އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ފަށަން ތައްޔަރުވި މުޒާހަރާ ނުފެށެނީސް މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެ ވަަޑައިގެންފައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ މަޖީދީ މަގުންނެވެ.
މި މީހުންގެ އިތުރުން، މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
އެގޮތުން މީގެ އިރުކޮޅެއް ކުރިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ މުޒާހަރާ ފެށުމުގެ ކުރިން ހައްޔަރުކޮށްފައެވެ.
އިދިކޮޅު ބާއްވަން އުޅޭ މުޒާހަރާ އާ ގުޅިގެން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މާލޭގައި އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފު ކަމަށާއި އެ އެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެޗްޕީއޭ ގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ކީއްވެތަ ޔާމީނު ބުނާހެން މުޒާހަރާކުރަން ހައް ނުދަނީ