"ރަށްވެހި ފަތިހުގެ އަލިވިލުން" ނަމުގައި އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ ބޭއްވި ޖަލްސާ ބާއްވާފައި ވަނީ ހެލްތް ޕްރޮެޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފައިވާ އުސޫލާއި ހިލާފަށް ކަމަށް އެ އެޖެންސީން ކަނޑައަޅައިފިއެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ވޮއިސް" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެޗްޕީއޭއިން އެއްވެސް ފަރާތަކަށް 10 މީހުނަށް ވުރެން ގިނައިން މީހުން އެއްވެ، ހަފްލާ ބޭއްވުމަށް ހުއްދަ ނުދޭނެ ކަމަށާއި، އެފަދައިން ކަންތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނީ ފުލުހުން ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން ވިދާޅުވީ، "ރަށްވެހި ފަތިސް" ޖަލްސާ ބޭއްވީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެގޮތުން އެޗްޕީއޭގެ އުސޫލުގައ މަނާ ވަނީ 10 މީހުންނަށްވުރެ ގިނައިން މަގުތަކަށް ނުކުމެ އެއްވުން ބޭއްވުން ކަމަށް ބުނެ ފުލުހުން ވަނީ އެ ޖަލްސާ ދިފާއު ކުރައްވާފައެވެ.

އެޗްޕީއޭއިން 10 މީހުންނަށްވުރެ ގިނައިން މީހުން އެއްވެ އުޅުން މާނާ ކޮށްފައިވާ ވަގުތެއްގައި އާންމު ފަރާތްތަކުން ބާއްވާފައިވާ ކައިވެނި ހަފްލާތައް ފުލުހުން ހުއްޓުވައި ޖޫރިމަނާ ކޮށްފައިވެއެވެ. އެހެން ނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކުން އެފަދަ ކަންކަން ކުރަމުން އަންނައިރު ފުލުހުން ހަނު ތިބޭކަން ފާހަގަ ކޮށްލެވެއެވެ.

މިކަންކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި ފުލުހުންނަށް ފަޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ބޯހަލާކު

  މިވާ ނުވާއެއް އެބައިނގޭބާ!

  60
  2
  • ލަޕަރުޖަންޑިސް

   ނޭނގެ

   24
   2
   • Anonymous

    މި ވެގެން އުޅޭގޮތަކީ ކގޭ ބުއްޅަބޭ ކިޔާ ރާބޮންޖާ އާއި ބުއްޅަހުއްތު ކިޔާ ކިބޫ ޖާހިލު ވެރިކަމަށް ހުދުމުހުތާރުވެފަ ހުރިލެއް ބޮޑުކަމުން ވެގެން އުޅޭގޮތް

    34
    2
 2. ހަނި

  ގަނޫނު ދަމަހަޓަން ޕޮލިހުންނައި ސިފަައިންގެ ވެރިންގެ ބޮޑެތި ،މީހުންނަ ކަރާ ޕޮރަމޯސަންދީގެން ގާނޫނު ދަ،މަހަޓަށޭ ކިޔާގެ ރައިތުންގައިގާތަލާއަނިޔާކޮށް ފޭރެނީ މިސަރުކާރު އި ސް ތި ޢު ފާ

  62
  2
 3. ގ

  މުޅިން ސަކަރާތް ކަމެއް ތި ކުރީ އެމްޑީޕީން... މިސާލަކަށް ވާންވީ ބޭފުޅުން މުޅިން ސަކަރާތް ކަމެއް ތި ކުރެއްވީ... ޕީޕީ ކުދިން އިދިކޮޅު ވީމަ އެހެން އުޅުނަސް ސަރުކާރު ހިންގާ ޕާޓީން ޒިންމާދާރު ވާންޖެހޭނެ

  34
  3
 4. ޟމ

  ވަކި ބަޔަކަށް އަޅާ ފިޔަވަޅުތަކެެއްތޯ؟ ތިމާ މީހުން ޖަލްސާ ބާއްވަންވީމަ ކޮވިޑް ބިރުން މާލެއިން ފައިބައިގެންގޮސް ގާދޫކޮލާ ހިސާބުގަ މަޑުކުރަން ޖެހެނީ، މީ ކޮންކަހަލަ ކޮވިޑްއެއް، ކޮވިޑް ފުޅެއް ދޯ މީ

