުން ގަޔަށް ލަޑާ ނެގި އިރު ވެސް ކޮވިޑް މައިތިރިއެއް އޭނާ އަށް ނުކުރެވުނޭ މީގައި އެންމެ ރަނގަޅު ގޮތަކީ ރައީސް އިބޫ ވެސް އިހު އުޅުނު ގޮތަށް ވަލަށް ދަރުހޮވަން ދިޔައިއްޔާއޭ މެކުނު ފުމުނަސް ގާހަކަ އަކަށް ނުފުމެވޭނެއޭ ޕީޕީއެމް އިން ރާއްޖޭގައި ޓައިޓޭނިއަމް ޕްލޭޓެޑް ވެރިކަމެއް ކުރި ނަމަވެސް ހިންނަވަރު އިބޫ އާއި އަރާ އަރަފޯދިގެންވާ ކަމެއް ނޫނޭ އެކަން ކަން ކުރުމަކީ އެހެންވެއޭ ދިވެހިން އަތުން ފްލެޓްސް ތައް ފޭރިގެންފައި އިންޑިއާ މީހުންނަށް ދެނީވެސް ރައީސް އިބޫ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ ދީ މިހާރު އިސްތިއުފާ ދޭންވީއޭ...

 22. ދެފުއްމިޔަ

  ތިޔައުޅޭ ޕޮލިހުންނަކީ އިބޫޞާލިޙު،މައުމޫނު،އަންނި،ޔާމީނުވެސް ހައްޔަރު ކުރިމީހުން. ގިނަޕޮލިހުންނަކީ ރާއްޖެތެރޭ ރަށަކުން
  އެޑްމިނިސްޓްރޭޓިވް އޮފިޝަރ ގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުޠުވެސް ހަމަނުވާ ބައެއް. އެހެންތިބިބައަކަށް އެކަހަލަ މަޤާމު ދިނީމަ ބޯޅައިގަ ޖަހާނީ ހިތައްއެރިގޮތަކަށްނު. އެމީހުން އަސަރު ކުރާނީ އެމީހަކާ ޢާއިލާއަށް އަނިޔާއެއްވެ ކަމެއް ދިމާވެއްޖެނަމައެކަނި.

 23. އޮޅާލީތޭ

  ގާނޫނު އަސާސީން ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަން ކަން ތަމެންނަށް ރައްޔިތުން އަތުން ނިގުޅުވައި ނުގަނެވޭނެއޭ އިޓްސް ރިއަލީ ޑިމޮކްރަސީ ތަމެން އޮޅާލަނީ ނޫންތޭ ތަމެން ތިޔާ ވަނީ ޑިމޮކްރަސީ އޮޅާލާފައޭ އޮޅާލާފައޭ އޮޅާލާފައޭ...

 24. އެޖެންޑާ2021

  ފުލުހުން ނުރަށްވެއްޖިއްޔާ ޙާމިދުޢަބްދުލްޣަފޫރު ގޮރުކޮޅު ނުދީ މިހާދުވަހު ހުރީމާ އެޖެންޑާ19ގެދަށުން އޮބަހަށްޓާފަ ޗިސްކިޔާފަ ގޮރުބާލުވައިވެސްފާނެ. އެމަންޒަރު ވަރަށް ސަޅިވާނެ.

 25. ތަމެންދޯ

  ސިއްހީ ކުއްލި ނުރައްކަލުގެ ނާޖާއިޒް ފައިދާ ސަރުކާރުން ދަނީ ނަގަމުން ކަމަށްވާނަމަ މީ މަމެން ހިތާމަ ކުރާ ކަމެކޭ މާލޭގެ މަގުމަތީގައި މުޒާހަރާ އެއް ކުރާނަމަ ކޮވިޑް ޕޮޒިޓިވް ބާރ އަރައިގެން ދަނީ ސްކައި ރޮކެޓް އެއް ދާ ބާރު މިނުގައޭ ދިސް އިޒް އިންސޭން ދޯ ތަމެން ކޮވިޑް ޕޮޒިޓިވް ވެއޭ ބުނާ އަދަދު އެއީ ތެދު މައުލޫމާތުތޭ ތަމެން މަމެން ގާތު ބުނަންވީއޭ ބުނަންވީއޭ ބުނަންވީއޭ ތަމެންނަށް އިނގޭނެ ނޫންތޭ ތެދު މައުލޫމާތު ނުދެންނާ ރައްޔިތުން ނައްޓާނެ ކަން ދޯ ހެވެންޓް އައި މޭޑް އިޓް ކްލިއަރ..

 26. ނެތީމޭ

  ސަރުކާރެއް ފެއިލް ވަމުންދާ މަންޒަރު ތަކޭ ފެނިގެން ދަނީ ރާއްޖޭގައި ކޮވިޑެެއް ނުވެސް ނެތޭ ރައްޔިތުން ސައްހަ ވޯޓަކުން ވެރިކަމަށް ނައިސް އިންޑިއާ އާއި ގުޅިގެން ވޯޓް އިން ވައްކަން ކޮށްގެން ވެރިކަމަށް އަންނަ ބޮޑެތި ވަގުން ވެރިކަން ކުރާނީ މިހާރު ރައީސް އިބޫގެ ސަރުކާރުން ވެރިކަން ކުރާ އުސޫލުންނޭ ރައްޔިތުންނަށް ކުރީ ސަރުކާރުން ދިން ފްލެޓްސް ތައް ފޭރިގެންފައި މުލިއާގޭގައި ރައްޔިތުންގެ ޚަޒާނާއިން ބަނޑުއަޅާލަ އަޅާލާ ތިބެން ހިންނަވަރޭ މެންގެ ލަދު ހަޔާތް އަރުއްވައިގެން ފައި ހުރީމާ ވާނީ މިހެންނޭ މަމެން ބުނަން ނެތީމޭ...

 27. ދެފުއްމިޔަ

  ފުލުހުންވެސް އެއްވެފައެބަތިބި.އެމީހުންއެއއވިއަސް
  ކޮވިޑު ނުޖެހެނީ ކީއްވެ؟ގިނަބައިވެރިންވެސްތިޔަ ވެކްސިންތައްތިބޭނީ ޖަހައިގެނެއްނު. 14ދުވަސް ފުރުނު މީހުން ތިބޭނީރަނގަޅަކަށްނު.