ގދ.ތިނަދޫ ބޯޓެއް ތ.އަތޮޅު ގުރައިދޫ ނެރުމައްޗަށް އަރައިފިއެވެ.

ފުލުހުން ވިދާޅުވީ ގުރައިދޫ ނެރުމައްޗަށް އަރާފައި ވަނީ "ނިޔާމަ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާލެ އިން ފުރައިގެން ގުރައިދޫ އަށް ދަތުރުކުރި ނިޔާމަ ނަމަކަށް ކިޔާ ބޯޓެއް ގުރައިދޫ އުތުރުފަރާތު ނެރުމައްޗަށް އަރައިގެން ސިފައިންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ސެންޓްރަލް އޭރިއާގެ ސިފައިން މިހާރު ބޯޓު ފުންކުރަން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ ބޯޓު ނެރުމައްޗަށް އެރިއިރު ބޯޓުގައި 11 މީހުން ތިބި ކަމަށެވެ. އެއީ ތިން ދިވެހިންނާއި އަށް ބިދޭސީންނެވެ.

ބޯޓު ފުން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހ ،މަނިކު

    ތި ރަށަކުން ތި ބޯޓަކަށް އެހީތެރިކަމެއް ނުލިބޭނެ . އައިނު އަޅައިގެން ކުޅި ބަލަން ތިބެދާނެ .