  35
  4
 5. ގލ

  ގުންޑާއި މުޅި ރާއްޖެ ހަލާކު ކޮށްފި އިސްތިއުފާދީ އިސްތިއުފާ

  31
  2
 6. Anonymous

  ކޮވިޑަށް އެނގޭނެ ރައްވެހި ފަތިސް ޖަލްސާ.
  އެހެން ވީމަ ކޮބާތޯ މައްސަލައަކީ؟
  ކޮވިޑަށް އެނގޭނެ ޚާއްޞަ ވެސް.
  ޚާއްޞަ ހުއްދަ އޮތީމަ ނުޖެހެން

 7. އެޗްބީއޯ

  ތިޔަވިދާލުވާބަހުގެ މާނައެއްނޭންގުނޭ އެއް މުއައްސަސާއަކުން ތިޔަ ވިދާޅުވަނީ އުސޫލާ ޙިލާފަށޭ އެނެއް މުއައްސަސާ އަކުން އެބުނަނީ ބަރާބަރޭ ދެން ރައްޔަތުން ގަބޫލް ކުރަންވީ ކާކައްތޯ ކިއްތޯ ކުރާނީ މިޔޮއް ގައުމެއްތަދޯ ބޯހަލާކް ނޫހެއްގެ ސުރުޙީކިޔަލިޔަސް މީދެން ފުކެއް ބޮޑުވަރު

 8. މާމީ

  މިއިން އެނގެނީ ބަޔަކު މިތިބީ ވިދި ނިމިފަކަން އިންޑިއާއިން މުސާރަ ދޭތީ

  5
  1
 9. މާމީ

  މައެމޫނާގެ ހުއްދައާއެކު ސަފާރީއައް ސައިބޯން

 10. ޝަތޫ

  ސަރުކާރުން ކަމެއް ކުރުމުން އެކަން ކުރެވިފަ ވާނީ ރަގަޅަށް

 11. ކަނޑަ

  ހާދަބޯބޮޑޭދޯ ތިޔަހީކުރީ ތިޖަހާސަކަރާތް އަހަރެމެންނައް ނޭންގޭނެކަމައްދޯ ބަލަ ހުރިހާދިވެހިންނަކީ މޮޔައިންނެއްނޫން

 12. ކޭމް.ކާޖަންޖީރު

  މިކޮވިޑު ފުޅުގިނަވަނީ ޕޕ ކުދިން މަގުތަ ކައްނުކުން ނާތީކަން މިއޮންއެގި ހާމަވީނުން ލޮލް!

  2
  5
 13. ހާލުފޮޅި

  ޖަލްސާ ބާއްވާ ނިމުނީމަ ދެން ކޮންކަމެއް.. ޖަލްސާ ތެރެއިން އެހުރިހާ މީހުން ޖެހޭނެ ހިފާ ހައްޔަރުކޮށް މޫނަށް ޕެޕަރ ސްޕްރޭ ޖަހާ ގަދަބާރުން ދަމާކޫއްތާފަ ބޮޑު ލޮރީއަށް އަރުވައިގެން ގެންގޮސް ޖޫރިމަނާކޮށް ހައްޔަރުކުރަން... އާންމު ރައްޔިތަކު ޕާޓީއެއް ބޭއްވީމަ ނޫނީ އިދިކޮޅުން ހައެއްކަ މީހުން މަގުމައްޗަށް ނުކުތީމަ 3 ލޮރީގެ ފުލުހުން އަންނާނެ ވަގުތުން ބަޑިގުދަން ކޮނޑުއަޅައިގެން.. މިދެން ބޮޑުވަރު.. ޓީވީތަކުން ލައިވްކުރި އިރު މައިމޫނާއަކަށް. ނުފެނުނު، އަދި ތިހެން ބުނާކަށްވެސް ނުކެރުން... ޖަލްސާބާއްވާ ނިމުނީމަ ދެން މޮޅެތި ވާހަކަ ނުދައްކާ..

  9
  1
 14. ވެރިން

  އުސޫލާ ހިލާފު ވީމަ އެމީހުނާ ދޭތެރޭ ފިޔަވަޅެއްއެޅިން ތޯ

  9
  1
 15. ފަލި

  މާދަމާ މަޖިލީހަށް ވައްދާނެ ތައްޔާރުތޯ މަގާމު ދިފާއުކުރުންތޯ ބޭނުންފުޅީ ފިޔވަޅެއް އަޅަން ކެރިލައްވާނެބާ ޕޮލިހުންނަށް